ޕޮގްބާ 2022 އާ ހަމައަށް ބަހައްޓަން ޔުނައިޓެޑުން ނިންމައިފި

Advertisement

ޕޮގްބާ 2022 އާ ހަމައަށް ބަހައްޓަން ޔުނައިޓެޑުން ނިންމައިފި

ޢަބްދުﷲ އަޝްރަފް

ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއާ އެކު މެންޗެސްޓަރ ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުމުގައި، އެއް އަހަރު ދުވަހަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭ ގޮތަށް އޮތް މާއްދާ ތަންފީޒުކުރަން އެ ކުލަބުން ނިންމައިފި އެވެ.

ކުރިން އޮތްގޮތުން އުމުރުން 27 އަހަރުގެ ޕޮގްބާއާ އެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. އެހެން ނަމަވެސް އެއްބަސްވުމަށް އެއް އަހަރު އިތުރުކުރުމާއެކު 2022 ވަނަ އަހަރުގެ ހޫނު މޫސުމާ ހަމައަށް ޕޮގްބާ ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ފެނުމުގެ ފުރުސަތު އެބައޮތެވެ.

މިދިޔަ ސީޒަނުގައި ޕޮގްބާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ އަކާ ގުޅިގެން ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް މި ސީޒަނުގައި މިހާތަނަށް އިނގިރޭސި ލީގުގައި ޔުނައިޓެޑުން ކުޅުނު ތިން މެޗުގައިވެސް އޭނާ ކުޅެފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ފަހުން ލީގުގައި ޓޮޓެންހަމާއި ވާދަކޮށް އަމިއްލަ ދަނޑުގައި 1-6 އިން ޔުނައިޓެޑް ބަލިވި މެޗުވެސް ހިމެނެ އެވެ.

ނިމިގެން މިދިޔަ އިންޓަނޭޝަނަލް ބްރޭކްގެ ތެރޭގައި މީޑިއާ އާ ވާހަކަދައްކަމުން ޕޮގްބާ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށް ބުނެފަ އެވެ. އެކަމަކު ގަބޫލުކުރެވޭ ގޮތުގައި ޔުނައިޓެޑުން ޕޮގްބާއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައި މިވަނީ އެވާހަކަ ބުނުމުގެ ކުރިންނެވެ.

ޕޮގްބާ ޔުނައިޓެޑްގައި ހުރެފައި އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވުމަށްފަހު އަލުން ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރު 89 މިލިއަން ޕައުންޑަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *