މަރަޑޯނާ މަރުވެއްޖެ

Advertisement

މަރަޑޯނާ މަރުވެއްޖެ

ޢަލީ ޝަހީމް

ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާ އުމުރުން 60 އަހަރުގައި މަރުވެއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުން މިއަދުގެ ވަގުތެއްގައި މަރަޑޯނާ މަރުވީ ހިތް ހުއްޓިގެންނެވެ.

އާޖެންޓީނާ އަށް އުފަން މަރަޑޯނާ ވަނީ މިމަހުގެ ކުރީކޮޅު ސްޓްރޯކެއް ޖެހިގެން ސާޖަރީއެއް ހައްދައިފަ އެވެ. ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ މަރަޑޯނާ އަކީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބުކުރި ޓީމުގެ ކެޕްޓަނެވެ. އެ މުބާރާތުގައި މަރަޑޯނާ ވަނީ ފަސް ގޯލު ޖަހައި އިތުރު ފަސް ގޯލު ޖެހުމުގައި އެހީތެރިވެފަ އެވެ. ވޯލްޑް ކަޕްގެ ތާރީހުގައި އެއްވެސް ކުޅުންތެރިއަކަށް އެއް މުބާރާތެއްގައި 10 ގޯލުގައި ހިއްސާވެފައެއްނުވެ އެވެ.

މަރަޑޯނާ ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށީ 1976 ވަނަ އަހަރު އާޖެންޓީނާގެ އާޖެންޓީނޯސް ޖޫނިއާސް އިންނެވެ. 1981 ވަނަ އަހަރު ބޯކާ ޖޫނިއާސް އަށް ބަދަލުވިއިރު ޖެހިގެން އައި އަހަރު މަރަޑޯނާ ވަނީ ބާސެލޯނާއާ ގުޅިފަ އެވެ. ބާސެލޯނާގައި ތިން އަހަރު ހޭދަކުރުމަށް ފަހު މަރަޑޯނާ 1984 ވަނަ އަހަރު މަރަޑޯނާ ބަދަލުވީ އިޓަލީގެ ނަޕޯލީ އަށެވެ. ނަޕޯލީ ދޫކޮށް މަރަޑޯނާ ދެން ބަދަލުވީ ސްޕެއިންގެ ސެވިއްޔާ އަށެވެ. 1991 ވަނަ އަހަރު ސެވިއްޔާ އަށް ބަދަލުވެ ދެ އަހަރު ދުވަހު އެ ކްލަބްގައި ކުޅުމަށް ފަހު މަރަޑޯނާ ވަނީ އޭނާގެ އުފަން ގައުމު އާޖެންޓީނާ އަށް ބަދަލުވެފަ އެވެ. މަރަޑޯނާ ފުޓްބޯޅަ ކެރިއަރު 1997 ވަނަ އަހަރު ނިންމާލީ ބޮކާ ޖޫނިއަސް އަށް ކުޅުމަށް ފަހު އެވެ.

ކޯޗެއްގެ ގޮތުގައި 1994 ވަނަ އަހަރު މަސައްކަތްކުރަން ފެށި މަރަޑޯނާ ވަނީ 2008 އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް އާޖެންޓީނާގެ ގައުމީ ޓީމަށް އިރުޝާދުދީފަ އެވެ. ވޯލްޑް ކަޕްގައި އާޖެންޓީނާ އަށް ކާމިޔާބީއެއް ނުލިބުމުން އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ކޮއްޓުމާއި ނެއްޓުމުގައި އާދަޔާހިލާފު ހުނަރެއް ލިބިފައިވާ މަރަޑޯނާ ވަނީ އާޖެންޓީނާގެ ޓީމަށް 91 މެޗުގައި 34 ލަނޑު ޖަހައިފަ އެވެ.

މަރަޑޯނާގެ މަރާއެކު އެތައް ބަޔަކު އަންނަނީ ހިތާމަފާޅުކުރަމުންނެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *