ތިންވަނަ މެޗުންވެސް މޮޅުވެ ބްރެޒިލް އަލުން އެއްވަނަ އަށް

Advertisement

ތިންވަނަ މެޗުންވެސް މޮޅުވެ ބްރެޒިލް އަލުން އެއްވަނަ އަށް

ޢަބްދުﷲ އަޝްރަފް
މިފަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި ބްރެޒިލުން ޕެރޫ އާ ދެކޮޅަށް ކުޅުނު މެޗުގައި ފިރްމީނޯ ގޯލު ޖަހަނީ. މިއަދު ކުޅުނު މެޗުގައި ބްރެޒިލުން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު ވެސް ޖެހީ ފިރްމީނޯ

2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ ގޮތުން ދެކުނު އެމެރިކާ ސަރަހައްދުގައި ކުޅެމުން އަންނަ މެޗުތަކުގެ ތެރެއިން މިއަދު ފަތިހު ބްރެޒިލް އާއި ވެނެޒުއޭލާ ވާދަކުރި މެޗު ބްރެޒިލް ކާމިޔާބުކޮށް ޓޭބަލްގެ އެއްވަނައަށް އަލުން އަރައިފި އެވެ. ބްރެޒިލްގެ ސައު ޕޯލޯގައި ކުޅުނު މި މެޗު އެ ގައުމުން ކާމިޔާބުކުރީ 0-1 އިންނެވެ.

މި ނަތީޖާއާއެކު ބްރެޒިލް ޓޭބަލްގެ އެއްވަނައަށް އެރިއިރު އެ ޓީމު ވަނީ މިފަހަރުގެ ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފަ އެވެ. މީގެ ކުރިން މިފަހަރުގެ ކޮލިފައިންގައި އެ ޓީމު މޮޅުވެފައިވަނީ ބޮލީވިއާ އަދި ޕެރޫ އަތުންނެވެ. ބްރެޒިލްގެ ފަހަތުން ޓޭބަލްގެ ދެވަނައިގައި ހަތް ޕޮއިންޓާއެކު އާޖެންޓީނާ އޮތްއިރު ހަ ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އެކުއެޑޯ އެވެ.

Advertisement

މިއަދު ކުޅުނު މެޗުގައި ބްރެޒިލުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 68 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ބްރެޒިލްގެ އެންމެ މަޝްހޫރު ފޯވާޑް ނޭމާ ކުޅެފައެއް ނުވެއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި މީގެ ހަތަރު ދުވަސް ފަހުން ބްރެޒިލް ވާދަކުރާނީ އުރުގުއޭ އާ އެވެ. މި މެޗު ކުޅޭނީ އުރުގުއޭ ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *