ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކު ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

Advertisement

ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކު ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ޢަބްދުﷲ އަޝްރަފް

ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން މިފަހަރު ހޯދި ރެއާލް މެޑްރިޑްގެ ފޯވާޑް މަރިއާނޯ ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިކަން އިއްޔެ އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސްޕެއިން އަށް އުފަން އުމުރުން 26 އަހަރުގެ މަރިއާނޯ ކޯވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅުންތެރިޔާގެ ހާލު ރަގަޅު ކަމަށާއި އޭނާ މިހާރު ހުރީ އައިސޮލޭޝަންގައި ގޭގައި ކަމަށެވެ.

މި މަހުގެ 19 ވަނަ ދުވަހު ރެއާލް މެޑްރިޑުން ލީގުގައި ކުޅުނު އެންމެ ފަހު ލެޗްގައި މަރިއާނޯ ޓީމުގައި ހިމެނުނު ނަމަވެސް 2-2 އިން ލެގޭންސް އާ އެއްވަރުވި އެ މެޗްގައި އޭނާ އިނީ ބެންޗްގަ އެވެ. މަރިއާނޯ ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައި މިވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުންނަން ރެއާލުން ތައްޔާރުވަމުން އަންނަނިކޮށެވެ. ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާ އިން ބުނެފައިވަނީ މި ކަމާއި ގުޅިގެން ކަން ހިނގަމުން އަންނަ ގޮތާއި، ސްޕެއިންގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތައް ގާތުން ބަލަމުން އަންނަ ކަމަށެވެ.

“މި ކޭސްގެ ސަބަބުން ކުރިއަށް އޮތް މެޗަށް އަސަރު ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް” ޔޫއެފާ އިން އިތުރަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން މެންޗެސްޓަރ ސިޓީންވެސް ކަން ހިނގަމުން އަންނަ ގޮތް ގާތުން މޮނިޓަރ ކުރަމުން ގެންދިޔަ ނަމަވެސް މާބޮޑު ހާސްކަމެއް އެ ޓީމުގައި އޮތް ކަމަކަށް އެނގިފައެއް ނެތެވެ. ގަދަ 16 ގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑްގެ ދަނޑުގައި ސިޓީއާއި ރެއާލް ބައްދަލުކުރި މެޗް 1-2 އިން ކާމިޔާބުކޮށްފައިވަނީ ސިޓީންނެވެ.

ކޯވިޑް 19 އަށް ޕޮޒިޓިވްވި މަރިއާނޯ އަކީ ރެއާލްގެ ފުރަތަމަ އެގާރައިން އާންމުކޮށް ޖާގަ ލިބޭ ކުޅުންތެރިއެއް ނޫނެވެ. މިއަހަރުވެސް އޭނާ ރެއާލްގެ ޖޯޒީގައި ކުޅެފައި ވަނީ އެންމެ ހަތް މެޗެވެ. އެކަމަކު މަރިއާނޯ ވަނީ މިއަހަރުގެ މާޗް މަހު ބާސެލޯނާ އަތުން ރެއާލް 0-2 އިން މޮޅުވި މެޗްގައި ގޯލެއް ޖަހައިފަ އެވެ. އަދި، އެ މެޗްގެ ނަތީޖާ ވެގެންދިޔައީ ރެއާލް އަށް ލީގު ލިބުމަށް އެންމެ ބޮޑަށް މަގު ފަހިވި ނަތީޖާ އަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *