ޕެނަލްޓީގެ ތޫފާނެއްގައި ޖެހި ރެއާލް މެޑްރިޑް އޮޔާ ގޮސްފި

Advertisement

ޕެނަލްޓީގެ ތޫފާނެއްގައި ޖެހި ރެއާލް މެޑްރިޑް އޮޔާ ގޮސްފި

ޢަބްދުﷲ އަޝްރަފް

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗުގައި ވެލެންސިއާއިން ތިން ޕެނަލްޓީ ކާމިޔާބުކޮށް ރެއާލްގެ މައްޗަށް ކުރި ހޯދައިފި އެވެ. ވެލެންސިއާގެ އަމިއްލަ ދަނޑުގައި ރެއާލް އާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-4 އިންމެވެ.

ރޭގެ މެޗުން ރެޢާލް ބޮޑު ތަފާތަކުން ބަލިވި ނަމަވެސް މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ރެއާލުންމެވެ. މި ލަމޑު މެޗުގެ 23 ވަނަ މިނެޓްގައި ރެޢާލް އަށް ކާމިޔާބުކޮށްފަީއިވަނީ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އެވެ. މެޗުގައި ވެލެންސިއާއިން ނަތީޖާ ހަމަހަމަކުރީ އެ ޓީމަށް މެޗުގައި ލިބުނު ފުރަތަމަ ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައިގެންންނެވެ. މި ލަނޑު މެޗުގެ 35 ވަނަ މިނެޓްގައި ޖެހީ ވެލެންސިއާގެ ސޮލާ އެވެ. މި ލަނޑަށް ފަހު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން  ވެލެންސިއާ އިން އިތުރު ލަނޑެއް ޖަހައި މެޗުގެ ލީޑު ހޯދި އެވެ. އެކަމަކު މި ލަނޑަކީ ރެއާލްގެ ޑިފެންޑަރު ވެރޭންގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

Advertisement

ރޭގެ މެޗުގައި ވެލެންސިއާ އިން ޖެހި ތިންވަނަ ލަނޑާއި، ހަތަރު ވަނަ ލަނޑަކީ ވެސް ޕެނަލްޓީން ކާމިޔާބުކުރި ދެ ލަނޑެވެ. މެޗުގެ 54 ވަނަ މިނެޓުގައާއި 63 ވަނަ މިނެޓްގައި ލިބުނު މި ދެ ޕެނަލްޓީން ވެލެންސިއާގެ ލީޑު ފުޅާކޮށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ސޮލާ އެވެ.

ރޭގެ ނަތީޖާ އާއެކު އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ރެއާލް އަށް ޓޭބަލްގެ ދެވަނައަށް އަރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. 16 ޕޮއިންޓާ އެކު ޓޭބަލްގެ ހަތަރުވަނައިގައި ރެއާލް މިވަގުތު އޮތް އިރު ޓޭބަލްގެ އެއްވަނައިގައި 20 ޕޮއިންޓާއެކު އޮތީ ރެއާލް ސޮސިއެޑާޑް އެވ

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *