ޖެރާޑްގެ ރެކޯޑް ސަލާހް މުގުރާލައިފި

ޖެރާޑްގެ ރެކޯޑް ސަލާހް މުގުރާލައިފި

ޢަބްދުﷲ އަޝްރަފް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގުރޫޕް ޑީގައި އެފްސީ މިޖިލޭންޑާ ދެކޮޅަށް ލިވަޕޫލު ކުޅުނު މެޗުގައި ގޯލު ޖަހައިގެން ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފް މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ހޯދައިފި އެވެ. ލިވަޕޫލަށް ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ޝަރަފް މީގެ ކުރިން އޮތީ އެ ޓީމުގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑްގެ އަތުގަ އެވެ.

ރޭގެ މެޗުގައި ސަލާހު ޖެހި ގޯލަކީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް އޭނާ ކާމިޔާބުކޮށްދިން 22 ވަނަ ގޯލެވެ. މީގެ އިތުރުން މެޗު ފަށައިގެން 55 ވަނަ ސިކުންތުގެ ތެރޭގައި ސަލާހު ގޯލު ޖެހި އިރު މިއީވެސް ރެކޯޑެކެވެ. މީގެ ކުރިން ޗެމްޕިއަންސް ލީގުގެ މެޗެއްގައި ލިވަޕޫލަށް މިހާ އަވަހަށް އަދި ގޯލެއް ކާމިޔާބުކުރެވިފަ އެއް ނުވެ އެވެ.

“އާދަޔާ ހިލާފު މޮޅު ކުޅުންތެރިއެއް. ޔަގީނުންވެސް އާދަޔާ ހިލާފު މޮޅު ކުޅުންތެރިއެއް.” ރޭގެ މެޗަށްފަހު ސަލާހަށް ތައުރީފުކުރަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުންޏެވެ.

“އޭނާގެ ފަރާތުން ޓީމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. އޭނައަށް އެނގޭ އޭނައަށް ޓީމުގެ އެހެން ކުޅުންތެރިންގެ ފަރާތުންވެސް އެހީތެރިކަން ލިބޭކަން. އަދި، އޭނަ އެކަމަށް ޝުކުރުވެރިވެސް ވޭ. ސަލާހް އެވަރަށް ގޯލު ނުޖަހާ ނަމަ އަހަރެމެންނަށް މިފަހުން މި ލިބިފައި މިވާ ކާމިޔާބީތައް ނުލިބުނީސް.” 2018 ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގު ތަށި ލިވަޕޫލަށް ހޯދައިދިން ކްލޮޕް އިތުރަށް ބުނެފައިވެ އެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނުކުތްއިރުވެސް އޮތީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަރުވެފަ އެވެ. ރަށުން ބޭރުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި އެހާ ކުރީކޮޅު ލަނޑެއް ޖަހައި ލީޑް ނެގި ނަމަވެސް މެޗު ނިމުނީ 1-1 އިން އެއްވަރުވެގެ

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.