އޭސީ މިލާންގެ ކޮންމެ ކުޅުންތެރިއަކަށް އިބްރަހިމޮވިޗް ޕީއެސް 5 ހަދިޔާކޮށްފި

އޭސީ މިލާންގެ ކޮންމެ ކުޅުންތެރިއަކަށް އިބްރަހިމޮވިޗް ޕީއެސް 5 ހަދިޔާކޮށްފި

ޢަބްދުﷲ އަޝްރަފް

އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑްން ގެ ތަރި ޒަލަޓަން އިބްރަހިމޮވިޗް އެ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ޕީއެސް 5 އިއްޔެ ހަދިޔާކޮށްފިއެވެ. ޕްލޭސްޓޭޝަންގެ އެންމެ ފަހުގެ ވާޝަން ޔޫރަޕްގައި ބާޒާރަށް ނެރުނީ ވެސް އިއްޔެ އެވެ. \

އިއްޔެ ޔޫރަޕްގައި ބާޒާރަށް ނެރުނު ޕީއެސް 5 އަށް ވަރަށް ބޮޑު ޑިމާންޑެއް އޮތްކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޕީއެސް 5 އިއްޔެ ބާޒާރަށް ނެރުމާއެކު ގިނަ ފިހާރަތަކަށް ބާރު ބޮޑުވެ ވަރަށް ގިނަ ފިހާރަތަކެއްގެ ސްޓޮކް އިއްޔެ ވަނީ ހުސްވެފަ އެވެ. އެކަމަކު އިބްރަހިމޮވިޗްގެ ހަދިޔާ އާއެކު އޭސީ މިލާނުގެ ކުޅުންތެރިންނަށް ޕިއެސް 5 ހޯދަން އުނދަގޫ އުފުލަން ނުޖެހި ކުޅުންތެރިންނަށް ބޮޑު ހިތްހަމަޖެހުމެއް ވަނީ ލިބިފަ އެވެ.

އޭސީ މިލާނުގައި އިބްރަހިމޮވިޗް މި ސީޒަނުގައި ދައްކަމުން އަންނަ މޮޅު ކުޅުމާއެކު ޓީމުގެ ކުޅުންތެރިންގެ މެދުގައި އޭނާގެ މަގްބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި، އިއްޔެ އެ ކުޅުންތެރިންނަށް އިބްރަހިމޮވިޗްގެ ފަރާތުން ލިބުނު ހަދިޔާ އާއެކު ކުޅުންތެރިން އަންނަނީ އިބްރަހިމޮވިޗަށް ޝުކުރު އަދާކޮށް ސޯޝަލް މީޑިއާގައި ތަފާތު ޕޯސްޓްތައް އާންމު ކުރަމުންނެވެ.

އިޓާލިއަން ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އޭސީ މިލާނު އެ ހިސާބުގައި ހިފަހައްޓާލުމުގައި 39 އަހަރުގެ  އިބްރަހިމޮވިޗްގެ ދައުރު ވަރަށް ބޮޑެވެ. މީފަހަރުގެ ލީގުގައި މިހާތަނަށް އިބްރަހިމޮވިޗް ނުވަ ގޯލު ކާމިޔާބުކޮށްފައިވާއިރު މިފަހަރުގެ ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިފައިވާ ތިން ކުޅުންތެރިންގެ ތެރޭގައި އިބްރަހިމޮވިޗް ހިމެނެ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.