ބަޔާން ތަށި ހޯދައިފި ނަމަ ބާސާއިން ލިވަޕޫލަށް 4.5 މިލިއަން ދޭންޖެހޭ

ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ބަޔާން މިޔުނިކް އަތުން 8-2ގެ ބޮޑު ތަފާތަކުން ބާސެލޯނާ ބަލިވުމަކީ ބާސެލޯނާގެ މުޅި ތާރީހުގައިވެސް ނުޖެހޭވަރުގެ ބޮޑު ލައްގަނޑެކެވެ. މި ބޮޑު ލަދާއެކު ބާސެލޯނާއަށް މިފަހަރުގެ ސީޒަން ނިމިފައިވީ ނަމަވެސް އަދި މި ސީޒަނުގައި އެ ޓީމަށް އިތުރު ހިތްދަތިކަމަކާ ކުރިމަތިވުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. އެއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ތަށި ބަޔާން މިއުނިކް ކާމިޔާބު ކޮށްފިނަމަ ބާސެލޯނާއިން ލިވަޕޫލަށް 4.5 މިލިއަން ޕައުންޑް ދޭންޖެހޭ ގޮތަށް އޮތުމެވެ. މި ފައިސާ ދޭންޖެހެނީ ލިވަޕޫލާއި ބާސެލޯނާއާއި ދެމެދު ހަދައިފައިވާ އެއްބަސްވުމަކާ ގުޅިގެންނެވެ. ގަބޫލުކުރަން ދަތިވި ނަމަވެސް މިއީ މިފަހަރު ވެދާނެގޮތެކެވެ.
ކޮންމެއަކަސް ބުނަން އެނގޭ ވާހަކައަކީ ބާސެލޯނާއިން ހަމަ ޔަގީނުންވެސް އެހެން ކުލަބަކަށް މިފަދަ ގޮތަކަށް ފައިސާތަކެއް ދޭކަށް އެއްބަސްވުމެއް ނަހަދާނެއެވެ. ބާސެލޯނާއިން އެއްބަސްވެފައިވަނީ ބަޔާން މިއުނިކް ތަށި ހޯދައިފިނަމަ ފައިސާ ދޭކަށް ނޫނެވެ. އެކަމަކު ފިލިއްޕޭ ކުޓީނިއޯ ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިފިނަމަ 4.5 މިލިއަން ޕައުންޑް ލިވަޕޫލަށް ދޭށެވެ.
2018 ވަނަ އަހަރު ބާސެލޯނާއިން ވަނީ ކުޓީނިއޯ ހޯދުމަށްޓަކައި ގާތްގަނޑަކަށް 142 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ބުރެޒިލްގެ ކުޓިނިއޯ ހޯދުމަށް ލިވަޕޫލާއި އެކު ހެދި އެއްބަސްވުމުގައި ތަފާތު ގިނަ ޝަރުތުތަކެއް ހިމެނިފައިވެއެވެ. އޭގެތެރެއިން ބައެއްޝަރުތުތަކަކީ ކުލަބަށްވުރެ ބޮޑަށް ކުޅުންތެރިޔާއަށް ޚާއްޞަ ޝަރުތުތަކެވެ. އޭގެތެރެއިން އެއް ޝަރުތަކީ 2018/2019 ގެ ސީޒަންގައި ނުވަތަ 2019/2020 ގެ ސީޒަންގައި ކުޓީނިއޯ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިނަމަ ބާސެލޯނާއިން ލިވަޕޫލަށް 4.5 މިލިއަން ޕައުންޑް ދިނުމެވެ. އެ މާއްދާއަކު ކުޓީނިއޯ އެތަށި ހޯދަންޖެހޭނީ ބާސެލޯނާގައި ހުރެގެން ކަމެއް ބުނެފައެއް ނުވެއެވެ.
ބާސެލޯނާގައި ކުޓީނިއޯއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވުމާއެކު ބެންޗުގައި އިންނަންޖެހުމުން 2019 ވަނަ އަހަރު ލޯނު ޓްރާންސްފަރއެއްގައި ބަޔާން މިއުނިކަށް ބަދަލުވިއެވެ. މިހާރު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބަޔާން މިއުނިކަކީ މިފަހަރުގެ ޗެމްޕިއަންސް ލީގު ތަށި ނަގާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ޓީމެވެ. ރޭ ކެޅުނު ކުއާޓަރ ފައިނަލް މެޗްގައި ކުޓިނިއޯ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ބާސެލޯނާ ކޮޅަށް ދެގޯލް ޖަހައިފައެވެ. އަދި 2019 /2020 ގެ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ލަދުވެތި ގޮތަކަށް ބާސެލޯނާ ބަލިވިކަމުގައިވިޔަސް ފިލިއްޕޭ ކުޓީނިއޯ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމުގެ ފުރުސަތު މިފަހަރު ވަރަށް ބޮޑެވެ. އެހެންވެއްޖެނަމަ ބާސެލޯނާއިން 4.5 މިލިއަން ޕައުންޑްގެ ފީއެއް މިފަހަރުގެ މުބާރާތުގެ ގަދަ 16 އިން ކެޓި އަދި މިދިޔަ ސީޒަނުގެ ޗެމްޕިއަން ލިވަޕޫލަށް ދޭންޖެހޭނެކަމީ ޔަގީންކަމެކެވެ.
އެހެންކަމުން ބާސެލޯނާގެ ބޮޑު ބައްޔާއެކު ކުރިމަތިލާންޖެހުނު ލަދުވެތިކަމުގެ މައްޗަށް އިތުރު ލަދުވެތިކަމެއް އެޓީމަށް ކުރިމަތިވުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑެވެ. ބަޔާން މިއުނިކުން ކުޓީނިއޯގެ ކޮންޓްރެކްޓް ދާއިމީ ކުރުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. އެހެންކަމުން މި މުބާރާތަށްފަހު ކުޓީނިއޯ އެނބުރި އަންނާނީ ވެސް ބާސެލޯނާއަށެވެ. ޓްރާންސްފަރގެ ޔޯލަ ވާހަކަތަކަށް ބަލާއިރު ކުޓީނިއޯ ބާސެލޯނާގެ ބެންޗު ހޫނުކުރަން އިނުމުގެ ބަދަލުގައި އަންނަ ސީޒަނަށް މިހާރަށްވުރެ ކުޑަ މުސާރައަކާއެކު ޕްރިމިއަރ ލީގަށް ބަދަލުވުމަކީ ވެސް ގާތްކަމެކެވ
Advertisement


Leave a Reply