ރޮނާލްޑޯ ޖެހި 17 ލަނޑުގެ ރެކޯޑް ލެވަންޑޮސްކީ އަށް މުގުރާލެވިދާނެތަ؟

Advertisement

ރޮނާލްޑޯ ޖެހި 17 ލަނޑުގެ ރެކޯޑް ލެވަންޑޮސްކީ އަށް މުގުރާލެވިދާނެތަ؟

ޢަބްދުﷲ އަޝްރަފް

ޖަރުމަނުގެ ބެޔާން މިޔުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޮސްކީ އަންނަނީ މި ސީޒަނުގައިވެސް އޭނާގެ ލަނޑުޖެހުމުގެ އާދަޔާ ހިލާފް ހުނަރު ދައްކަމުންނެވެ. އެކަމަކު ޖަރުމުނު ލީގުގެ އިތުރުން މިފަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައިވެސް ގިނަ ލަނދުތަކެއް ޖަހަމުން އަންނަ ލެވަންޑޮސްކީ ބުނަމުން އަންނަނީ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ހަދައިފައިވާ ލަނޑުޖެހުމުގެ ރެކޯޑަކީ އޭނާގެ އަމާޒެއް ނޫންކަމަށެވެ.

މި ސީޒަނުގައި މިހާތަނަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި އުމުރުން 31 އަހަރުގެ ލެވަންޑޮސްކީ 13 ގޯލް ޖަހައިފައިވާއިރު ރޭ ބެޔާން މިޔުނިކުން ޗެލްސީ އާ ދެކޮޅަށް ކުޅުނު ގަދަ 16 ގެ ދެވަނަ ލެގުގެ މެޗްގައި ވެސް އޭނާ ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. ރޭގެ ދެ ގޯލާއެކު މި ސީޒަނުގެ އެކި މުބާރާތްތަކުގައި ލެވަންޑޮސްކީ ޖެހި ޖުމްލަ ގޯލްގެ އަދަދު ވަނީ 53 އަށް އަރައިފަ އެވެ.

Advertisement

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖަހައިފައިވާ ޕޯޗްގަލްގެ ތަރި ރޮނާލްޑޯގެ ރެކޯޑާއި ހަމަކުރަން ލެވަންދޮސްކީ އަށް ދެން ބޭނުންވަނީ އެންމެ ހަތަރު ގޯލެވެ. ރޮނާލްޑޯ ވަނީ 2013 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑަށް 17 ގޯލް ކާމިޔާބުކޮށްދީފަ އެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހައިފައިވަނީވެސް ރޮނާލްޑޯ އެވެ. ޗެމްޕިއަންސް ލީގުގައި މިހާތަނަށް ރޮނާލްޑޯ 130 ގޯލް ޖަހައިފައިވާއިރު ލެވަންޑޮސްކީއަށް މުބާރާތުގައި މިހާތަނަށް އަދި ޖަހައިފައިވަނީ 66 ގޯލެވެ. މިހާރުވެސް 54 ގޯލްގެ ތަފާތެއް އޮތުމާއެކު މި ރެކޯޑަކީ ލެވަންޑޮސްކީ އަށް މުގުރާލެވޭނެ ރެކޯޑެއް ކަމަކަށް ނުބެލެވެ އެވެ.

ރޭ ކުޅުނު ގަދަ 16ގެ ދެވަނަ ލެގުގެ މެޗް 1-4 އިން ކާމިޔާބުކޮށް ބެޔާން މިޔުނިކުން މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިވާއިރު އެ ޓީމަށް ފައިނަލާ ހަމައަށް ދަތުރުކުރެވޭ ގޮތް ވެއްޖެނަމަ ރޮނާލްޑޯގެ ރެކޯޑާ އަރާ ހަމަކުރަން ލެވަންޑޮސްކީ އަށް ތިން މެޗް އަދި އިތުރަށް ލިބޭނެ އެވެ.

“އެއީ ހަމައެކަނި އަހަރެންގެ ގޯލެއް ނޫން. މުބާރާތުގެ ނޮކައުޓް ސްޓޭޖްގައި އަދި އަހަރެމެންނަށް މެޗްތަކެއް ކުޅުމުގެ ފުރުސަތު އެބަ އޮތް. ގޯލް ޖެހުނީމަ އުފާވާ ގޮތަށް ގޯލްޖަހަން އެހީވެވުނީމަވެސް އަހަރެން އުފާވޭ.” ރޮނާލްޑޯގެ ރެކޯޑާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ލެވަންޑޮސްކީ ބުނެފައިވެއެވެ.

“އެއީ އަހަރެންގެ ޓާގެޓެއް ނޫން. އަހަރެމެންގެ ކުރިއަށް އޮތް މެޗްގައި ޓީމެއްގެ ގޮތުގައި ކުޅެ މޮޅުވުން ޓާގެޓަކީ.” ލެވޮންޑޮސްކީ ބުނެފައިވެ އެވެ.

އެއް ސީޒަނެއްގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލް ޖަހައިގެން ރޮނާލްޑޯ ހަދައިފައިވާ ރެކޯޑާ އަރާ ހަމަކުރުމަށް ލެވަންޑޮސްކީ އަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ލުއާޓަރ ފައިނަލްގައި ބާސެލޯނާ އާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.

“ބާސެލޯނާ އަކީ އަބަދުވެސް ނުރައްކާތެރި ޓީމެއް. އަދި ވަރަށް މޮޅަށް ކުޅޭ ޓީމެއް. މެޗްގެ ފުރަތަމަ މިނެޓުން ފެށިގެން އަހަރެމެން ތިބެންޖެހޭނީ ވަރަށް ބޮޑަށް ސަމާލުވެގެން. އަދި، އަހަރެމެންގެ ހުރި ފެންވަރު މުޅި މެޗްގައިވެސް ދައްކަންޖެހޭނެ. ރަގަޅަށް ކުޅެ ޓީމަކަށް އަނެއް ބުރުން ފުރުސަތު ލިބޭނީ.” ލެވަންޑޮސްކީ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *