އައިއޯއައިޖީ 2023 މަޑަގަސްކަރައިގައި ބާއްވަން ނިންމައިފި

2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) މަޑަގަސްކަރައިގައި ބާއްވަން ނިންމައިފި އެވެ.
އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ މެދުގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ގޭމްސް މަޑަގަސްކަރައިގައި ބާއްވަން ނިންމީ މިރޭ އޮތް އައިއޯއައިޖީގެ ކައުންސިލް ބައްދަލުވުމުގަ އެވެ. 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބިޑް ރާއްޖޭން ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ބިޑް ކާމިޔާބުވުމާ އެކު ދިވެހި ސަރުކާރުން އައީ އައިއޯއައިޖީގެ ކުޅިވަރުތަކަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރަމުންނެވެ. އައިއޯއައިޖީ ބޭއްވުމާ މެދު ރާއްޖޭން ދެ ވަނަ ވިސްނުމަކަށް ދިޔައީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށްވެ މި ދަނޑިވަޅުގައި ކުޅިވަރަށް އެވަރުގެ ހަރަދެއް ކުރުން ރަނގަޅު ނުވާނެކަމަށް ބަލަ އެވެ. ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެކި ޕްލެޓްފޯމްގައި ތަކުރާރުކޮށް ވިދާޅުވެފައިވަނީ ހީނަރުވެފައިވާ އިގްތިސާދާ އެކު އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ހޯސްޓް ކުރުމުގެ ފުރުސަތު ކުޑަކަމަށެވެ.
CONGRATULATIONS MADAGASCAR for being voted to host the 2023 Indian Ocean Island Games.
This decision was reached after a vote that was taken at the Conseil International des Jeux (CIJ) meeting that was held on 6th December 2020.
1/2
— Maldives Olympic Committee (@olympicmv) December 6, 2020
އެނގިފައިވާ ގޮތުގައި މިރޭ އޮތް ކައުންސިލް ބައްދަލުވުމުގައި ރާއްޖޭން ހުށަހެޅީ 2023 ވަނަ އަހަރުގެ ގޭމްސް 2025 ވަނަ އަހަރަށް ބަދަލުކޮށްދިނުމަށެވެ. އެހެންނަމަވެސް އިތުރު ދެ އަހަރަށް އެ ހަރަކާތް ފަސްނުކޮށް މަޑަގަސްކަރައިގައި ބާއްވަން ފާސްވީ އެ ގައުމުން އެގޮތަށް ހުށަހެޅުމުންނެވެ. ކައުންސިލް ބައްދަލުވުމުގައި މަޑަގަސްކަރައިގައި ގޭމްސް ބާއްވަން މެމްބަރު ފަސް ގައުމަކުން ވަނީ ތާއީދުކޮށްފަ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި 2025 ވަނަ އަހަރުގެ ގޭމްސް ނުވަތަ 2027 ވަނަ އަހަރުގެ ގޭމްސް ބޭއްވުމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އޮންނަ އައިއޯއައިޖީގެ ބައްދަލުވުމުގައި ކަމަށެވެ.
Advertisement


Leave a Reply