އިޓަލީ އާއި ބެލްޖިއަމް ފައިނަލް ބުރުން ޖާގަ ހޯދައިފި

Advertisement

އިޓަލީ އާއި ބެލްޖިއަމް ފައިނަލް ބުރުން ޖާގަ ހޯދައިފި

ޢަބްދުﷲ އަޝްރަފް

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުން އިޓަލީ އާއި ބެލްޖިއަމް ޖާގަ ހޯދައިފި އެވެ. ޔޫރަޕްގެ ގައުމުތަކަށް ވާދަވެރި ގިނަ މެޗުތަކެއް ހޯދައިދިނުމުގެ މަގްސަދުގައި ޔޫއެފާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ނޭޝަންސް ލީގުގެ ފައިނަލް ބުރަށް މިފަހަރު ހޮވުނު ހަތަރު ޓީމަކީ އިޓަލީ އާއި ބެލްޖިއަމްގެ އިތުރުން ފްރާންސް އަދި ސްޕެއިން އެވެ.

އިޓަލީ މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފައި މިވަނީ މުބާރާތުގެ އޭ ކެޓަގަރީގައި ހިމެނޭ ހަތަރު ގްރޫޕްގެ ތެރެއިން ގްރޫޕް އެކެއްގެ އެއްވަނަ ހޯދައިގެންނެވެ. މި ގްރޫޕްގެ އެއްވަނަ އިޓަލީން ކަށަވަރުކޮށްފައިވަނީ ރޭ ބޮސްނިއާ އާ ވާދަކޮށް އެ ގައުމުގައި ކުޅުނު މެޗު 0-2 އިން ކާމިޔާބުކޮށްގެންނެވެ. ރޭގެ މެޗުގައި އިޓަލީން ޖެހި ފުރަތަމަ ގޯލު މެޗުގެ 22 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންޑްރޭ ބަލޯޓީ އެވެ. ދެވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ޑޮމެނިކޯ ބެރާޑީ އެވެ.

އިޓަލީ ހިމެނޭ ގްރޫޕުން އެ ޓީމާ އެންމެ ގާތުން ވާދަކޮށްފައިވަނީ މަޝްހޫރު ނެދަލޭންޑްސް އެވެ. ރޭ ޕޯލެންޑާ ދެކޮޅަށް ނެދަލޭންޑްސް ކުޅުނު މެޗު އެޓީމުން ކާމިޔާބުކޮށްފައިވާއިރު ނެދަލޭންޑްސް ފައިނަލް ބުރަށް ކޮލިފައި ނުވެ ދިޔައީ އެންމެ ޕޮއިންޓެއް މަދުވެގެންނެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުން ރޭ ޖާގަ ހޯދި ބެލްޖިއަމަށް އެ ފުރުސަތު ލިބުނީ ރޭ ޑެންމާކާ ވާދަކޮށް ކުޅުނު މެޗު 2-4 އިން ކާމިޔާބުކޮށް ގްރޫޕް ދޭއްގެ އެއްވަނަ ހޯދައިގެންނެވެ. ރޭގެ މެޗުގައި ބެލްޖިއަމުން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދީފައިވަނީ ރޮމޭލޫ ލުކާކޫ އެވެ. އަނެއް ދެ ގޯލް ޖަހައިދީފައިވަނީ ޓީލްސްމަން އާއި ކެވިން ޑި ބްރޭނާ އެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރު އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *