ބާސެލޯނާގައި އަބަދު މައްސަލަ ޖެހޭތީ މެސީ ބޯ ގޮވައިފި

ބާސެލޯނާގައި އަބަދު މައްސަލަ ޖެހޭތީ މެސީ ބޯ ގޮވައިފި

ޢަބްދުﷲ އަޝްރަފް

މިދިޔަ ސީޒަނުގައި އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާ އަށް ބަދަލުވި ފްރާންސްގެ ފޯވާޑް އަންޓުއަން ގްރީޒްމަންއަށް ބާސެލޯނާގައި ރަގަޅު ކުޅުމެއް ނުދެއްކިގެން އުޅެނީ ކެޕްޓަން ލިއޮނަލް މެސީ އާ ހެދި ކަމަށް ގްރީޒްމަންގެ ކުރީގެ އެޑްވައިޒަރު އެރިކް އޮލްހަޓް ބުނެފައިވުމާއެކު މެސީ އެކަމަށް ރައްދު ދެމެން އެފަދަ ވާހަކަތަކާ ހުރެ އޭނާ ފިކުރުކޮށްކޮށް ވަރުބަލިވެފައިވާ ކަމަށް މެސީ ބުނެފި އެވެ.

ގްރީޒްމަންގެ ކުރީގެ އެޑްވައިޒަރު މިދިޔަ ހަފްތާގައި ބުނެފައިވަނީ ބާސެލޯނާގައި ހިނގާ ހުރިހާ ކަމެއްގައި މެސީގެ ވަރަށް ބޮޑު ނުފޫޒެއް އޮންނަ ކަމަށާއި، ބާސެލޯނާއަށް ގްރީޒްމަން ގެންނަންވެސް މެސީ ދެކޮޅު ހެދި ކަމަށެވެ. އަދި، ބާސެލޯނާ އާ ގްރީޒްމަން ގުޅުމުން އެއީ ގްރީޒްމަން އަށް އެހާ މަރުހަބާ ކިޔާ ތަނެއް ނޫންކަމުގެ އިހްސާސްކުރުވަން މެސީ މަސައްކަތްކޮށްފައިވާ ކަމަށް އެރިކް ބުނެފައި ވެއެވެ.

އުމުރުން 33 އަހަރުގެ މެސީ، އެރިކަށް ރައްދު ދީފައި މިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާއިން ކުޅުނު ދެ މެޗު ނިންމުމަށްފަހު އެނބުރި ބާސެލޯނާއަށް އައުމާއެކު އެރިކްގެ ވާހަކަ ތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު މެސީ އާ ސުވާލުކުރުމުންނެވެ.

“އަހަރެން މިހާރު ވަރުބަލިވެއްޖެ. ކުލަބްގައި ހިނގާ ކޮންމެ މައްސަލައެއްގެ ޒިންމާ މި އެޅެނީ އަހަރެންގެ ބޮލުގައި” މެސީ ބުނެފައިވެ އެވެ.

ގްރީޒްމަން ބާސެލޯނާ އަށް މިދިޔަ އަހަރުގެ ޖުލައި މަހު ބަދަލުވީ 120 މިލިއަން ޔޫރޯ އަށެވެ. އެކަމަކު ގްރީޒްމަމްގެ ފަރާތުން ބާސެލޯނާ އިން އުއްމީދުކުރިވަރުގެ ކުޅުމެއް މިހާތަނަށް ފެނިފަ އެއް ނުވެ އެވެ. ބާސެލޯނާއަށް ބަދަލުވި ފަހުން މިހާތަނަށް 42 މެޗުގައި ގްރީޒްމަން ކުޅެފައިވާއިރު އޭނާ އަށް އަދި ކާމިޔާބުކުރެވިފައިވަނީ އެންމެ 11 ގޯލެވެ. ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވި ފަހުން މެސީ ވަނީ 28 ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.