ކޭއީސީ ފުޓްސަލް ޗެލެންޖް ކޮޅުފުށީގައި މިރޭ ފަށަނީ

Advertisement

ކޭއީސީ ފުޓްސަލް ޗެލެންޖް ކޮޅުފުށީގައި މިރޭ ފަށަނީ

ޢަބްދުﷲ އަޝްރަފް
މިދިޔަ އަހަރު މުބާރާތުގެ ފުޓްސަލް ކިންގުގެ މަގާމް ހޯދި ހާއްޕެ ޓްރޮފީއާ ހަވާލުވަނީ. - ފޮޓޯ: ކޭއީސީ / މ. ކޮޅުފުށި

މުލަކަތޮޅު ކޮޅުފުށީ ގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަމަށްވާ ކޭއީސީ ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތް މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ. 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގައި އަންނަ ސްކޫލް ބަންދު ހަފްތާއާ ދިމާކޮށް ކޮޅުފުށި އެކުވެރި ކްލަބް (ކޭއީސީ) ގެ ފަރާތުން ބާއްވަމުން އަންނަ ފުޓްސަލް ޗެލްންޖްގެ މިފަހަރުގެ މުބާރާތް ފަށަން ހަމަޖެހިފައިވަނީ މިރޭ 8 ޖަހާއިރު އެވެ.

ޖުމްލަ ހަތް ޓީމް ވާދަކުރާ މިފަހަރުގެ މުބާރާތް ހުޅުވާ މެޗްގައި ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވަނީ އެފްސީ ރިވެންޖާސް އާއި ޖަޒީރާ އެފްސީ އެވެ. މިރެއިން ފެށިގެން މި މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ބާއްވާ މި މުބާރާތް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ.

Advertisement

https://www.facebook.com/fahuminet/photos/a.1753563491332424/2914466805242081/?type=3&__xts__%5B0%5D=68.ARBAVi78PlNxXg72tlB7V3UtrmN5I-JCi5zFW4tUS_eJWnWGxg2PH5TEDwaXc2s7zWNoSTevfLrmWDfcXKPcKEuR7OMImfGQQXJuEFk0JGVEx0nXLmY2Yn5hYM6a988UYoUQ3gOsEIUBufGwdOyc2Q1gZ7UK1nGIa55i7rZ3FYPAc1C4TRICTQxivhsB8lOo8hUiGMsGa9SJAa3x8HHUE_CYPSWqQOnl6s8m806D4SNWQK3ptpEw26COMkmObcR3XoANP70J5jDpb7kPxqmvdt1dfEh0LiPw3qk1fBW4YzDdl2Q7Qy5026qSqLOo0RWUqh8cqSS8kcaVXW6B4rzzK2Vw1GwQ&__tn__=-R

ލީގު އުސޫލުން ކުޅޭ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއް ފަހަރު ވާދަކުރާއިރު ފައިނަލް މެޗް އޮންނަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ތިން މެޗް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން މުބާރާތާތް ހުޅުވާ މެޗަށްފަހު މިރޭ 9 ޖަހާއިރު ފަށާ ދެ ވަނަ މެޗްގައި ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވަނީ އެފްސީ ހަބޭސް އާއި އެފްސީ އަމިގޯސް އެވެ. މިރޭ ގެ ފަހު މެޗްގައި 10 ޖަހާއިރު ވާދަކުރާނީ ފްރެންޑްސް އެފްސީ އާއި ޓީމް ޔުނިކް އެވެ.

މުބާރާތުގައި ބައިވެރިވި ހަތް ޓީމުގެ ތެރެއިން މިރޭ މެޗެއް ނުކުޅޭ ހަމައެކަނި ޓީމަކީ ޓައިޓޭންސް އެފްސީ އެވެ. އެ ޓީމްގެ ފުރަތަމަ މެޗް އޮތީ މާދަމާ ރޭ 9 ޖަހާއިރު ޖަޒީރާ އެފްސީއާ ދެކޮޅަށެވެ. މުބާރާތުގައި މިރޭ ތިން މެޗް ކުޅޭ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް މާދަމާއިން ފެށިގެން ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ ހަވީރު އެއް މެޗާއި ރޭގަނޑު ދެ މެޗެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 8 ޖަހާއިރު އެވެ.

ކޮޅުފުށި އެކުވެރި ކްލަބުން “ފަހުމިނެޓް” އަށް މައުލޫމާތު ދިން ގޮތުގައި މި މުބާރާތަކީ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް މުނިފޫހިފިލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ރަށުގައި ތިބި ފުޓްސަލަށް ޝައުގުވެރިވާ ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމުގެ މަގްސަދުގައި އެ ކްލަބުން އިސްނަގައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. ރާއްޖޭގެ ފުޓްސަލްގައި މަޝްހޫރުކަން ހޯދައިފައިވާ ބައެއް ތަރިން މި މުބާރާތުގައި މީގެ ކުރިންވެސް ކުޅެފައިވާއިރު މުބާރާތުގެ ރެފްރީންގެ ގޮތުގައި ރާއްޖޭގެ ތަޖްރިބާކާރު ރެފްރީން އެ ކްލަބުން އަންނަނީ ބޭނުންކުރަމުންނެވެ. މި މުބާރާތުގެ މިދިޔަ އަހަރު ފުޓްސަލް ކިންގުގެ މަގާމް ހޯދީ މަޝްހޫރު ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ) އެވެ.

ޗެމްޕިއަން ޓީމަށް 15،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ކޮޅުފުށި އެކުވެރި ކްލަބުގެ ފަރާތުން ހަދައިފައިވާ ފުޓްސަލް ދަނޑުގައެވެ. ޓާފް އަޅައިގެން ރަގަޅު ފެންވަރަކަށް ހަދައިފައިވާ މި ދަނޑަކީ ކްލަބްގެ ފަރާތުން ބޮޑު ހޭދައެއްކޮށްގެން ހަދައިފައިވާ ދަނޑެކެވެ. މީގެ އަހަރުތަކެއް ކުރިން ބޯކޮށް ގަސް ހެދިފައި އޮތް ބިމެއް އެކުވެރި ކްލަބްގެ މެންބަރުންގެ ބުރަ މަސައްކަތުން ސާފުކޮށް އެ ބިމުގައި މިހާރު ތަރައްގީކޮށްފައިވާ ދަނޑަކީ ވަށައިގެން ފާރު ރާނައި ފެންސް ޖަހައިފައިވާ ދަނޑެކެވެ. މީގެ އިތުރުން އެ ދަނޑުގައި ޝަރަފްވެރިން ކުޅިބެލުމަށް އިށީނދެގެން ތިބުމަށްޓަކައި ރޮސްޓްރަމެއް ވެސް ވަނީ ހަދައިފަ އެވެ.

https://www.facebook.com/fahuminet/photos/a.1753563491332424/2914804011875027/?type=3&__xts__%5B0%5D=68.ARDgBIiVeCZ3Ij_DEQbdEkpJJhIY_mmH4ZTEew0GkWDkhAaUVcOtBsE9mezYXxI_Qsisuje-O2_aoBlrqNhIHkLjcjX7TJLhZ1Ked1LO3TFFyvGXoVSlCH8oGA_PxorzeZtWH0KDCr9qMzFcOV_b1B9iNSsb0sGE49FhEbuE1pDyNsiaT1v4zKC3pBl53AFdS52NQl-qwPQPCqoS-Ip6FYwYTh9E3tvE0eGWKh3Le5rcF2WzbhAt9eYHbDS1WrRVtJ89IcD_I3SnFghyMPRvEqZYIKMq1TczKceln1CZtA9XvatUGJsxilN8Lw9BjX5ZrwHrA5AwgFL9IuE3R3lX2eAaQW6k&__tn__=-R

ކޮޅުފުށީ އެކުވެރި ކްލަބްގެ ފަރާތުން މިރެއިން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ރަށުގައި ފުޓްސަލް މުބާރާތެއް ކުރިއަށްގެންދާއިރު ރަށުގެ އަންހެނުންނަށް ހާއްސަކޮށްގެން ވޮލީބޯޅަ މުބާރާތެއްވެސް މިހަފްތާގެ ތެރޭގައި ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މާދަމާ ހެނދުނު ފަށާ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި ތިން ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ވީސީ ބްލޮކާސްގެ އާއި ޓީމް އެކަތަގެ އިތުރުން އައިލެންޑާސް ކުއީން އެވެ.

ކޭއީސީ ވޮލީބޯލް ޗެލެންޖްގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތް ހުޅުވުމުގެ ގޮތުން މާދަމާ ހެނދުނު 07:30 ގައި ފަށާ މެޗްގައި ބައްދަލުކުރާނީ ވީސީ ބްލޮކާސް އާއި ޓީމް އެކަތަ އެވެ. ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްފަހަރު ބައްދަލުކޮށްގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުވާ ގޮތަށް މުބާރާތް ރާވައިފައިވާއިރު ފައިނަލްގެ ފަހު ޖާގަ ލިބޭނީ ދެން އޮތް ދެ ޓީމް އިތުރު މެޗެއް ކުޅުމަށް ފަހު އެ މެޗް ކާމިޔާބުކުރާ ޓީމަކަށެވެ. މި މުބާރާތުގެ ފައިނަލް މެޗް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.

https://www.facebook.com/fahuminet/photos/a.1753563491332424/2915367538485341/?type=3&__xts__%5B0%5D=68.ARD5pbVP8YmJn97CSIFuYobTudgbgsFe65uh393aZg0lMliZBrh1vKl58PJkjEoHmfONsH0C0pbwvhKnnj-_NIdciKQEkxg5nB1KM-LsOuJR04khNxjYNGMKEiDbj2JWtnLtH-UT7_OtDtiRvyvlGjeXziESCDXdL_8CegfmhAyH_-_uZnatkDQZ09-FJEtBYKWcaMUb0DgIzstY1-8V7Po8-9ss7YM_E0TakmRXps80IiHSIRlF5m58bfQfbqvJioqUGbtlR_m2aDcHppM4mLluhhTFTv6W4_PoJ8EFB1A3Mk56ZuUu6yyXiq-482pt88MydLV26OKGkTFcvQpH222DKSFV&__tn__=-R

ރަށުގެ ތަރައްގީ އަށާއި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރުމުގެ މަގްސަދުގައި 2004 ވަނަ އަހަރު އުފެއްދި ކޮޅުފުށީ އެކުވެރި ކްލަބުން ރަށުގައި ގާއިމްކޮށްފައިވާ ފުޓްސަލް ދަނޑުގެ އިތުރުން އެ ކްލަބްގެ ފަރާތުން ވަނީ ރަށުގައި ވޮލީ ކޯޓެއްވެސް ހަދައިފައެވެ.

ކުޅިވަރަށް ހިދުމަތްކުރުމުގެ އިތުރުން ކޮޅުފުށި އެކުވެރި ކްލަބްގެ ފަރާތުން ވަނީ ރަށުގެ ތަރައްގީއަށް މި ވޭތުވެދިޔަ 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ރަށުގައި ކުޑަކުދިންގެ ޕާކެއް ގާއިމްކުރުމާއި، ސުނާމީގައި ވެއްޓުނު، ރަށުގެ މިސްކިތެއްގެ ވަށާފާރު ރޭނުމާއި، މިސްކިތުގައި އިސްކުރުބަރި ހެދުމުގެ އިތުރުން މިސްކިތުގައި ކާޕެޓް އެޅުން ފަދަ އެތައް މަސައްކަތެއް އެކުވެރި ކްލަބްގެ ފަރާތުން ވަނީ ކޮށްފަ އެވެ. މިހާރު ކްލަބްގެ ފަރާތުން ރަށުގެ ތަރައްގީއަށްޓަކައި ކުރަމުން އަންނަ އެއް މަސައްކަތަކީ ރަށު ސްކޫލްގެ ބެލެނިވެރިން ސްކޫލް ދޮށަށް ގޮސް މަޑުކޮށްލުމަށްޓަކައި ވެއިޓިން އޭރިއާއެއް ހެދުމުގެ މަސައްކަތެވެ. މި މަސައްކަތް އެ ކްލަބުން ކުރަމުން އަންނަނީ ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު އެވެ.

ކޭއީސީ ފުޓްސަލް ދަނޑު: މިއީ ކުޅިވަރަށް ހިދުމަތް ކުރުމުގަައި ނަމޫނާ އެއް

ކޭއީސީ ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ. މި ނޫހުގެ ފަރާތުން މުބާރާތުގެ ހުރިހާ މެޗެއްގެ ހަބަރާއި ފޮޓޯ ކޮންމެ ދުވަހަކު ވެސް ގެނެސްދެވޭނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *