ބިލިއާޑް ކުޅެން ދުނިޔޭގެ ފެންވަރުގެ ތަނެއް ރާއްޖޭގައި ހަދަނީ

Advertisement

ބިލިއާޑް ކުޅެން ދުނިޔޭގެ ފެންވަރުގެ ތަނެއް ރާއްޖޭގައި ހަދަނީ

ޢަލީ ޝަހީމް
ގައުމީ ބިލިއާޑް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން. - ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނާ ގުޅިގެން ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ. އެމަސައްކަތް ކުރައްވާ ކަމަށް ފާހަގަކުރައްވައި މަހުލޫފް މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.

މަހުލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ފެސިލިޓީގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ޕްރޮޖެކްޓާއެކު ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ބިޑް ކުރެވޭނޭކަމަށް މަހުލޫފް ވިދާޅުވި އެވެ. މި މަސައްކަތުގައި ޕޫލް ބިލިއާޑް އެސޯސިއޭޝަނުގެ ރައީސާއި އެކްސްކޯ ކުރައްވާ މަސައްކަތް ފާހަގަކޮށް މަހުލޫފް ވަނީ ޝުކުރު ދަންނަވާފަ އެވެ.

Advertisement

މުނިފޫހިފިލުވުމުގެ ކުޅިވަރެއްގެ ގޮތުގައި ޒުވާނުން މީގެ ކުރިން ބިލިއާޑް ކުޅެމުންދިޔަ ނަމަވެސް ރަސްމީ މުބާރާތްތައް ބާއްވައި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖޭން ވާދަކުރަން ފެށީ އެ ކުޅިވަރަށް އެސޯސިއޭޝަނެއް ވުޖޫދުވި ފަހުންނެވެ. މިހާރު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރާއިރު މިދިޔަ އަހަރު ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު ބިލިއާޑް ޓީމަށް ވަނީ ބިދޭސީ ކޯޗެއް ހަމަޖައްސައިދީފަ އެވެ. 2019 ސެޕްޓެމްބަރު މަހު ބިލިއާޑް ޓީމުގެ ކޯޗުކަމަށް ހަމަޖެއްސީ ވޯލްޑް ޕޫލް އެސޯސިއޭޝަނުގެ ލައިސަންސް އޮންނަ ފިލިޕީންސްގެ ވެލަރިއާނޯ ޕަޖުއޭ ޖޫނިއާ އެވެ.

ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ ޒިޔާރަތްކުރި ދުނިޔޭގެ ޕޫލް ބިލިއާޑް ޗެމްޕިއަން ތޯސްޓެން ހޯމަންއާ އެކު ހާއްސަ ހަރަކާތްތަކެއް ހިންގައިފަ އެވެ. 41 އަހަރުގެ ޖަރުމަނަށް އުފަން ހޯމަން ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފަ އެވެ. ދެ އަހަރު ކުރިން ހޯމަން ރާއްޖެ ކުރެއްވި ޒިޔާރަތުގައި ވަނީ މިނިސްޓަރު މަހުލޫފާ ބައްދަލުކުރެއްވުމުގެ އިތުރުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހާއްސަ ސެޝަންތަކެއް ބާއްވައިފަ އެވެ. އެގޮތުން ޕޫލް ބިލިއާޑްގައި ދުނިޔޭގެ ޗެމްޕިއަނަކަށް ވުމަށް ކޮށްފައިވާ ތަޖުރިބާ ހޯމަން ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާ ހިއްސާކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *