ސެލް އިން މުލަކަށް ގެނެސްދިނީ ކުޅިވަރުގެ އީދެއް

Advertisement

ސެލް އިން މުލަކަށް ގެނެސްދިނީ ކުޅިވަރުގެ އީދެއް

ޢަބްދުﷲ އަޝްރަފް
ފޮބިޑެންސިޓީ ހޭންޑްބޯލް ޓޯމެންޓް 2020 ގެ ޗެމްޕިއަން ޓީީމް ހޮޓް ޝޮޓްސް

މ.މުލަކުގެ މަދު އަދަދެއްގެ ހިތްވަރުގަދަ ޒުވާނުންތަކެއް އެކުވެގެން “ޓީމު ރެހެންދި” ގެ ނަމުގައި އުފެއްދި ގްރޫޕްގެ މަސައްކަތުގައި މިހާރު މިވަނީ ރަސްމީ ކުލަޖެހި “ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް” ނުވަތަ ސެލް ގެ ނަމުގައި ޖަމިއްޔާއެއް އުފައްދާފައެވެ.

އިޖުތިމާޢީ ގުޅުން ވަރުގަދަކުރުމަށްޓަކައި، އިޖުތިމާޢި ހަރަކާތްތަކަށާއި، ކުޅިވަރުގެ ހަރަކާތްތަކަށް ހާއްސަކޮށް އުފެއްދި މިޖަމިއްޔާއިން ފުރަތަމަވެސް އަމާޒަކަށް ހެދީ، ކުޅިވަރުގެ ތެރެއިން އަހްލާގް ރަނގަޅު ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމެވެ. އެގޮތުން ދެ ޖިންސްގެ ޒުވާނުންނަށް ވަކިން ހުޅުވާލައިގެން “ސެލް ވޮލީބޯލް ޗެލެންޖް” ގެ ނަމުގައި މުބާރާތެއް ބޭއްވުމުގެ އިތުރުން ހޭންޑްބޯލް މުބާރާތެއް ކާމިޔާބު ކަމާއިއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement

ވޮލީ ބޯޅަ އާއި، ހޭންޑް ބޯޅަ މުބާރާތަށް ފަހު  ސެލް އިން އެންމެ ފަހުން ކުރިއަށްގެންގޮސްފައިވަނީ “ސެލް ފުޓްސަލް ޗެލެންޖް 2020” ގެ ނަމުގައި ބޭއްވި މުބާރާތެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރިވިސަސް އިން ކުރިއަށް ގެންދާ “ގެވެށި ގުޅުން” ކެމްޕެއިންނާ ވެސް ގުޅުވައިގެން ކުރިއަށްގެންދިޔަ މިމުބާރާތްތަކުގައި، ސެލްއާއި އެކު އެންމެ ގާތުން މަސައްކަތްކޮށްފައިވަނީ މ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރިވިސް ސެންޓަރެވެ.

ސެލް ވޮލީބޯލް ޗެލެންޖް 2020 (ވިމެންސް ޑިވިޝަން)

މިހިނގާ ސެޕްޓެމްބަރ މަހުގެ 08 އިން 13 އަށް ކުރިއަށް ގެންދިޔަ އަންހެން ވޮލީ މުބާރާތުގައި ޖުމްލަ 04 ޓީމް ވާދަ ކުރިއިރު، މުބާރާތުގެ ފައިނަލްގައި ބައްދަލުކޮށްފައިވަނި ޓީމް އަޒުމް އާއި ޕަވަރ ހިޓަރޒްއެވެ. ސީދާ 03 ސެޓުން ޕައަރ ހިޓަރސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް އަޒުމްއެވެ. ގެވެށި ގުޅުން ކެމްޕެއިންނާއިއެކު ކުރިއަށް ދިޔަ މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޓީމް އަޒުމްގެ ކޯޗް މުޙައްމަދު އަބުދުއްޞަމަދެވެ. އަދި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އަޒުމްގެ ޖާރޒީ ނަންބަރ 11 ޒާހިޔާ ރުޝްދީއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ޓީމް ފައްސިއެވެ.

ފޮބިޑެންސިޓީ ހޭންޑްބޯލް ޓޯމެންޓް 2020

ފޮބިޑެން ސިޓީއާއި، ޑީފްރޫޒޯއާއި އަދި މުލަކު ވިމެންސް ހޭންޑްބޯލް ކޮމިއުނިޓީގެ އެހީތެރިކަމާއި އެކު ސެލް އިން އިންތިޒާމްކުރި ހޭންޑްބޯލް މުބާރާތް ކުރިއަށްދިޔައީ 13 ސެޕްޓެމްބަރ 2020 އިން 18 ސެޕްޓެމްބަރ 2020 ގެ ނިޔަލަށެވެ. މ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރިވިސް ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދެވުނު މިމުބާރާތުގައި ޖުމްލަ 05 ޓީމަކުން ވާދަކޮށްފައިވެއެވެ. ރަށުގައި ދިރިއުޅޭ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު މިމުބާރާތުގެ ތެރޭގައި ވެސް ގެވެށި ގުޅުން ކެމްޕެއިންގެ މެސެޖްތަށް ފޯރުކޮށްދީފައިވެއެވެ.

18 ސެޕްޓެމްބަރ 2020 ވީ ހޮނިހިރު ދުވަހު ކުޅެވުނު މިމުބާރާތުގެ ފައިނަލްގައި ވާދަކުރީ، އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި ހޮޓް ޝޮޓްސް އާއި ދެވަނަ ޓީމްގެ ގޮތުގައި ގްރޫޕް ސްޓޭޖް ނިންމާލި ޓީމް މަންޖެ އެވެ. ވާދަވެރި ކުޅުމަކަށްފަހު ހޮޓް ޝޮޓްގެ ކޮޅަށް ނަތީޖާ އެނބުރިގެން ދިޔައީ، ޕެނަލްޓީ ޝޫޓްއައުޓަކަށް ފަހުއެވެ. މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޓީމް މަންޖެގެ ކޯޗް އާދަމް ޝަހީމް (އާނަ) އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމުއް ދެއްކި އަދި މުބާރާތުގެ ޓޮޕް ސްކޯރަރ ގެ މަގާމުވެސް ހޯދި ހޮޓްޝޮ ޓްސްގެ ޖާރޒީ ނަންބަރު 07 ފާޠިމަތު ނަޒީހާއެވެ. ފެއަރ ޕްލޭ ޓީމަކަށް ހޯދާފައިވަނީ މިސްޔޫ ޓޫއެވެ.

ސެލް ފުޓްސަލް ޗެލެންޖް 2020

ހޭންޑްބޯލް މުބާރާތަށް ފަހު ދެންކުރިއަށްދިޔައީ ސެލްގެ ފުޓްސަލް މުބާރާތެވެ. ކެފޭ ތާސީރްއާއި، ވައިމަތީ ފެމިލީ ކެފޭގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދިޔަ މިމުބާރާތުގައި ޖުމްލަ 08 ޓީމަކުން ބައިވެރިވެފައިވެއެވެ. 02 ގްރޫޕަކަށް ބަހާލެވިގެން ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމް ސެމީގައި ވާދަކުރާ ގޮތަށް ކުރިއަށް ގެންދިޔަ މިމުބާރާތުގެ މަޤްސަދަކީ، ގެވެށި ގުޅުން ކެމްޕެއިންގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުމަށް، ތަފާތު މެސެޖް ދިނުމެވެ. އަދި ޒުވާނުންގެ މެދުގައި މިގުޅުން ހަރުދަނާކޮށް، ހާއްސަކޮށް ފިރިހެނުންނަށް ގެވެށި ގުޅުމުގެ މުހިއްމުކަން އަންގައިދުނުމެވެ. މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 19 އިން 26 އަށެވެ. މުބާރާތުގެ ފައިނަލް މެޗު އިއްޔެ ކުޅެފައިވާ އިރު މެޗުގައި ބައްދަލުކޮށްފައިވަނީ ފޮބިޑެން ސިޓީ އާއި ފަރުކޮއި އެފްސީ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފަރުކޮއި އެފްސީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *