އަހަރެންނާ ޔުނައިޓެޑާ ދެމެދު މައްސަލައެއް ނެތް، ނުވެސް ޖެހޭނެ: ޕޮގްބާ

Advertisement

އަހަރެންނާ ޔުނައިޓެޑާ ދެމެދު މައްސަލައެއް ނެތް، ނުވެސް ޖެހޭނެ: ޕޮގްބާ

ޢަބްދުﷲ އަޝްރަފް

މެންޗެސްޓަރ ޔުނައިޓެޑާއި އެ ޓީމުގެ މިޑްފީލްޑަރ ފްރާންސްގެ ޕައުލް ޕޮގްބާއާ ދެމެދު ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައި އޮތްކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް ޕޮގްބާ އެވާހަކަތައް ދޮގުކޮށްފި އެވެ. އެ ވާހަކަތަކަށް ރައްދުދެމުން ޕޮގްބާ ބުނެފައިވަނީ އޭނާއާ ޔުނައިޓެޑާ ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށާއި، އޭނާ ހުރީ 1،000 ޕަސެންޓް ޓީމަށް ދީގެން ކަމަށެވެ.

އުމުރުން 27 އަހަރުގެ މިޑްފީލްޑަރު އެގޮތަށް ބުނި ނަމަވެސް އޭނާގެ އޭޖެންޓް މިދިޔަ ހަފްތާގައި ބުނެފައިވަނީ ޕޮގްބާ ޔުނައިޓެޑްގައި ހުރީ އުފަލުން ނޫން ކަމަށާއި، ޕޮގްބާ އެހެން ކްލަބަކަށް ބަދަލުވާންޖެހޭ ކަމަށޭވެ.

މިފަހަކަށް އައިސް ޔުނައިޓެޑް ކުޅުނު ގިނަ މެޗުތަކުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި  ކުޅެން އަރަމުން އައި ޕޮގްބާ ވަނީ ރޭ ޔުނައިޓެޑުން މެންޗެސްޓަރ ސިޓީ އާ ދެކޮޅަށް ކުޅެ އެއްވަރު ކުރި މެޗުގައި 90 މިނެޓް ކުޅެފަ އެވެ. މިއީ މިފަހަރުގެ ލީގުގައި މިހާތަނަށް ޔުނައިޓެޑުން ކުޅުނު 11 މެޗުގެ ތެރެއިން ފުރަތަމަ އެގާރައިގައި ހިމެނިގެން ޕޮގްބާ ކުޅުނު ހަވަނަ މެޗެވެ.

“އަހަރެން އަބަދުވެސް މި އަންނަނީ ޓީމު މޮޅުކޮށްދޭން މަސައްކަތްކުރަމުން. ދެންވެސް އަހަރެން މަސައްކަތްކުރާނީ އެގޮތަށް. ކްލަބަށްޓަކައި ކުޅުންތެރިންނަށްޓަކައި އަދި ސަޕޯޓަރުންނަށްޓަކައި.” އިންސްޓަގްރާމްގައި ޕްގްބާ ލިޔުނު ޕޯސްޓެއްގައި ބުނެފައިވެ އެވެ.

“މީހުން ދައްކާހާ ވާހަކައެއް މުހިއްމެއް ނޫން. މުސްތަގުބަލް އަދި އޮތީ ދުރުގައި. މުހިއްމީ މިއަދު ހިނގާ ކަންކަން. އަހަރެން މިހުރީ ޔުނައިޓެޑާއެކު 1،000 ޕަސެންޓް ދީގެން. އަހަރެންނާ ޔުނައިޓެޑާ ދެމެދު އެއްވެސް މައްސަލައެއް ނެތް. އެކަން ބަދަލެއްވެސް ނުވާނެ. ކަން ހިނގާގޮތް ނޭގެންޏާ ވާހަކަ ނުދައްކާ ތިބޭ” ޕޮގްބާ އިތުރަށް ބުނެފައިވެ

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *