އާސެނަލް މޮޅުވާ ކޮންމެ މެޗަކަށް 3،000 ގަސް އިންދަނީ

Advertisement

އާސެނަލް މޮޅުވާ ކޮންމެ މެޗަކަށް 3،000 ގަސް އިންދަނީ

ޢަބްދުﷲ އަޝްރަފް

ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލައިފައި އޮތުމަށްފަހު މިރޭ އަލުން ފަށާ އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް ކުޅެން ހަމަޖެހިފައިވާ މެޗްތަކުގެ ތެރެއިން މޮޅުވާ ކޮންމެ މެޗަކަށް 3،000 ގަސް އިންދަން އެ ޓީމުގެ ވައިސް ކެޕްޓަން އަދި ޑިފެންޑަރު ހެކްޓަރ ބެލެރިން ވައުދުވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން މިރޭ އަލުން ފަށަން ތައްޔާރުވެފައިވާއިރު މިރޭ އާސެނަލުން ރަށުން ބޭރުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާ ދެކޮޅަށް ނުކުންނާނެ އެވެ. އާސެނަލް އަށް މިރޭގެ މެޗާއެކު ބާކީ 10 މެޗް ކުޅެން އޮތްއިރު 40 ޕޮއިންޓާއެކު އެ ޓީމް މި ވަގުތު އޮތީ ޓޭބަލްގެ ނުވަ ވަނައިގައެވެ. ޓޭބަލްގެ ހަތަރުވަނައިގައި އޮތް ޗެލްސީ އާއި އާސެނަލް އާ ދެމެދު އަށް ޕޮއިންޓްގެ ތަފާތެއް އޮތް އިރު މިރޭގެ މެޗުން އާސެނަލަށް މޮޅެއް ލިބުމަކީ ގަދަ ހަތަރެއްގައި ހިމެނުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެކެވެ. އަދި ހަމަ މިއާއެކު މި މޮޅު ވެގެންދާނީ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާ އެއް ކަމަށްވާ ވަން ޓްރީ ޕްލާންޓެޑް އާ ގުޅިގެން ކުރަމުން އަންނަ މަސައްކަތަށްވެސް ލިބޭނެ އިތުރު ކުރިއެރުމަކަށެވެ.

“އަހަރެން ކުޑައިރު ބާސެލޯނާގައި އުޅެމުން އައިއިރު އަހަރެންގެ ކާފައާއެކު ބަގީޗާގައާއި ބިޔަ ގަސްތަކުގެ ތެރޭގައި ކުޅެން ވަތަށް ގިނަ ވަގުތުތަކެއް ހޭދަކުރިން. އެހެންވެ މިއީ އަހަރެންގެ ހިތާއި ވަތަށް ބޮޑަށް ގުޅުންހުރި ކަމެއް. ވަން ޓްރީ ޕްލާންޓެޑް އިން ކުރަމުން އަންނަ އަގުހުރި މަސައްކަތް އަހަރެންނަށް ފުރަތަމަ ފެނުމާއެކު ވެސް އަހަރެން ބޭނުންވީ އެ މީހުންނާއެކު އެކަމުގައި ބައިވެރިވާން. އަހަރެން އުއްމީދުކުރަން އަހަރެންގެ މި މަސައްކަތުގެ ސަބަބުން ދުނިޔެ އާ މެދު ސަމާލުކަންދިނުމަކީ ކިހާ މުހިއްމުކަމެއް ކަން ގިނަ ބަޔަކަށް ވިސްނޭނެ ކަމަށް. އަދި އަހަރެމެންނާ މިހާ ބޮޑަށް ގުޅުންހުރި ކަމަކަށް މީހުންގެ ވަގުތާއި ހަކަތަ ހަދިޔާ ކުރާނެކަމަށް.” ބެލެރިން ބުނެފައިވެ އެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން މުޖުތަމައަށް ކުރިމަތިވާނެ ގެއްލުމާއި، އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލައިލާ ޕްލާސްޓިކާ ގުޅޭ ގޮތުން ވަރަށް ގިނަ ފަހަރު ދިގުކޮށް ވާހަކަދައްކައިފައިވާ ބެލެރިން ފާހަގަކުރެވިފައި ވަނީ ތިމާވެށީގެ މައްސަލަތަކާމެދު އާންމުން ހޭލުންތެރިކުރުމުގައި މަޝްހޫރުކަން ހޯދައިފައިވާ ފަރާތެއްގެ ގޮތުގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *