ރެއާލް އެއްވަރު، ބާސެލޯނާ ކުރިއަށް ޖެހިލައިފި

Advertisement

ރެއާލް އެއްވަރު، ބާސެލޯނާ ކުރިއަށް ޖެހިލައިފި

ޢަލީ ޝަހީމް

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް އިން ރަށުން ބޭރުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ރަށުން ބޭރުގައި ބާސެލޯނާ އިން 4-0 އިން ގްރަނާޑާ ބަލިކޮށްފި އެވެ.

މޮޅެއް ހޯދައިގެން ލީގުގެ އެއް ވަނަ އަށް އެރެން އޮތް ފުރުސަތު ރެއާލުން ނަގާލިއިރު އެޓީމު މިހާރު އޮތީ 18 މެޗުން ހޯދި 37 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައިގަ އެވެ. ބާސެލޯނާ އިން ރޭ ހޯދި ބޮޑު މޮޅާ އެކު އެޓީމު ވަނީ 18 މެޗުން 34 ޕޮއިންޓް ހަމަކޮށް ލީގުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެއް ވަނައިގައި އޮތީ 15 މެޗުން 38 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑް އެވެ. އެތުލެޓިކޯ އިން ލީގުގައި މި ހަފްތާ އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ކެންސަލްކޮށްފަ އެވެ. މެޗު ކެންސަލްކުރީ ފިނީގެ ސަބަބުން ބިލްބާއޯ އަށް މެޑްރިޑަށް ދަތުރުކުރެވެން ނެތުމުންނެވެ.

އޮސަސޫނާ ކޮޅަށް ރެއާލަށް ލަނޑެއް ނުޖެހުނުއިރު ސްނޯގެ ސަބަބުން މެޗުގައި ދެޓީމަށް ވެސް އުނދަގޫތައް ކުރިމަތިވި އެވެ. މެޗަށް ފަހު ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވަނީ މޫސުމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ އެކު ރޭގެ މެޗަކީ ފުޓްބޯޅަ މެޗެއް ނޫންކަމަށް ބުނެ މެޗު ކެންސަލްކުރަން ގޮވާލާފަ އެވެ. އޮސަސޫނާ މުޅި ދަނޑުގައި ސްނޯ ވެހިފައި އޮތްއިރު މެޗު ކުޅެން ނިންމީ ސްނޯ ދަނޑުން ކެހުމަށް ފަހު ކުޅެވޭވަރު ވުމުންނެވެ. ރޭގެ މެޗުގައި ދެޓީމުން ގޯލާ އަމާޒުކޮށް ފޮނުވާލީ އެންމެ ތިން ހަމަލާ އެވެ. މެޗުގައި ރެއާލްގެ ކަރީމް ބެންޒެމާ ޖެހި ދެ ގޯލު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ލީގުގައި ރޭ ހޯދި ބޮޑު މޮޅުގައި ބާސެލޯނާގެ ގޯލުތައް ޖަހައިދިނީ  ލިއޮނަލް މެސީ އާއި އޮންޓުއަން ގްރީޒްމަން އެވެ. މެޗުގެ 12 ވަނަ މިނެޓާއި 63 ވަނަ މިނެޓުގައި ގްރީޒްމަން ގޯލު ޖެހިއިރު މެސީ ގޯލު ޖެހީ 35 ވަނަ މިނެޓާއި 42 ވަނަ މިނެޓުގަ އެވެ. ރޭގެ މޮޅަކީ ރަށުން ބޭރުގައި ބާސެލޯނާ ޖެހިޖެހިގެން މޮޅުވި ހަތަރު ވަނަ މެޗެވެ. އަނެއްކޮޅުން ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް އެޓީމު ބަލިވެފައެއްނުވެ އެވެ. އެކަމަކު މީގެ މަހެއްހާ ކުރިން ކާޑީޒް އަތުން އަތުން ބަލިވި މެޗަށް ފަހު ބާސެލޯނާ އޮތީ ލީގުގެ ކުރީގައި އުޅޭ ޓީމުތަކާ ޕޮއިންޓުގެ ގޮތުން ބޮޑު ފަރަގެއްގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *