ނުވަ މަސްދުވަހުގެ ފަޅުކަމަށް އެހީގެ މެޗުން މިރޭ ނިމުން ގެންނަނީ

Advertisement

ނުވަ މަސްދުވަހުގެ ފަޅުކަމަށް އެހީގެ މެޗުން މިރޭ ނިމުން ގެންނަނީ

ޢަބްދުﷲ އަޝްރަފް

ކޮވިޑް-19 އާ ގުޅިގެން ރަސްމީ ކުޅިވަރު ހަރަކާތްތައް ނުވަ މަސްދުވަހަށް ހުއްޓާލައިފައި އޮތުމަށްފަހު ހާއްސަ އުސޫލުތަކެއްގެ ދަށުން އެކަންކަން އެލުން ފެށުމަށް ފުރުސަތު ލިބުނު ފަހުން މިރެއަކީ ހާއްސަ ރެއެކެވެ. ދިވެހި ފުޓްބޯޅައިގެ މާބޮޑު ފޯރިއެއް ނެތޭ ހީވިޔަސް ދިވެހި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން މިރޭ ބާއްވާ ޗެރިޓީ ޝީލްޑް މެޗަށް އިންތިޒާރުކުރަމުން އަންނަ މީހުން މަދެއް ވެސް ނޫނެވެ. ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ފުޓްބޯޅަ ތަރިންގެ ކުޅުން ނުފެނި ދިޔުމަކީ މިރޭގެ މެޗު ގިނަ ބަޔަކަށް ހާއްސަވާ އެއް ސަބަބު ކަމުގައި ވެދާނެ އެވެ. މިއާ އެކު މިރޭގެ މެޗު ހާއްސަވާ އެހެން ސަބަބެއްވެސް އެބައޮތެވެ. މި މެޗަށް ދީފައިވާ ނަމުންވެސް ބުނެދޭ ފަދައިން މިއީ އިޖުތިމާއީ މަސައްކަތްތަކަށް އެހީތެރިވުމުގެ މަތިވެރި މަގްސަދު ހިމަނައިގެން ބޭއްވޭ މެޗެކެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ދެ ވަނަ ލިބުނު ކްލަބް އީގލްސް މިރޭ ވާދަކުރާ އެފްއޭ ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކުރާ ބަޔަކަށް ލިބޭ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދޭން ހަމަޖެހިފައިވަނީ އިޖްތިމާއީ މަސައްކަތުގައި ހަރަކާތްތެރިވާ ތިން ޖަމިއްޔާ އަކަށެވެ. އެއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (އާރކް) އާއި، ކުޅިވަރުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމައުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ސްޕެޝަލް އޮލިމްޕިކްސް އާއި އަދި ލޭހަދިޔާކުރުމާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކޮށް ލޭ ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ބްލަޑް ޑޯނާސް އަށެވެ.

ސީޒަން ހުޅުވަމުގެ ގޮތުން 2009 ވަނަ އަހަރުން ފެށިގެން ވަކި ހާއްސަ މެޗެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވަން ހަމަޖެއްސިއިރު އެންމެ ފުރަތަމަ ރޭވިފައި އޮތީ އެ މެޗު ކާމިޔާބުކުރާ ޓީމަށް ދޭ އެއްލައްކަ ރުފިޔާ ގެ ތެރެއިން ހަމައެކަނި 20 އިންސައްތަ އިޖްތިމާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ކޮންމެވެސް ފަރާތަކަށް ހަދިޔާކުރާ ގޮތަށެވެ. އެކަމަކު 2017 ވަނަ އަހަރުން ފެށިގެން އެ އުސޫލަށް ބަދަލު ގެނެސް މެޗު ކާމިޔާބުކުރާ ފަރާތަށް ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރަންޖެހެނީ ހައިރާތުގެ ގޮތުގަ އެވެ.

ފަހުން ހަމަޖެއްސި އުސޫލުގެ ދަށުން 2017 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލި މާޒިޔާ އިން އެފަހަރު އެ ޓީމަށް ލިބުނު ހުރިހާ ފައިސާއެއް ދިނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާ އަށެވެ. އޭގެ ފަހުން މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުން ޝީލްޑް އުފުލާލިއިރު، އެ މެޗުން ލިބުނު ފައިސާއިން ފުޓްބޯޅައިގެ ސާމާނު ހަދިޔާ ކުރުމަށް ހަމަޖެހުނީ ފޯކައިދޫގެ ފުޓްބޯޅަ އެކަޑެމީ އަށެވެ. 2018 ވަނަ އަހަރު ޗެރިޓީ ޝީލްޑް މެޗު ކުޅެފައެއް ނުވެ އެވެ.

އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުން މޮޅުވާ ޓީމަށް ދޭ ފައިސާ ބޭނުންކުރާނެ އުސޫލަށް މީގެ ތިން އަހަރުކުރިން ގެނެވުނު ބަދަލާއަކު މިކަން ހިމެނިގެން ގޮސްފައިވަނީ އިޖްތިމާއީ ހިދުމަތަށް ދިވެހި ފުޓްބޯޅަ އާއިލާގެ ފަރާތުން ދެވޭ ވަރަށް ބޮޑު ހަދިޔާ އަކަށެވެ.

މިފަހަރުގެ ޗެރިޓީ ޝީލްޑް މެޗުން މޮޅުވާ ޓީމަކަށް ލިބޭ ފައިސާ ހަވާލުކުރުމަށް ހަމަޖެހިފައިވާ އަމިއްލަ ޖަމިއްޔާތަކާއެކު އެފްއޭއެމްގެ ފަރާތުން މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި ޖަމިއްޔާތަކުން ފާޅުކޮށްފައިވާ ޝުއޫރުތަކުންވެސް އެ ފަރާތްތަކަށް މިފަދަ ކަމެއްގެ މުހިއްމުކަން ބޮޑުކަން ވަނީ ފާހަގަކޮށްފަ އެވެ.

“ފުޓްބޯޅައަކީ ހާއްސަގޮތެއްގައި ދިވެހިންގެ ލެއާ ގުޅިފައިވާ ކުޅިވަރެއް. އެގޮތުން ފުޓްބޯޅައޭ ބުނީމަވެސް ހަމަ އެންމެންގެ ލެއާ ގުޅުވާލާ ކަހަލަ ޖޯޝެއް ގެނުވާ. އެގޮތުން ހަމަ އަޅުގަނޑުމެން މިކަހަލަ މޫވްމެންޓެއްގެ ތެރެއިން އަޅުގަނޑުމެން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްލަން ލިބޭ ފުރުސަތެއްގެ ތެރެއިން ދަންނަވާނީ އަޅުގަނޑުމެންނަށް ހަމަ ވަރަށް ގިނަ ކާމިޔާބީތަކެއް. އަޅުގަނޑުމެންނަށް އިތުރު ޑޯނާސްތަކެއް އުފެދިގެން ދާނޭ. މިކަމަކީ ކިހާވަރެއްގެ ކަމެއްކަން މުޖުތަމައަށް ދޭ މެސެޖު އަޅުގަނޑުމެންނަށް އިތުރަށް ވަރުގަދަކުރެވިގެން ދާނެ. އުފަލާ އެކީގަ ވަރަށް ފަހުރުވެރިކަމާ އެކީގަ ޗެރިޓީ ޝިލްޑްގެ ޕާޓްނާއެއް ގޮތުގައި މި ބައިވެރިވަނީ” ޗެރިޓީ ޝިލްޑްގެ ފައިސާ މިފަހަރު ލިބޭ އެއް ޖަމިއްޔާ ކަމަށްވާ މޯލްޑިވިއަން ބްލަޑް ޑޯނާސްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވި އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ކުރިން ބާއްވަމުން އައި ކަޕް ވިނާސް ކަޕްގެ ބަދަލުގައި ޗެރިޓީ ޝީލްޑްގެ ނަމުގައި މެޗު ކުޅެން ފެށި ފަހުން މިހާތަނަށް ތަފާތު ފަސް ޓީމަކުން ވަނީ ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. އެއީ ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް، މާޒިޔާ، ވެލެންސިއާ އަދި ޓީސީ އެވެ. އެންމެ ގިނައިން ޝީލްޑް އުފުލާލީ ތިން ފަހަރު އެކަން ހާސިލްކުރި މާޒިޔާ އާއި ވީބީ އެވެ. އެހެން ކަމުން ޗެރިޓީ ޝީލްޑް ރޭހުގައި މިރޭ މާޒިޔާ އަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

ދިވެހި ފުޓްބޯޅައަށް އާންމުންގެ މެދުގައި އޮންނަންޖެހޭ ގަދަރާއި އިހްތިރާމް މިހާރަށްވުރެ އިތުރުކުރުމަށްޓަކައި އެފްއޭއެމުން ފެށި މަސައްކަތް އިޖްތިމާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ގިނަ ޖަމިއްޔާތަކަކުން އަންނަނީ ޝުކުރުވެރިކަމާއެކު ބަލައިގަންނަމުންނެވެ.

“ފުޓްބޯޅައިގަ އަޅުގަނޑުމެންނަށް އަބަދުވެސް އެހީތެރިކަމެއް ފޯރުކޮށްދޭ އެންމެ ރަނގަޅު އެއް ފަރާތަކީ އެފްއޭ މޯލްޑިވްސް. އެފްއޭއެމް އަށް އަޅުގަނޑުމެން މި ފުރުސަތުގައި ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު އަދާކުރަން. އެންމެ ފަހުން އަޅުގަނޑުމެން ދިޔަ އިންޑިއާގައި އޮތް އިންޓަނޭޝަނަލް މުބާރާތަކަށް ވެސް ދިއުމަށްޓަކައި އެބޭފުޅުންގެ އެހީތެރިކަން ވެސް ވަނީ ލިބިފައި. އެހެންވީމަ އެކަންތައް ވެސް ފާހަގަކޮށްލަން” ސްޕެޝަލް އޮލިމްޕިކްސްގެ ފަރާތުން، ޗެރިޓީ ޝީލްޑް މެޗުގެ ފައިސާ ހަދިޔާ ކުރާ ފަރާތްތަކާ އެކު އެފްއޭއެމުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބްރާހިމް ރަމީޒް ވިދާޅުވެފައިވެ އެވެ.

ކޮންމެއަކަސް ރަސްމީ ފެންވަރުގެ ފުޓްބޯޅައިގެ ހަރަކާތްތައް ނުވަ މަސްދުވަސްވަންދެން މެދުކެނޑިފައި އޮތުމަށްފަހު މިރޭ ފެށޭއިރު ހިނިތުންވުން ގެނެސްދެނީ ހަމައެކަނި ފުޓްބޯޅަ ބަލާ ފަރާތްތަކަށް އެކަންޏެއް ނޫނެވެ. މިރޭގެ މެޗާއެކު އެހީއަށް ބޭނުންވެފައި ތިބި އެތައް ބަޔަކަށް ހިދުމަތްކުރުމުގައި ސާބިތުކަމާއެކު ދެމިތިބި ތިން ޖަމިއްޔާއަކަށްވެސް އުފާވެރިކަން އެބަ ގެނެސްދެ އެވެ. މި މެޗުގެ ސަބަބުން އިޖްތިމާއީ ކަންކަމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ކުރަމުން އަންނަމަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބޭކަން އާކްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މުރުތަލާ މޫސާ ވެސް ފަނީ ފާހަގަކުރައްވައިފަ އެވެ.

“އަޅުގަނޑުމެން އަސްލު ޗެރިޓީ ޝީލްޑް މި މެޗުގެ އެންމެ ބޮޑު ފޯކަސްއަކަށް ވާނީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ އަދި މިނޫން ވެސް މުޖުތަމައުގައި މިވަގުތު ކުރިމަތިވެފައިހުރި ޗެލެންޖަސްތަކަށް އަމާޒުކޮށްގެން އެކި ކަހަލަ އިޖުތިމާއީ މެސެޖުތައް ފޯރުކޮށްދެވޭތޯ މެޗުގެ ކުރިން އަދި މެޗުގެ ތެރޭގައި” މުރުތަލާ ވިދާޅުވި

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *