ފަހަތުން އަރައި މޮޅުވެ ޗެލްސީން ގަދަ ހަތަރެއްގައި ހަމަޖެހިލައިފި

Advertisement

ފަހަތުން އަރައި މޮޅުވެ ޗެލްސީން ގަދަ ހަތަރެއްގައި ހަމަޖެހިލައިފި

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އެސްޓަންވިލާ އާއި ޗެލްސީ ބައްދަލުކުރި މެޗްގައި އެސްޓަން ވިލާ އިން ލަނޑެއް ޖަހައިފައިވަނިކޮށް ފަހަތުން އަރައި ޗެލްސީން މެޗް ކާމިޔާބުކޮށްފި އެވެ. އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މި މެޗް ޗެލްސީން ކާމިޔާބުރީ 1-2 އިންނެވެ.
މިރޭ އެސްޓަން ވިލާގެ މައްޗަށް ޗެލްސީން ހޯދި ކާމިޔާބީ އާއެކު ޗެލްސީން ވަނީ 51 ޕޮއިންޓާއެކު ޓޭބަލްގެ ހަތަރުވަނައިގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މަގާމު އިތުރަށް ވަރުގަދަކޮށްފަ އެވެ. ޓޭބަލްގެ ތިން ވަނައިގައި އޮތް ލެސްޓަރ ސިޓީ އަށްވުތެ އެންމެ ތިން ޕޮއިންޓް ފަހަތުގައި ޗެލްސީ އޮތްއިރު ފަސް ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސޯީ އާ ދެމެދު އޮތް ފަރަގު މިރޭގެ ނަތީޖާ އާ އެކު ވަނީ ފަސް ޕޮއިންޓަށް އިތުރުވެފަ އެވެ. މިއިން ކޮންމެ ޓީމަކަށްވެސް ލީގުގައި ދެން ބާކީ އޮތީ އަށް މެޗެވެ.
މިރޭގެ މެޗްގައި އެސްޓަން ވިލާ އަށް ލީޑް ނަގައިދީފައިވަނީ މެޗްގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ވިލާގެ އިނގިރޭސި ޑިފެންޑަރު ކޯނޭ ހައުސޭ އެވެ. ޗެލްސީން އެ ޓީމްގެ ފުރަތަމަ ލަނޑު ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކުރީ މެޗްގެ 60 ވަނަ މިނެޓްގަ އެވެ. މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ އެމެރިކާގެ ތަރި ކްރިސްޓިއަން ޕުލިސިޗް އެވެ. ފުރަތަމަ ލަނޑު ޖެހިތާ ދެ މިނެޓްވެސް ނުވަނީސް ޗެލްސީން އިތުރު ލަނޑެއް ޖަހައި މެޗްގެ ލީޑް އަތުލި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އެވެ.
ޕްރިމިއަރ ލީގުގައި ދެން ޗެލްސީއަށް އޮތީ އުނދަގޫ މެޗެކެވެ. އަންނަ ބުދަ ދުވަހުގެ ރޭ އޮތް މި މެޗްގައި އަމިއްލަ ދަނޑުގައި އެ ޓީމު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *