ޔޫރަޕުގެ ލީގުތަކުން ރޭ އެންމެ ފާހަގަކުރެވުނު ފަސް ކަންތައް

Advertisement

ޔޫރަޕުގެ ލީގުތަކުން ރޭ އެންމެ ފާހަގަކުރެވުނު ފަސް ކަންތައް

ޢަބްދުﷲ އަޝްރަފް

ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ރޭ ގިނަ މެޗުތަކެއް ކުޅެފައިވާއިރު އޭގެ ތެރެއިން ބައެއް މެޗުތަކަކީ ހައިރާންކުރުވަނިވި ނަތީޖާތަކެއް ފެނުނު މެޗުތަކެކެވެ. އަދި، އަނެއް ބައި މެޗުތަކަކީ ހައިރާންކަމެއް ނުގެނައަސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އަދި ޝައުގުވެރިކުރުވި ކަންތައްތަކެއް ފެނިގެންދިޔަ މެޗުތަކެކެވެ. މި ލިޔުމުގައި ދެން ކުރު ގޮތަކަށް މި ގެނެސްދެނީ އެގޮތުން އެންމެ ފާހަގަކުރެވުނު ފަސް ކަންތަކެވެ.

 

ބަޔާން މިޔުނިކުގެ މޮޅުވުމުގެ ސިލްސިލާ ނިމުން

ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް މެޗަކަށްވީ ޖަރުމަނު ލީގުގައި ރޭ ހޮފެންހައިމް އަތުން ޗެމްޕިއަން ބަޔާން މިޔުނިކް ބަލިވި މެޗެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން އެންމެ ފަހުން ކުޅުނު ޔޫއެފާ ސުޕަރ ކަޕް ވެސް ކާމިޔާބުކޮށްފައިވާ ބަޔާން ރޭ ހޮފެންހައިމް އަތުން ބަލިވުމާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެ ޓީމުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ނިމުނީ އެވެ. ރޭގެ މެޗުގެ ކުރިން ބަޔާން މިޔުނިކުން ވަނީ ބަލިނުވެ ޖެހިޖެހިގެން 32 މެޗު ހަމަކޮށްފަ އެވެ. އަދި ރޭ އެ ޓީމު ބަލިވެފައި އެވަނީ ޖެހިޖެހިގެން 23 މެޗުން މޮޅުވުމަށް ފަހު އެވެ. ބަޔާން އިން ރޭ ލީގުގައި ބޮޑު ތަފާތަކުން ބަލިވި އިރު އެ ޓީމުން ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޝާލްކޭ ކޮޅަށް އަށް ގޯލް ޖަހައިފަ އެވެ.

 

ބޮޑު ތަފާތަކުން ލެސްޓަރ ސިޓީ އަތުން މެންޗެސްޓަރ ސިޓީ ބަލިވުން
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓަރ ސިޓީ އަތުން މެންޗެސްޓަރ ސިޓީ ބަލިވި ބަލިވުމަކީ ވެސް ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. ގިނަ ބަޔަކަށް އެންމެ ބޮޑު ސިހުމެއް ލިބުނު އެއް ސަބަބަކަށްވީ އަމިއްލަ ދަނޑުގައި ބޮޑު ތަފާތަކުން  މެންޗެސްޓަރ ސިޓީ ބަލިވުމެވެ. ރޭ ލެސްޓަރ އަތުން މެންޗެސްޓަރ ސިޓީ ބަލިވީ 2-5 އިންނެވެ. މިއީ މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ މުޅި ކޯޗިންގ ކެރިއަރުގައިވެސް އޭނާ އިރުޝާދުދިން ޓީމެއްގެ ކޮޅަށް އެއް މެޗެއްގައި ފަސް ގޯލު ވަތް ފުރަތަމަ ފަހަރެވެ. މިހާތަނަށް ގާޑިއޯލާ ވަނީ އޭނަގެ ކޯޗިންގ ކެރިއަރުގައި 686 މެޗު ހަމަކޮށްފަ އެވެ. ރޭގެ މެޗުގައި ލެސްޓަރ ސިޓީގެ އިނގިރޭސި ފޯވާޑް ޖޭމީ ވާޑީ ވަނީ މެންޗެސްޓަރ ސިޓީ ކޮޅަށް ތިން ގޯލްޖަހައި ހެޓްރިކްވެސް ހަދައިފަ އެވެ.

 

އެތުލެޓިކޯއަށް ކުޅުނު ފުރަތަމަ މެޗުގައި ސުއަރޭޒް ވިދާލުން

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް މެޗަކީ އެތުލެޓިކޯ މެޑްރިޑާއި ގްރަނާޑާ ވާދަކުރި މެޗެވެ. މި މެޗަށް އެހާ ބޮޑު ސަމާލުކަމެއް ގިނަ ބަޔަކު ދިން އެއް ސަބަބަކީ ބާސެލޯނާގެ ފޯވާޑްލައިންގައި ވޭތުވެދިޔަ ހަ އަހަހަރު ދުވަހު ހަރަކާތްތެރިވި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި ފަހުން ކުޅުނު ފުރަތަމަ މެޗަށް އެ މެޗު ވުމެވެ. ބާސެލޯނާ އިން ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ވިއްކާލީ އެ ޓީމުގެ އާ ކޯޗު ނެދަލޭންޑްސްގެ ރޮނާލްޑް ކޫމަންގެ ޕްލޭންގައި އޭނާ ހިމެނިފައިވުމުން ކަމަށް ބާސެލޯނާއިން ބުނެފައިވެއެވެ. ކަންމިހެން އޮތަސް ރޭގެ މެޗުގައި ސުއަރޭޒް ވަނީ ދެ ގޯލް ޖަހައި އިތުރު ގޯލެއް ޖަހަން މަގުފަހިކޮށްދީ އޭބާގެ ތަރި އަދިވެސް ނުއޮއްސޭ ކަން ބާސެލޯނާ އަށް އަންގައިދީފަ އެވެ.  ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރޭގެ މެޗުގައި ކުޅެން ނުކުތް ސުއަރޭޒް މެޗުގައި ކުޅެފައި ވަނީ އެންމެ 19 މިނެޓެވެ. ރޭގެ މެޗުން އެތުލެޓިކޯ މޮޅުވީ 1-6 އިންނެވެ.

 

ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް ރޯމާ އާ އެއްވަރުކުރުން

އިޓާލިއަން ލީގުގައި ކުޅޭ މެޗުތަކުގެ ތެރެއިން ޔުވެންޓަސް ކުޅޭ މެޗުތަކަކީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން ފެށިގެން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަންނަ މެޗުތަކަކަށް ވަނީ ވެފައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދައިފައިވާ ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ޔުވެންޓަސް ރޭ އިޓާލިއަން ލީގުގައި ރޯމާ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެފައިވާއިރު އެ މެޗުން އެ ޓީމު ބަލި ނުވެ ސަލާމަތްވީ ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެ ގޯލުގެ ސަބަބުންނެވެ. 2-2 އިން އެއްވަރުވި މެޗުގައި ރޯމާ އިން ދެފަހަރަށް ލީޑު ނެގިއިރު ފުރަތަމަ ފަހަރު ޔުވެންޓަސް އަށް ރޮނާލްޑޯ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ލިބުނު ޕެނަލްޓީ އަކުންނެވެ. އާ ކޯޗް އެންޑްރޭ ޕިރްލޯ ގެ އިރުޝާދުގެ ދަށުން ލީގުގައި ޔުވެންޓަސް ކުޅުނު ދެވަނަ މެޗުގައި ދެވަނަ ފަހަރތަށް ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ރޮނާލްޑޯ ޖެހީ ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެފައިވާ އަރްމީނިއާގެ ފޯވާޑް ހެންރިކް މިކިތާރިޔާން ދިން ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. އޭރު ޔުވެންޓަސް އިން ކުޅެމުން އައީ އެ ޓީމުގެ އެޑްރިއެން ރެބިއޯ އަށް ދެއްކި ރަތް ކާޑާ ގުޅިގެން އެއް ކުޅުންތެރިއަކު މަދުކޮށެވެ.

 

ކޫމަންގެ ފުރަތަމަ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކުރުން

މިދިޔަ ސީޒަނުގައި ލިބުނު ބޮޑު ނާކާމިޔާބާއެކު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓުނު ބާސެލޯނާ މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗަކީވެސް ގިނަ ބަޔަކު އިންތިޒާރުކުރި މެޗެކެވެ. ލީގުގައި ބާސެލޯނާއިން ކުޅުނު ފުރަތަމަ މެޗުގައި ރޭ ވިޔަރެއާލް އާ ދެކޮޅަށް ކުޅެފައިވާއިރު އެ މެޗަކީ ބާސެލޯނާގެ ކޯޗުކަމުގެ މަގާމާއި އަލަށް ހަވާލުވި ނެދަލޭންޑްސްގެ ރޮނާލްޑް ކޫމަންގެ ފުރަތަމަ މެޗެވެ. އަނެއްކޮޅުން އެއީ ބާސެލޯނާ ދޫކޮށް ދާން ބޭނުންވާކަމަށް މީގެ ދުވަސްކޮޅެއް ކުރިން އެ ޓީމުގެ ކެޕްޓަން ލިއެނަލް މެސީ ފާޅުކޮށް ކުލަބަށް އެކަން ހުށަހެޅި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ. ރޭގެ މެޗު ބާސެލޯނާ އިން 0-4 އިން ކާމިޔާބުކޮށްފައިވާއިރު މެސީ ވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ގޯލެއް ކާމިޔާބުކޮށްފަ އެވެ. ރޭގެ މެޗުގައި ބާސެލޯނާގެ ތަރިއަކަށްވީ މެޗުގައި އެ ޓީމަށް ދެ ގޯލް ކާމިޔާބުކޮށްދިން ޒުވާން ފޯވާޑް އަންސޫ ފާޓީ އެވ

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *