ސަޕޯޓަރުންގެ ހިތްވަރާ އެކު ދަގަނޑޭ ސެމީ ފައިނަލަށް، މަރުހަބާ

ސަޕޯޓަރުންގެ ހިތްވަރާ އެކު ދަގަނޑޭ ސެމީ ފައިނަލަށް، މަރުހަބާ

ޢަލީ ޝަހީމް

އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލަށް ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ދަތުރުކޮށްފި އެވެ. ދަގަނޑޭ ސެމީގެ ފުރުސަތު ހޯދީ ކުއާޓާ ފައިނަލުގައި ވިއެޓްނާމްގް އެންގުޔެން ވެން ކުއެޓްއާ ވާދަކޮށް ހަނި ތަފާތަކުން ކުރި ހޯދައިގެންނެވެ.

ދަގަނޑޭ އަށް ވޯޓު ދިނުމުގައި ދިވެހިންގެ ގިނަ ބަޔަކު ބުރަކޮށް މަސައްކަތްކުރި އެވެ. ޕޯލްގައި ދަގަނޑޭ އަށް 51.45 އިންސައްތަ ލިބުނުއިރު ވިއެޓްނާގް ކުޅުންތެރިޔާއަށް ލިބުނީ 48.55 އިންސައްތަ އެވެ. ސެމީގައި ދަގަނޑޭ ވާދަކުރަން ޖެހޭނީ ވިއެޓްނާމްގެ ހެނޯއއީ އެފްސީގެ އެންގުޔެން ކުއާކް ހާއީއާ އެވެ.  80 އިންސައްތަ ވޯޓު ހޯދައި ވިއެޓްނާމްގެ މި ކުޅުންތެރިޔާ ސެމީގެ ޖާގައެއް ހޯދީ އިންޑިއާގެ އީސްޓް ބެންގާލްގެ މެހްތަބު ހުސައިންއާ ވާދަކޮށެވެ.

ޕޯލް ނިމުނުއިރު ދަގަނޑޭ ކުރި ހޯދާފައި. ސެމީގައި ވެސް ވާދަކުރާނީ ވިއެޓްނާމްގެ ކުޅުންތެރިއަކާ

އޭއެފްސީ ވެބްސައިޓްގައި ކުރިއަށްގެންދާ މި ޕޯލްގައި 32 ކުޅުންތެރިއަކު ޖެހި ގޯލު ވަނީ ހިމަނައިފަ އެވެ.

ޕޯލްގައި ހިމެނޭ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ޖެހި ލަނޑެކެވެ. 7-0 އިން ނިއު ރޭޑިއަންޓް ކާމިޔާބުކުރި އެ މެޗުގައި ދަގަނޑޭ އެ ގޯލު ޖެހީ އެވަގުތު އޭނާ އަތުން ބޯޅަ ހޯދަން ކައިރިވި ހުރިހާ ކުޅުންތެރިން ކަޓުވާލުމަށް ފަހު ކީޕަރަށް ވެސް ފުރުސަތެއް ނުދީ އެވެ. ދަގަނޑޭއާ ވާދަކުރި ވެން ކުޔެޓްގެ ގޯލަކީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ފިލިޕީންސްގެ ސެރެސް ނިގްރޯސް ކޮޅަށް ޖެހި ލަނޑެކެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.