އޭޝިއާ ސަރަހައްދުން މަތީފެންވަރުގެ އެވޯޑެއް މަރުޒޫގަށް ލިބިއްޖެ

އޭޝިއާގެ ކުޅިވަރަށް ފާހަގަކުރެވޭ ހިދުމަތްތައް ކުރާ ފަރާތްތަކަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން ދޭ މެރިޓް އެވޯޑް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) އަށް ލިބިވަޑައިގެންފި އެވެ.
Extremely honoured and humbled to recieve @AsianGamesOCA Merit Award.
I take the pride in dedicating this honour to Maldives Sports Family, especially to all our Athletes. This one is for you!
Thank you everyone who helped and supported me along this journey. 🙏 pic.twitter.com/AA1Li0liL5
— Marzooq (Mare') (@AhmedMarzooq) December 16, 2020
ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުން އަންނަ މަރުޒޫގަށް މި އެވޯޑް ލިބިވަޑައިގަތީ އޮމާނުގައި މިހާރު ކުރިއަށް އޯސީއޭގެ އަހަރީ އާއްމު ޖަލްސާގަ އެވެ. އެވޯޑު ލިބިވަޑައިގަތުމުން ސޯޝަލް މީޑިއާގައި މަރުޒޫގް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ކުޅިވަރު އާއިލާއަށާއި، ވަކިން ހާއްސަކޮށް އެތުލީޓުންނަށް ޝަރަފްވެރި އެވޯޑް ހާއްސަކުރާ ކަމަށެވެ. މަރުޒޫގް ވަނީ އެ ކާމިޔާބީއަށް ކުރެއްވި ދަތުރުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ. މަރުޒޫގްގެ އިތުރުން މީގެ ކުރިން ރާއްޖޭން މި އެވޯޑް ހާސިލްކޮށްފައިވަނީ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް އެވެ.
Congratulations @AhmedMarzooq winner of “OCA Merit Award”
Absolutely worthy award for the dedication and hard work you have and are doing to take the Maldivian sports to the next level 🇲🇻🙏🏽
📷 Marey IG pic.twitter.com/GpbQjwdm6f
— Bassam Adeel Jaleel (@bassam_jaleeI) December 16, 2020
2009 ވަނަ އަހަރު އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު މަރުޒޫގް އަންނަނީ މެދުކެނޑުމެއްނެތި ކުޅިވަރަށް އަގުހުރި ހިދުމަތްތަކެއް ކުރައްވަމުންނެވެ. އެ މަގާމްގައި ތިން ވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާއިރު މަރުޒޫގެ ވިސްނުންފުޅާ އެއްގޮތައް އެކުލަވާލާ ޕްލޭންގެ ދަށުން މިދިޔަ އަހަރުތަކުގައި ސަރަހައްދީ ކުޅިވަރު މުބާރާތްތަކުގައި ރާއްޖޭގެ އެތުލީޓުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
Congratulations @AhmedMarzooq on receiving @AsianGamesOCA Merit award. Proud moment for you and Maldives. 🇲🇻 https://t.co/au9f4g3oXN
— Ahmed Mahloof (@AhmedMahloof) December 16, 2020
ކުރިން ކްލަބް ވެލެންސިއާ އާއި އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އަށް ފުޓްބޯޅަ ކުޅުއްވި މަރުޒޫގް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ބޮޑަށް މަސައްކަތްކުރެއްވީ ބައިނަލްއަގްވާމީ ކުޅިވަރު އިވެންޓްތަކުން ރާއްޖޭގެ އެތުލީޓުންނަށް މެޑަލް ހޯދިދާނެކަން ގަބޫލުކޮށްދިނުމެވެ. މި ވިސްނުމުގައި މަސައްކަތްކޮށް ގިނަ އެތުލީޓުންތަކަކަށް ތަމްރީނާއި ސްކޮލަޝިޕް ފުރުސަތުތައް މަރުޒޫގް ވަނީ ތަނަވަސްކޮށްދެއްވާފަ އެވެ. މީގެ އިތުރުން މަރުޒޫގް އަންނަނީ ފުޓްބޯޅައަށް ރާއްޖޭގައި އޮންނަ މަގްބޫލުކަން އެހެން ކުޅިވަރުތަކަށް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޓޭބަލް ޓެނިހާއި ބެޑްމިންޓަން އަދި އެތުލެޓިކްސް ފަދަ އިވެންޓްތަކުން ރާއްޖޭގެ ކުޅުންތެރިން ފަހަކަށް އައިސް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
Leave a Reply