ވީއޭއާރުގެ އެހީގައި ސޮސިއެޑާޑް ބަލިކޮށް ރެއާލް މެޑްރިޑް އެއްވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ޓޭބަލްގެ އެއްވަނަ އަށް އަރައިފި އެވެ. ރަށުން ބޭރުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗްގައި ސޮސިއެޑާޑްގެ މައްޗަށް ކުރި ހޯދީ 1-2 އިންނެވެ.
ރޭގެ ނަތީޖާ އާއެކު ބާސެލޯނާ އާއި ރެއާލް މެޑްރިޑާ ޕޮއިންޓްގެ ގޮތުން ހަމަހަމވި ނަމަވެސް ރެއާލް އަށް ކުރި ލިބިފައިވަނީ ހެޑް ޓު ހެޑް ރެކޯޑަށް ބަލައިގެންނެވެ. މިހާތަނަށް ދެ ޓީމުންވެސް ލީގުގައި 30 މެޗް ކުޅެގެން 65 ޕޮއިންޓް ހޯދައިފައިވާ އިރު މި ދެ ޓީމް މި ފަހަރުގެ ލީގުގައި ވާދަކުރި ދެ މެޗްގެ ޖުމްލަ ނަތީޖާ އިން ކުރި ލިބެނީ ރެއާލް އަށެވެ. ލީގުގައި މި ދެ ޓީމް ބާސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗް 0-0 އިން އެއްވަރުވެފައިވާއިރު ދެވަނަ މެޗް 0-2 އިން ކާމިޔާބުކޮށްފައިވަނީ ރެޢާލް މެޑްރިޑެވެ.
ރޭގެ މެޗްގައި ފެނުނު ތިން ލަނޑުވެސް ފެނިފައިވަނީ މެޗްގެ ފަހު ހާފްގަ އެވެ. ރެއާލް މެޑްރިޑަށް މެޗްގައި ލީޑް ނަގައިދިން ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ތަޖްރިބާކާރު ޑިފެންޑަރު އަދި ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. މި ޕެނަލްޓީ އަކީ ރޭގެ މެޗްގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ޒުވާން ތަރި ވިނިޝިއަސް ޖޫނިއަރ އަށް ސޮސިއެޑާޑްގެ ކުޅުންތެރިއަކު ފައުލްކުރުމާއި ގުޅިގެން ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީ އެކެވެ. މެޗްގައި ރެއާލް މެޑްރިޑަށް ރާމޯސް ލީޑް ނަގައިދިންތާ ދިހަވަރަކަށް މިނެޓް ފަހުން އޭނާގެ ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ދަނޑުން ބާލައިފައިވެ އެވެ.
ރެއާލް މެޑްރިޑަށް ރޭގެ މެޗްގައި ލީޑް ފުޅާކޮށްދިން ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ މިވަގުތު ރަގަޅު ފޯމެއްގައި ހުރި ފްރާންސްގެ ތަޖްރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އެވެ. ރޭގެ މެޗްގައި ސޮސިއެޑާޑްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮބާޓޯ ލޯޕޭޒް ދިން ބޯޅައަކުން މެޗް ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް މިކެލް މެރީނޯ އެވެ.
ރޭގެ މެޗްގައި ރެއާލް މެޑްރިޑް ލަނޑެއް ޖަހައިފައިވަނިކޮށް ސޮސިއެޑާޑުން މެޗްގެ ނަތީޖާ ހަމަހަމަކުރުމާ ވަރަށް ގާތަށް ވެސް ދިޔަ އެވެ. މެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސޮސިއެޑާޑްގެ އަދްނާން ޔަނުޒާޖް އަށް ރެއާލް މެޑްރިޑްގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ލިބުނު ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލި ނަމަވެސް ރެފްރީ ނިންމައިފައިވަނީ ޔަނުޒާޖް ބޯޅަ ފޮނުވާލި ވަގުތު އޮފްސައިޑް މަގާމެއްގައި ހުރެގެން ސޮސިއެޑާޑްގެ މެރީނާ ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތިބާއު ކޯޓުއާ އަށް ހުރަސް އެޅޭ ގޮތަށް ހަރަކާތްކޮށްފައއިވާ ކަމަށެވެ.
ސޮސިއެޑާޑްން ރެއާލް މެޑްރިޑްގެ ގޯލަށް ވައްދާލި ބޯޅަ ލަނޑަކަށް ނުވުމަށް ރެފްރީ ނިންމި ނިންމުމަށް ވީއޭއާރުން ބާރުދީފައިވުމުގެ އިތުރުން ރެއާލް މެޑްރިޑުން ޖެހި ދެވަނަ ލަނޑު ގޯލަކަށް ވުމުގައިވެސް ވީއޭއާރުގެ ދައުރެއް އޮތެވެ. ރެއާލްގެ ދެވަނަ ގޯލް ބެންޒެމާ ފޮނުވާލުމުގެ ކުރިން އޭނާގެ އަތުގައި ޖެހުނު ކަމަށް ބަލައި ވީއޭއާރު ޗެކް ކުރި ނަމަވެސް އެއީ ގޯލެއް ކަމަށް ރެފްރީ ވަނީ ނިންމައިފަ އެވެ.
2012 ވަނަ އަހަރުގެ ފަހުން މިހާތަނަށް އެންމެ ފަހަރަކު ލީގު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑުން ލީގުގައި ދެން އެންމެ އަވަހަށް ކުޅޭ މެޗްގައި ބައްދަލުކުރާނީ އަންނަ ބުދަ ދުވަހުގެ ރޭ އަމިއްލަ ރަށުގައި މަލޯކާ އާ އެވެ. އޭގެ އެއް ދުވަސްކުރިން ބާސެލޯނާ އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯ އާ ދެކޮޅަށް ނުކުންނާނެ އެ
Advertisement


Leave a Reply