އެމްބާޕޭ ޕީއެސްޖީ އަށް 100 ލަނޑު ކާމިޔާބުކޮށްދީފި

Advertisement

އެމްބާޕޭ ޕީއެސްޖީ އަށް 100 ލަނޑު ކާމިޔާބުކޮށްދީފި

ޢަލީ ޝަހީމް

ފްރެންޗް ލީގުގައި ރޭ މޮންޓެޕިލިއޭ ކޮޅަށް މެޗުގެ ފަހުވަގުތު ވައްދާލި ލަނޑާ އެކު ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ އެޓީމަށް 100 ލަނޑު ހަމަކޮށްފި އެވެ.

ރަށުން ބޭރުގައި މޮންޓެޕިލިއޭ އަތުން ޕީއެސްޖީ ރޭ މޮޅުވީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ޖަހައިދިނީ ކޮލިން ޑަގްބާ އެވެ. މިއީ ސީނިއާ ފުޓްބޯޅަ ކެރިއަރުގައި ޑަގްބާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. ޕީއެސްޖީ ލީޑުގައި އޮއްވައި ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮންޓެޕިލިއޭ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އިނގިރޭސި ވިލާތަށް ނިސްބަތްވާ 22 އަހަރުގެ ފޯވާޑް ސްޓެފީ މާވިޑީޑީ އެވެ. ޔުވެންޓަސް އަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެވަޓަންގެ ލޯނު އުސޫލުން އެ ކްލަބަށް ކުޅެމުން އަންނަ އިޓަލީގެ ފޯވާޑް މޮއިސް ކީން އެވެ. އުމުރުން 21 އަހަރުގެ އެމްބާޕޭ އޭނާގެ 100 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ އިތުރުވަގުތުގަ އެވެ.

Advertisement

ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އެމްބާޕޭ އަށް ލަނޑެއް ކާމިޔާބު ކުރެވިފައެއްނުވެ އެވެ. މެޗަށް ފަހު އެމްބާޕޭ ބުނީ ގޯލު ޖަހަން އޭނާ ބޭނުންވާ ކަމަށާއި، ރޭ ލަނޑެއް ކާމިޔާބު ކުރެވުމަކީ ބޮލުގަ ރިހުން ދުއްވާލެވުނު ކަމެއް ކަމަށެވެ.

އެމްބާޕޭ އަކީ ޕީއެސްޖީ އަށް 100 ލަނޑު ހަމަކޮށްދިން ފަސް ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މި ޝަރަފް ހާސިލްކޮށްފައިވަނީ 200 ލަނޑު ޖަހައިދިން އެޑިންސަން ކަވާނީ އާއި 156 ލަނޑު ޖެހި ޒަލަޓަން އިބްރަހިމޮވިޗްގެ އިތުރުން 109 ލަނޑު ޖެހި ޕައުލެޓާ އާއި 100 ލަނޑު ކާމިޔާބުކޮށްދީފައިވާ ޑޮމިނިކް ރޮހެޓެއޫ އެވެ.

“އަހަރެން މި ކްލަބަށް ބަދަލުވިއިރު ހީނުކުރަން ތިން ލަނޑު ވެސް ޖެހޭނެ ކަމަކަށް. 100 ލަނޑު ހާސިލްކުރެވުމަކީ ހީވެސް ނުކޮށްހުރި ކާމިޔާބެއް” 137 މެޗުން ޕީއެސްޖީ އަށް 100 ވަނަ ލަނޑު ކާމިޔާބުކޮށްދިން އެމްބާޕޭ މެޗަށް ފަހު ބުންޏެވެ.

މޮނާކޯގައި މޮޅު ކުޅުމެއް ދައްކައި އެ ކްލަބަށް 27 ލަނޑު ކާމިޔާބުކޮށްދިން އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ 165 މިލިއަން ޕައުންޑުގެ ޑީލެއްގެ ދަށުންނެވެ. ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު ވެސް އެމްބާޕޭ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރޭގެ މޮޅާ އެކު ޕީއެސްޖީ ފްރެންޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު 13 މެޗުން ލިބުނު 28 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނައިގައި އޮތް މާސޭ ވަނީ 11 މެޗުން 24 ޕޮއިންޓް ހޯދައިފަ އެވެ. މި ދެޓީމުގެ ފަހަތުން ލިލް، ލިޔޯން، މޮނާކޯ އަދި މޮންޓެޕިލިއޭ އޮތީ 23 ޕޮއިންޓާ އެކު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *