އަމްސާ ފުރަތަމަ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔޫއެސްސީ ހޯދައިފި

Advertisement

އަމްސާ ފުރަތަމަ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔޫއެސްސީ ހޯދައިފި

ޢަލީ ޝަހީމް
އަމްސާ ކުޅިވަރު ފެސްޓިވަލްގެ ނެޓްބޯޅަ ޗެމްޕިއަންކަން ހޯދި ޔޫއެސްސީ ޓީމު. - ފޮޓޯ: އަމްސާ / އއ. މަތިވެރި

އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވައާނެސް (އަމްސާ) ގެ 14 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެޖަމިއްޔާގެ ފަރާތުން ކުރިއަށް ގެންދާ ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގައި ހިމެނޭ އަމްސާ ފުރަތަމަ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔޫއެސްސީ ނެޓްބޯޅަ ޓީމު ހޯދައިފި އެވެ.

ޔޫއެސްސީގެ ނެޓްބޯޅަ ޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު އއ.މަތިވެރި ނެޓްބޯޅަ ކޯޓުގައި ކުޅެވުނު ފައިނަލު މެޗު 41 ޝޫޓް ޕޮއިންޓް 24 ޝޫޓް ޕޮއިންޓް އިން ރޯޔަލް ނައިޓްސް ސްޕޯޓްސް ކްލަބްގެ ނެޓްބޯޅަ ޓީމު ބަލިކޮށްގެންނެވެ.

Advertisement

މިމެޗު ޝަރަފްވެރި ކޮށްދެއްވީ އއ.މަތިވެރީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ ޕޮލިސް ސްޓާފް ސާޖެންޓް ނާސިދާ ހަސަން އެވެ.

މުބާރާތުގެ ފައިނަލް ގައި ޔޫއެސްސީ ނެޓްބޯޅަ ޓީމުން ކާމިޔާބު ކުރި 41 ޕޮއިންޓްގެ ތެރެއިން 35 ޕޮއިންޓް ކާމިޔާބު ކުރީ އެޓީމުގެ ގޯލް ޝޯޓާ މުނީޒާ އަބުދުއްރަހީމެވެ. އަދި ޔޫއެސްސީ ޓީމުގެ ގޯލް އެޓޭކާ ފާތިމަތު ޒިނުދާ މިމެޗުގައި 6 ޕޮއިންޓް ޝޫޓްކުރި އެވެ. ރޯޔަލް ނައިޓްސް ސްޕޯޓްސް ކްލަބުން ހޯދި 24 ޕޮއިންޓްގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ޝޫޓްކުރީ އެޓީމުގެ ގޯލް އެޓޭކާ ލިޒުނާ އިބްރާހީ އެވެ. އޭނާ މިމެޗުގައި 13 ޕޮއިންޓް ޝޫޓް ކުރި އިރު އެޓީމުގެ ގޯލް ޝޫޓާ ނާދިސާ އީސާ 11 ޕޮއިންޓް ޝޫޓް ކުރިުއެވެ.

އަމްސާ ކުޅިވަރު ފެސްޓިވަލްގެ ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން.. – ފޮޓޯ: އަމްސާ / އއ. މަތިވެރި

މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޔޫއެސްސީ ޓީމުގެ ގޯލް ޝޫޓާ މުނީޒާ އެވެ. އޭނާވަނީ މިމެޗުގައި 35 ޕޮއިންޓް ކާމިޔާބު ކޮށްފަ އެވެ. އަދި މުޅި މުބާރާތުގައިވެސް އެންމެ ގިނަ ޕޮއިންޓް ޝޫޓް ކުރި ކުޅުންތެރިއަކީ އޭނާއެވެ.

ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގައި ހިމެނޭ ކުޅިވަރު މުބާރާތްތަކުގެ ވަނަވަނަ އަށް ދާ ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖައްސާފައިވަނީ މިފެސްޓިވަލްގެ ހުރިހާ މުބާރާތްތަކެއް ނިމުމުން އިނާމު ދިނުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައިކަމަށް އަމްސާ އިން މައުލޫމާތުދެ އެވެ.

ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގެ މެއިން ސްޕޮންސަރ އަކީ ސްޓޭޓް ސްޓޭޑިންގ އޯގައިނައިޒޭޝަން (އެސްޓީއޯ) އެވެ. ކޯ ސްޕޮންސަރުންނަކީ އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އާއި ވެމްކޯ އަދި އޭޑީކޭ ހޮސްޕިޓަލެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *