މެމްބަރު އާދަމް ޝަރީފްގެ އެހީތެރިކަމާ އެކު މަޑުއްވަރީ ދާއިރާގައި ދެ ކުޅިވަރު މުބާރާތެއް ބާއްވައިފި

މެމްބަރު އާދަމް ޝަރީފްގެ އެހީތެރިކަމާ އެކު މަޑުއްވަރީ ދާއިރާގައި ދެ ކުޅިވަރު މުބާރާތެއް ބާއްވައިފި

ޢަލީ ޝަހީމް
ޔޫތު ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގާގަނޑު އެފްސީ އިން ޗެމްޕިއަން ޝީލްޑް އުފުލާލަނީ

ރ. މަޑުއްވަރީ އަދި ރ. މީގުގެ ޒުވާނުންނަށް ހާއްސަކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރިއަށްގެންދެވި ޔޫތު ކަޕް ފުޓްސަލް އާއި ނެޓްބޯޅަ މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މަޑުއްވަރީ ދާއިރާގައި ހިމެނޭ ދެރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން މި މުބާރާތްތައް ކުރިއަށް ގެންދިޔައީ އެ އަތޮޅު މީދޫގަ އެވެ. މުބާރާތުގެ ފުޓްބޯޅަ އިވެންޓުގެ ކުޅުން ރޭ ނިމުނުއިރި ޗެމްޕިއަންކަން ހޯދީ މީދޫ އަށް ނިސްބަތްވާ ގާގަނޑު އެފްސީ އެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ މީދޫ ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލުގައި މީދޫ އަށް ނިސްބަތްވާ ތަންގަނޑު އެފްސީއާ ވާދަކޮށް 4-3 އިން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޗެމްޕިއަން ގާގަނޑު ޓީމުގެ އަލީ ނަޒްމީ އެވެ.

ފުޓްސަލް މުބާރާތުގައި ވަނީ ޖުމްލަ 10 ޓީމަކުން ވާދަކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ މީދުގެ އަށް ޓީމާއި މަޑުއްވަރީގެ ދެ ޓީމެވެ. މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ގާގަނޑު އެފްސީގެ ލަޔާން އިބްރާހީމް އާއި އެޓީމުގެ ރަޝާދު އަބްދުލް މަތީނުގެ އިތުރުން ތަންގަނޑު އެފްސީގެ އާތިފް ޒާހިރު އާއި އެޓީމުގެ އާސިފް އަދި މަހީ އެފްސީގެ މުހައްމަދު ޖުމާން އަހުމަދު އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ޗެމްޕިއަން ގާގަނޑު އެފްސީގެ ރަޝާދު އަބްދުލް މަތީނު ހޯދިއިރު އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ ފުޓްސަލް ކިންގްގެ ޝަރަފް ހޯދީ ގާގަނޑު އެފްސީގެ ލަޔާން އެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ މީދޫ ހަވާސް އިންނެވެ.

ނެޓްބޯޅަ މުބާރާތުގެ ކުޅުން ވެސް މިހާރު ނިމިފައިވާއިރު އެ ދެރަށުން އަށް ޓީމެއް ވަނީ ވާދަކޮށްފަ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ފައިނަލުގައި މީދޫގެ ޒިލީ ސްޕޯޓްސް ކްލަބާ ވާދަކޮށް ހޯދީ މަޑުއްވަރީ ކަނބަލުންގެ ނެޓްބޯޅަ ޓީމެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.