ޔުނައިޓެޑުން ލީގު ޑޮމިނޭޓްކުރި ގޮތަށް ލިވަޕޫލަކަށް ނުކުރެވޭނެ: ކްލޮޕް

Advertisement

ޔުނައިޓެޑުން ލީގު ޑޮމިނޭޓްކުރި ގޮތަށް ލިވަޕޫލަކަށް ނުކުރެވޭނެ: ކްލޮޕް

ޢަބްދުﷲ އަޝްރަފް

އިނިގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން މީގެ ކުރިން ޑޮމިނޭޓްކުރި ގޮތަށް ލިވަޕޫލަށް އެކަން ތަކުރާރު ނުކުރެވޭނެ ކަމަށް އެ ޓީމްގެ ކޯޗް ޔާގެން ކްލޮޕް ބުނެފައިވެ.
އިނގިރޭސި ޕްރިމިއަރ ލީގްގެ އެއްވަނައިގައި މިވަގުތު 22 ޕޮއިންޓްގެ ލީޑަކާއެކު އޮތް ލިވަޕޫލުން ލީގު އަލުން ފެށިފަހުން ކުޅޭ ފުރަތަމަ މެޗްގައި މިރޭ ނުކުންނާނީ ރަށުން ބޭރުގައި އެވަޓަން އާ ދެކޮޅަށެވެ. 30 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ފުރަތަމަ ފަހަރަށް ލީގު ކާމިޔާބު ކުރުމާ ގާތަށް ލިވަޕޫލުން އައިސްފައިވާއިރު އެ ޓީމަށް އެންމެ ފަހުން ލީގު ކާމިޔާބުކުރެވިފައިވަނީ 1990 ވަނަ އަހަރު އެވެ. މިސީޒަންގެ ލީގު ޗެމްޕިއަންކަން ލިވަޕޫލުން ހޯދައިފި ނަމަ އެ ޓީމް ހޯދި ލީގު ތަށީގެ އަދަދު 19 އަށް އަރާނެ އެވެ. ލިވަޕޫލަށްވުރެ ގިނައިން އިނގިރޭސި ލީގުގެ ތަށި ކާމިޔާބުކޮށްފައިވާ ހަމައެކަނި ޓީމަކީ 20 ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ.
މެންޗެސްޓަރ ޔުނައިޓެޑުން މިހާތަނަށް ހޯދައިފައިވާ 20 ލީގް ޓައިޓްލްގެ ތެރެއިން 13 ޓައިޓްލް ހޯދައިފައިވަނީ 1992 ވަނަ އަހަރާއި 2013 ވަނަ އަހަރާއި ދެމެދު އެވެ.
“ތެދަށް ބުނަންޏާ އަހަރުތަކަކަށް ލީގުގައި ޑޮމިނޭޓް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. ޔުނައިޓެޑުން އެކަންކުރިއިރު އެ ޓީމްގައި އޮތީ ވަރަށް ރަގަޅު ކޮންބިނޭޝަނެއް. އާދަޔާހިލށާފް މޮޅު ކޯޗެއް އެ ކްލަބުގައި ހުރި. އަދި އެ ކްލަބުން އައީ މޮޅު ކުޅުންތެރިންނަށް ވަރަށް ރަގަޅަށް ފާރަލަމުން އަދި، ރަގަޅު ވަގުތުގައި އެ ޓީމުން އައީ ކުޅުންތެރިން ހޯދަމުން.” މިދިޔަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ލިވަޕޫލަށް ކާމިޔާބުކޮށްދިން ކްލޮޕް ބުންޏެވެ.
“އޭނަ (އެލެކްސް ފާގަސަން) އަށް ރީޕްލޭސްމަންޓްގެ ގޮތުގައި އަބަދުވެސް ލިބިފައި ހުރީ ވަރަށް މޮޅު ކުޅުންތެރިން. އެމީހުންގެ އަތުގައި ފައިސާވެސް ހުރި. ކުރިންވެސް ބުނިހެން އެމީހުންގެ އޮތީ ރަގަޅު ކޮންބިނޭޝަނެއް. އަހަރެމެންނަށް މިހާރު މިތިބަ ހިސާބަށް އާދެވިފައި މިވަނީ ރަގަޅަށް ކަންތައްތަކެއް ކުރެވިގެން. އެކަމަކު މި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި މިހާރު މިކުރާ މަސައްކަތް މިގޮތުގައި ނުވަތަ މިއަށްވުރެވެސް ރަގަޅަށް އަހަރެމެން އެބަ ކުރަންޖެހޭ.” 2016 ވަނަ އަހަރު ލިވަޕޫލްގެ ކޯޗްކަނުގެ މަގާމާއި ހަވާލުވި ކްލޮޕް ބުންޏެވެ.
“ގަބޫލުކުރޭ. އެހެން ޓީމްތައް ތިބޭނީ މަސައްކަތް ހުއްޓާލައިގެނެއް ނޫން. ޔުނައިޓެޑް އަދި އެނބުރި އަންނާނެ. ޗެލްސީން އެ އަންނަނީ ހާލަތުގެ ގޮތުން ބަޔަކު އެއް ކަމެއް ނުކުރިއަސް ޓްރާންސްފަރ ބާޒާރުގައި ކުރި ހޯދަމުން.” ކްލޮޕް އިތުރަށް ބުނެފައި ވެއެވެ.
ލިވަޕޫލަށް ލީގު ކަށަވަރުކުރުމަށްޓަކައި މިހާރު ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ. ލީގުގައި އެ ޓީމަށް އަދި ބާކީ ނުވަ މެޗް އެބަ އޮތެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *