ކޭއީސީ ފުޓްސަލް ޗެލެންޖް: އެއް ވަނައިގައި ފްރެންޑްސް އެފްސީ

Advertisement

ކޭއީސީ ފުޓްސަލް ޗެލެންޖް: އެއް ވަނައިގައި ފްރެންޑްސް އެފްސީ

ޢަލީ ޝަހީމް
ރޭ ކުޅުނު މެޗެއްގެ ތެރެއިން. - ފޮޓޯ: ކޭއީސީ

ރޭ 6-0 އިން އެފްސީ އަމިގޯސް ބަލިކޮށް ކޮޅުފުށީ އެކުވެރި ކްލަބް (ކޭއީސީ) ފުޓްސަލް ޗެލެންޖުގެ ސަތޭކަ އިންސައްތަ ރެކޯޑް ފްރެންޑްސް އެފްސީ އިން ދަމަހައްޓައިފި އެވެ.

ފްރެންޑްސް އެފްސީގެ މެޗުގެ އިތުރުން ރޭ ވަނީ އިތުރު ދެ މެޗު ކުޅެފަ އެވެ. ރޭ އެންމެ ފުރަތަމަ ކުޅުނު މެޗުގައި އެފްސީ ހަބޭސް ވަނީ 5-2 އިން ޖަޒީރާ އެފްސީ ބަލިކޮށްފަ އެވެ. ފަހު މެޗުގައި ޓައިޓަންސް އެފްސީ ވަނީ 4-1 އިން އެފްސީ ރިވެންޖާސް އަތުން މޮޅުވެފަ އެވެ.

Advertisement

https://www.facebook.com/fahuminet/photos/a.1753563491332424/2923189347703160/?type=3&__xts__%5B0%5D=68.ARB23yLUF5tiLlyDEGoAbJATW5wPUruII6t6KKObtO0U-v8DrfCTvX4g_ldlzYB2abwN14znH_QUvihskKkYNKupigh-4FF6kWYjxQDhmDek4qvNbfvCuZOJ6IikUOKmgiiy1RbtYtCaZdre2cDofEfOBTjHzl35nKrlSRJ3iRltHpTevXhTy93aribfaHhYMiWtJoJ0_-D7AJ8tDBjzJpPrdw9CtXovsV7AMyceN6Qj4CdMSg9if4jJ6WIqGzBjcYPU9af36Pb3e5G4T5Oky6Vyar-If_kf8DPW_qyIkCPRuz4z1Q2PByZ5Qgy5dunwmII_Wgxs14fULVbgaGmAn2xJp81Z&__tn__=-R

ރޭގެ މޮޅަށް ފަހު ފްރެންޑްސް އެފްސީ އިން ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދާފަ އެވެ. މުބާރާތުގައި މިހާތަނަށް ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް އޮތީ ހަމައެކަނި އެޓީމު އަތުގަ އެވެ. އެޓީމު އެއް ވަނައިގައި އޮތްއިރު ހަތަރު މެޗުން ހޯދާފައިވާ ހަތް ޕޮއިންޓާއެކު ދެ ވަނައިގައި އޮތީ އެފްސީ ހަބޭސް އެވެ. ތިން ވަނައިގައި އޮތް އެފްސީ ރިވެންޖާސް އާއި ހަތަރު ވަނައިގައި އޮތް ޓައިޓަންސް އެފްސީ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ޖަޒީރާ އެފްސީ ތިން ޕޮއިންޓާއެކު ފަސް ވަނައިގައި އޮތްއިރު ދެ ޕޮއިންޓް ލިބިފައިވާ އެފްސީ އަމިގޯސް އޮތީ ހަ ވަނައިގަ އެވެ. ތާވަލުގެ ފުލުގައި އޮތީ ތިން މެޗުން ޕޮއިންޓެއް ލިބިފައިވާ ޓީމް ޔުނީކް އެވެ.

https://www.facebook.com/fahuminet/photos/a.1753563491332424/2923269541028474/?type=3&__xts__%5B0%5D=68.ARD24Az3Z5CDl9D5p7nahrUWEWjsFHkjZb0jIeNNvSE2SHL33UsxZmwZm4F0eMlALhxsa65MhiTMvVdfmualXvlEs1HHrZL9m28IjrUbipz6M1yPVoXpARnQb38al3QINnMIFrpybavSk9_oSW-o_zyhqdHRlHnG65vfDFzWm1WmG6IrQKZfN8xKRjpQMLKv5-LlPC8qU6ZT5D0yj55mQri8cyrtZVHiUKnP6rrxxV8q7HkG1ySs5HN7-hmnuLPE_rjU8BowzD_t9C-g0_1Sc7VfIznVax4BDFPrXL2YKwSr7qylNjqWL82Hn7zsJWTiPENfzQ4EKF4vCkQ796BIUZVJNkU8&__tn__=-R

މުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ އަމިގޯސް އާއި ޖަޒީރާ އެފްސީ އެވެ. މި މެޗު ފަށާނީ 20:30 ގަ އެވެ. 21:30 ގައި ފަށާ މެޗުގައި ޓީމް ޔުނީކް އާއި ޓައިޓަންސް އެފްސީ ވާދަކުރާއިރު 10:30 ގައި ފަށާ ފަހު މެޗުގައި ފްރެންޑްސް އެފްސީ ނުކުންނާނީ އެފްސީ ރިވެންޖާސްއާ ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ފައިނަލަށް ދަތުރުކުރާނީ ލީގު އުސޫލުން ކުޅޭ ބުރަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. މިހާރު ތާވަލު އޮތް ގޮތަށް ބަލާއިރު އެފްސީ އަމިގޯސް އާއި ޓީމް ޔުނީކަށް ފައިނަލް ދެވުމުގެ އޮތީ ހަނި ފުރުސަތެކެވެ. އެހެންނަމަވެސް ފައިނަލަށް ދިއުމުގެ ހުރިހާ ދޮރެއް އަދި އެއްވެސް ޓީމަކަށް ބަންދެން ނުވެ އެވެ.

https://www.facebook.com/fahuminet/photos/a.1753563491332424/2923252717696823/?type=3&__xts__%5B0%5D=68.ARBmqYau09e6Li_rU3xExPRA_yuul0jptrO0GQzptdZc8FVTku0BfByyjUXhQaSN9NgLsjS4KpycqTaWjH3rrnZouUVfONPjiuyZJzL9aZLN327K-xFGBZXxs1BK0sR6cc8b9cbpQ6el87WXimWE-I-d0RtSG81sg68Gduu5l6arI29929YEczBEU_koxvarMDvNbQvQQ-x3saKmJQBkIV9hMfRD3ZjWjnID3z8zbbCkqttCJkTBgge-XksqZDYhriupwW8vwoFRhyCMq-kdsv4gjLPvAZs_dRlefFzSa8p6AyW3KGbi2trVdLQCCCuPA56xhp-0_hsGYW0HSCZz2KQ9hZl4&__tn__=-R

ކޮޅުފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ ފުޓްސަލް މި މުބާރާޓުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *