މާޅޮހުގައި ކުރިއަށްދާ ބޮޑު އީދުު ފުޓްސަލް ކަޕްގެ ސެމީއަށް ޓީމްތައް ހޮވިއްޖެ

ބ. މާޅޮހުގައި ކުރިއަށްދާ ބެސްޓް ބަޑީޒް ބޮޑުޢީދު ފުޓްސަލް ކަޕް 2020 ގެ ސެމީ ފައިނަލްގެ ޖާގަތައް ހޯދި ޓީމްތައް ކަށަވަރުވެއްޖެއެވެ. އިއްޔެ ހަވީރު ކުޅުނު ގުރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗްތަކަށްފަހު ސެމީއިން ޖާގަހޯދީ ގުރޫޕް އޭ އިން ލޮސް އަމީގޯސް އާއި އެފް ސީ ބުންބާ އެވެ. ގުރޫޕް ބީ އިން ސެމީ އަށް ހޮވުނީ އެފް ސީ ބަޑީޒް އާއި ޕިޕޯން އެފްސީ އެވެ.
މާޅޮހުގައި ބެސްޓްބަޑީޒްގެ ނަމުގައި ހަރަކާތްތެރިވާ ޒުވާނުންގެ ގުރޫޕަކުން އިސްނަގައިގެން ޖުލައި 27 އިން އޯގަސްޓް 4 އަށް ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމްލަ 9 ޓީމު ވާދަކުރެއެވެ. ޖޭއެސްޒެޑް އިންވެސްޓްމެންޓް ލިމިޓެޑުން ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގައި މިއަތޮޅުގެ އޭދަފުށްޓާއި ދަރަވަންދޫ އަދި ފެހެންދޫ އާއި ރ އަތޮޅު އުނގޫފާރަށް ނިސްބަތްވާ ކުޅުންތެރިން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ޖޭއެސް ޒެޑްގެ އިތުރުން ތުނޑި ވިލެޖް ގެސްޓް ހައުސްއިންނާއި އަދި ޢަބުދުއްރަޙީމް ފައުންޑޭޝަންގެ އެހީތެރިކަން މި މުބާރާތް ކުރިއަށް ގެންދިއުމުގައި ލިބިފައިވާކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ފާހަގަކުރެއެވެ.
މި މުބާރާތުގެ ސެމީފައިނަލް މެޗުތަށް ކުރިއަށް ގެންދިއުމަށް ޝެޑިއުލް ކުރެވިފައިވަނީ މާދަމާ ހެނދުނު އެވެ. މާދަމާ ހެނދުނު ހަތެއް ޖަހާއިރު ފަށާ ފުރަތަމަ މެޗުގައި ވާދަކުރާނީ ގުރޫޕް އޭގެ އެއްވަނަ ޓީމު ލޮސްއަމީގޯސް އާއި ގުރޫޕް ބީ ގެ ދެވަނަ ޓީމް ޕިޕޯން އެފްސީ އެވެ. ހެނދުނު އަށެއްޖަހާއިރު ފެށޭ ދެވަނަ މެޗުގައި ވާދަކުރާނީ ގުރޫޕް ބީގެ އެއްވަނަ ޓީމު އެފްސީ ބަޑީޒް އާއި ގުރޫޕް އޭ ގެ ދެވަނަ ޓީމު އެފްސީ ބުންބާ އެވެ. އެކަމަކު މި ޝެޑިއުލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ
ޖުމްލަ 10,000 ރުފިޔާގެ އިނާމެއް ކަނޑައެޅިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި އޮތީ 4 އޯގަސްޓް ވާ އަންގާރަ ދުވަހު ހަވީރެވެ. މުބާރާތް ކުރިއަށް ދަނީ މާޅޮހު ފުޓްސެލް ދަނޑުގައެވެ. މުބާރާތުގައި ރެފްރީކަން ކުރަނީ މިއަތޮޅު އޭދަފުށްޓަށް ނިސްބަތްވާ ރެފްރީންނެވ
Advertisement


Leave a Reply