ޑޯޓްމަންޑް މޮޅުވެ ބެޔާން މިޔުނިކަށް ބާރުބޮޑުކޮށްފި

Advertisement

ޑޯޓްމަންޑް މޮޅުވެ ބެޔާން މިޔުނިކަށް ބާރުބޮޑުކޮށްފި

ޢަބްދުﷲ އަޝްރަފް

  • ޖަރުމަނު ލީގުގައި މިރޭ ވުލްފްސްބާގް އާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ބޮރޫޝިއާ ޑޯޓްމަންޑުން ޓޭބަލްގެ އެއްވަނައިގައި އޮތް ބެޔާން މިޔުނިކަށް ބާރުބޮޑުކޮށްފިއެވެ. ރަށުން ބޭރުގައި ޑޯޓްމަންޑުން މިރޭ ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ 1-2 އިންނެވެ.މިރޭގެ މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ މޮޅަށް ކުޅެފައިވަނީ ޑޯޓްމަންޑުންނެވެ. މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ޑޯޓްމަންޑުންނެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ގޯލާއި ވަރަށް ކައިރިން ލިބުނު ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދީފައިވަނީ ރަފައެލް ގުރޭރޯ އެވެ. މިއީ މި ސީޒަންގައި ގުރޭރޯ ޑޯޓްމަންޑަށް ކާމިޔާބުކޮށްދިން 8 ވަނަ ލަނޑެވެ. ޑޯޓްމަންޑްގެ ދެވަނަ ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅުން ނުކުތް ޖޭޑަން ސަންޗޯ ދިން ބޯޅައަކުން އަޝްރަފް ހަކީމީ އެވެ. ވުލްފްސްބާގުން މެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ފެލިކްސް ކްލައުސް އެވެ.

    ޑޯޓްމަންޑުން މިރޭ ހޯދި މޮޅާއެކު އެ ޓީމާއި ޓޭބަލްގެ އެއް ވަނައިގައި އޮތް ބެޔާން މިޔުނިކާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަވީ އެވެ. އެކަމަކު މިރޭ ބެޔާން މިޔުނިކުން އަމިއްލަ ދަނޑުގައި ފްރެންކަފަޓް އާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފިނަމަ އެ ޓީމަށް އަލުން ހަތަރު ޕޮއިންޓްގެ ލީޑެއް ލިބޭނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *