19 އަހަރުގެ ޑޭވިސް އަށް މެސީ ހުއްޓުވޭނެ: ބެޔާންގެ ސީއީއޯ

Advertisement

19 އަހަރުގެ ޑޭވިސް އަށް މެސީ ހުއްޓުވޭނެ: ބެޔާންގެ ސީއީއޯ

ޢަލީ ޝަހީމް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ބަޔާން މިއުނިކުން ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު ލިއޮނަލް މެސީ ހިފެހެއްޓުމުގެ ގާބިލްކަން ބަޔާންގެ ޒުވާން ޑިފެންޑަރު އަލްފޮންސޯ ޑޭވިސްގެ ކިބައިގައި އެބަހުރި ކަމަށް ކްލަބުގެ ސީއީއޯ ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވެއްޖެ އެވެ.

ކެނެޑާގެ 19 އަހަރުގެ ޒުވާން ޑިފެންޑަރު ޑޭވިސް އަކީ ބަޔާންގެ ވާތް ފަރާތުން ފަހަތަށް ކުޅޭ ކުޅުންތެރިއެކެވެ. މި ސީޒަނުގައި ބަޔާން މިއުނިކްގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދައި ޑޭވިސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ބަޔާންއާ ގުޅުމަށް ފަހު ލިބުނު ފުރުސަތުގެ ބޭނުންހިފައި ޑޭވިސް ފުރަތަމަ އެގާރައިން ފުރުސަތު ހޯދުމުން ކުރިން އެ މަގާމަށް ކުޅުނު ޑޭވިޑް އަލާބާ މިހާރު ކުޅެނީ އެޓީމުގެ ސެންޓަ ބެކަށެވެ.

Advertisement

ބޮޑު ތަފާތަކުން ޗެލްސީ ބަލިކޮށް ބަޔާނުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު ޑޭވިސް ވަނީ ދެ ލެގުގައި ވެސް މޮޅު ކުޅުމެއް ދައްކައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ. ޑޭވިސްއާ އެކު ބަޔާންގެ މުޅި ޓީމުގެ ސަމާލުކަން މިރޭ އެންމެ ބޮޑަށް އަމާޒުވާނީ މެސީ އަށެވެ. ބާސެލޯނާ އިން ނަޕޯލީ ބަލިކޮށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު ތަފާތަކަށްވީ ބެލޮންޑިއޯ ހަ ފަހަރު ކާމިޔާބުކޮށްފައިވާ މެސީ އެވެ.

“އަލްފޮންސޯ ވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައި. މެސީ ވާތް ފަރާތުން ކުޅޭނަމަ އަލްފޮންސޯ (ޑޭވީސް) މެސީ ހުއްޓުވާނެ. ޑޭވިސް ކައިރިން ނައްޓާފަ މާގިނަ ކުޅުންތެރިންނަށް މި ސީޒަނުގަ ދެވިފައެއް ނެތް. މެސީ ހުއްޓުވަން އުނދަގޫ ވާނެ. މެޗުން ފެންނާނީ ވަރަށް ޝައުގުވެރި ކުޅުމެއް” ޕޯޗުގަލްގައި ކުރިއަށްދާ މިނީ މުބާރާތުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ސްކައި ސްޕޯޓްސް އަށް ދެއްވި އިންޓަވިއުއެއްގައި ރުމެނިގާ ވިދާޅުވި އެވެ.

މެޗުގެ ކުރިން ޔޫއެފާ.ކޮމް އަށް ދިން އިންޓަވިއުއެއްގައި ޑޭވިސް ބުނީ މެސީ ކުޅޭތަން އަބަދުވެސް ބަލަމުން އައި ކަމަށާއި، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއާ ދެކޮޅަށް ޑިފެންސް ކުރަން ނުކުންނައިރު ކުރެވެނީ ތަފާތު އިހުސާސެއް ކަމަށެވެ.

“ބޮޑުވަމުން އައިއިރު އަހަރެން އަބަދުވެސް މެސީގެ ކުޅުމަށް ބަލަން. މިފަހަރު މި ޖެހެނީ މެސީއާ ދެކޮޅަށް ޑިފެންސް ކުރަން. އަހަރެންގެ އުއްމީދަކީ މެސީއާ ދެކޮޅަށް ވީ އެންމެ ރަނގަޅަކަށް ކުޅުން” ޑޭވިސް ބުންޏެވެ.

ޑޭވިސް ބުނީ މެސީ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި، މިރޭގެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް މެސީގެ ފެންވަރާމެދު ސުވާލެއް ނުއުފެއްދޭނެ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ޕީއެސްޖީ އާއި އާރުބީ ލައިޕްޒިގް މިހާރު ވަނީ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި ބާސެލޯނާއާ ބަޔާން މިއުނިކް މިރޭ ވާދަކުރާއިރު މާދަމާރޭ ކުޅޭނީ މެންޗެސްޓަރ ސިޓީ އާއި ލިޔޯން އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *