ބާސެލޯނާ މޮޅުވިއިރު މެސީ އަށް ތާރީހީ ރެކޯޑެއް

Advertisement

ބާސެލޯނާ މޮޅުވިއިރު މެސީ އަށް ތާރީހީ ރެކޯޑެއް

ޢަލީ ޝަހީމް

ސްޕެނިޝް ލީގުގައި ބާސެލޯނާ އިން މިރޭ ރަށުން ބޭރުގައި 1-0 އިން ރެއާލް ވަލެޑޮލިޑް ބަލިކުރިއިރު ލިއޮނަލް މެސީ ތާރީހީ ރެކޯޑެއް ގާއިމްކޮށްފި އެވެ. މި މެޗާއެކު މެސީ ވެފައިވަނީ ސްޕެނިޝް ލީގުގެ ތާރީހުގައި އެއް ސީޒަނެއްގައި 20 ގޯލު ޖަހައި 20 ގޯލު ޖަހަން މަގުފަހިކޮށްދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

މެސީގެ ދިން މޮޅު ޕާހަކުން މެޗުގައި ބާސެލޯނާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އާޓޫރޯ ވިޑާލް އެވެ. މި ގޯލާއެކު މެސީ ވަނީ މި ސީޒަނުގެ ލީގުގައި 20 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. މެޗަށް ނުކުތްއިރު ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި މެސީ އޮތީ 22 ގޯލު ޖަހައިގެންނެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން އެއް ސީޒަނެއްގައި މީގެކުރިން މެސީގެ ރެކޯޑް ގާއިމްކޮށްފައިވަނީ  ާސެނަލްގެ ރަން ޒަމާނުގައި އެޓީމަށް ކުޅުނު ފްރާންސްގެ ފޯވާޑް ތިއެރީ އޮންރީ އެވެ. 03-2002 ސީޒަނުގައި އޮންރީ ވަނީ ލީގުގައި އާސެނަލަށް ކުޅުނު 37 މެޗުގައި 24 ގޯލު ޖަހައި 20 ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. އޮންރީގެ ރެކޯޑާ މެސީ ހަމަކުރީ 31 މެޗުންނެވެ. އަނެއްކޮޅުން މެސީ ވެފައިވަނީ 09-2008 ސީޒަނަށް ފަހު ސްޕެނިޝް ލީގުގައި 20 އެސިސްޓް ހެދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. 2009 ވަނަ އަހަރު 20 އެސިސްޓް ހެދީ ބާސެލޯނާގެ ކުރީގެ ތަރި ޒަވީ ހެނާންޑޭޒް އެވެ.

ހަނި މޮޅާއެކު ބާސެލޯނާ ވަނީ އެއް މެޗު އިތުރަށް ކުޅެ ރެއާލް މެޑްރިޑާ ޕޮއިންޓަކާ ގާތަށް ޖެހިލާފަ އެވެ. ބާސެލޯނާ އަށް 36 މެޗުން 79 ޕޮއިންޓް ލިބިފައިވާއިރު ރެއާލުން ވަނީ 35 މެޗު ކުޅެގެން 80 ޕޮއިންޓް ހަމަކޮށްފަ އެވެ. ލީގުގައި ބާކީ އޮތް ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ރެއާލަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެ އެވެ. ލީގުގައި ރެއާލުން ދެން މެޗެއް ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ރޭ ގްރަނަޑާއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *