ކޭއީސީ ފުޓްސަލް ޗެލެންޖް: ފައިނަލުގެ ފަހު ޖާގަ ރިވެންޖާސް އަށް

Advertisement

ކޭއީސީ ފުޓްސަލް ޗެލެންޖް: ފައިނަލުގެ ފަހު ޖާގަ ރިވެންޖާސް އަށް

ޢަލީ ޝަހީމް
އަމިގޯސް އާއި ޓައިޓަންސް ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޓައިޓަންސް ޓީމުގެ އާދަމް މިސްބާހް މޮޅު ކުޅުންތެރިޔާގެ މަގާމާ ހަވާލުވަނީ. - ފޮޓޯ: ކޭއީސީ

ކޭއީސީ ފުޓްސަލް ޗެލެންޖުގެ ފައިނަލުގެ ފަހު ޖާގަ އެފްސީ ރިވެންޖާސް އިން ހޯދައިފި އެވެ. ކޮޅުފުށި އެކުވެރި ކްލަބުން އެރަށުގެ ފުޓްސަލް ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުގައި މިރޭ އެފްސީ ރިވެންޖާސް ނުކުންނާނީ ފްރެންޑްސް އެފްސީއާ ދެކޮޅަށެވެ.

https://www.facebook.com/fahuminet/posts/2929790293709732

Advertisement

މުބާރާތުގެ ފައިނަލަށް މި ދެޓީމު ދަތުރުކުރީ ލީގު އުސޫލުން ކުޅުނު ބުރަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދި ދެޓީމުގެ ގޮތުގަ އެވެ. ފައިނަލުގެ ފަހު ޖާގަ ރިވެންޖާސް އިން ކަށަވަރުކުރީ ރޭ ކުޅުނު މެޗުގައި ޓީމް ޔުނީކްގެ މައްޗަށް 4-0 އިން ކުރި ހޯދައިގެންނެވެ. ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުގައި ޓައިޓަންސް އެފްސީ އިން 11-0 އިން އެފްސީ އަމިގޯސް ބަލިކުރިއިރު ފަހު މެޗުގައި އެފްސީ ހަބޭސްއާ ވާދަކޮށް ފްރެންޑްސް އެފްސީ ވަނީ 5-3 އިން މޮޅުވެފަ އެވެ.

https://www.facebook.com/fahuminet/posts/2930393470316081

ލީގުގެ ބުރުގެ ކުޅުން ނިމުނުއިރު އެއް ވަނަ ހޯދި ފްރެންޑްސް އެފްސީ ވަނީ ހަ މެޗުން 16 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ ލިބުނު ރިވެންޖާސް އަށް ހަ މެޗުން ލިބުނީ 13 ޕޮއިންޓެވެ. ތިން ވަނަ ލިބުނު ޓައިޓަންސް އެފްސީ އަށް ނުވަ ޕޮއިންޓް ވަނީ ލިބިފަ އެވެ. ހަތަރު ވަނަ ހޯދި ޓީމް ޔުނީކް އާއި ފަސް ވަނަ ހޯދި އެފްސީ ހަބޭސް އަށް ލިބުނީ ހަތް ޕޮއިންޓެވެ. ހަ ވަނަ އަށް ހަ ޕޮއިންޓާއެކު ޖަޒީރާ އެފްސީ ދިޔައިރު ފުލަށް ދިޔަ އެފްސީ އަމިގޯސް އަށް ލިބުނީ ދެ ޕޮއިންޓެވެ.

https://www.facebook.com/fahuminet/posts/2930805433608218

މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު ފަށާނީ މިރޭ 20:30 ގަ އެވެ. ކޭއީސީގެ ފަރާތުން ބާއްވާ މި މުބާރާތުގައި މިއަހަރު ހަތް ޓީމަކުން ބައިވެރިވި އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *