ކޭއީސީ ފުޓްސަލް ޗެލެންޖް: ފްރެންޑްސް އެފްސީ ފައިނަލަށް

Advertisement

ކޭއީސީ ފުޓްސަލް ޗެލެންޖް: ފްރެންޑްސް އެފްސީ ފައިނަލަށް

ޢަލީ ޝަހީމް
ހަބޭސް ބަލިކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރިވެންޖާސް ޓީމުގެ ސުޖާއު. - ފޮޓޯ: ކޭއީސީ

ކޮޅުފުށީ އެކުވެރި ކްލަބް (ކޭއީސީ) އިން އިންތިޒާމުކޮށްގެން މިހާރު އެރަށުގައި ކުރިއަށްގެންދާ ކޭއީސީ ފުޓްސަލް ޗެލެންޖުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ފްރެންޑްސް އެފްސީ އިން ހޯދައިފި އެވެ. އެޓީމުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ރޭ ޓައިޓަންސް އެފްސީ 5-3 އިން ބަލިކޮށް ތާވަލުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

މުބާރާތުގެ ފޯމެޓް އޮންނަ ގޮތުން ހަތް ޓީމު ވާދަކޮށް ފައިނަލުގެ ޖާގަތައް ލިބޭނީ ލީގު އުސޫލުން ކުޅޭ ބުރަށް ފަހު އެންމެ ކުރި ހޯދާ ދެޓީމަށެވެ. ރޭ މުބާރާތުގެ ތިން މެޗު ކުޅުނުއިރު ގްރޫޕް ސްޓޭޖުގެ ފަހުމެޗުތައް އަދި ފައިނަލުގެ ދެ ވަނަ ޖާގަ މިރޭ ކަށަވަރުވާނެ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެ އެވެ.

https://www.facebook.com/fahuminet/posts/2927591267262968

ރޭ ފްރެންޑްސް އެފްސީ އިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއިރު ޖަޒީރާ އެފްސީގެ މައްޗަށް ޓީމް ޔުނީކުން ވަނީ 4-2 އިން ކުރި ހޯދައި ފައިނަލަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފަ އެވެ. ރޭގެ ފަހު މެޗުގައި އެފްސީ ރިވެންޖާސް އިން ވަނީ ވާދަވެރި ކުޅުމަކަށް ފަހު އެފްސީ ހަބޭސް 4-3 އިން ބަލިކޮށްފަ އެވެ.

ރޭގެ މެޗުތަކަށް ފަހު ފްރެންޑްސް އިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ފަސް މެޗުން 13 ޕޮއިންޓް ކަށަވަރުކޮށްގެންނެވެ. ދެ ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓް ހޯދާފައިވާ އެފްސީ ރިވެންޖާސް އެވެ. ތިން ވަނައިގައި އޮތް އެފްސީ ހަބޭސް އާއި ހަތަރު ވަނައިގައި އޮތް ޓީމް ޔުނީކަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. މި ޓީމުތަކުގެ ފަހަތުން ތާވަލުގައި އުޅޭ ޓައިޓަންސް އެފްސީ އާއި ޖަޒީރާ އެފްސީ އަދި އެފްސީ އަމިގޯސް އަށް މިހާރު ވަނީ ފައިނަލަށް ދިއުމުގެ ދޮރު ބަންދުވެފަ އެވެ. ތާވަލުގެ ފަސް ވަނައިގައި އޮތް ޓައިޓަންސް އެފްސީ އާއި ހަ ވަނައިގައި އޮތް ޖަޒީރާ އެފްސީ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު ފުލަށް ދިޔައީ ދެ ޕޮއިންޓް ލިބިފައިވާ އަމިގޯސް އެވެ.

https://www.facebook.com/fahuminet/posts/2928170600538368

މުބާރާތުގެ މިރޭ ކުޅޭ ފުރަތަމަ މެޗުގައި 20:30 ގައި ޓައިޓަންސް އާއި އަމިގޯސް ވާދަކުރާއިރު 21:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ އެފްސީ ރިވެންޖާސް އާއި ޓީމް ޔުނީކް އެވެ. ލީގު ބުރުގެ ފަހު މެޗުގައި މިރޭ 22:30 ގައި އެފްސީ ހަބޭސް އާއި ފްރެންޑްސް އެފްސީ ވާދަކުރާނެ އެވެ. މިރޭގެ ތިން މެޗުގެ ތެރެއިން ފަހު ދެމެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ފްރެންޑްސް ޓީމާއެކު ފައިނަލުގައި ވާދަކުރާ ދެ ވަނަ ޓީމް އެނގިގެންދާނެ އެވެ.

https://www.facebook.com/fahuminet/posts/2928149570540471

ކޭއީސީ އިން އިންތިޒާމުކޮށްގެން ކޮޅުފުށީގައި މި މުބާރާތް ކުރިއަށްގެންދަނީ އެ ޖަމިއްޔާގެ އިސްނެގުމާއެކު އަޅާފައިވާ ޓާފް ފުޓްސަލް ދަނޑުގަ އެވެ. މިއަހަރުގެ މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ “ފަހުމިނެޓް” އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *