މެންޗެސްޓާ ޔުނައިޓެޑްގެ އާމްދަނީ ދަށަށް، ހައްލަކީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުން

Advertisement

މެންޗެސްޓާ ޔުނައިޓެޑްގެ އާމްދަނީ ދަށަށް، ހައްލަކީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުން

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑަށް މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެމްބަރު މަހާއި ހަމައަށް ލިބުނު އާމްދަނީ 12 އިންސައްތަ ދަށަށް ހިނގައްޖެ އެވެ. މި ކަމުގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ބެލެވެނީ މިފަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅެމުން ނުދިއުމެވެ. މިދިޔަ އަހަރުގެ ފަހު ހަ މަސް ދުވަހުގެ ތެރޭގައި ކްލަބަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 303.8 މިލިއަން ޕައުންޑެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި މިހާތަނަށް 20 ފަހަރު ހޯދައިފައިވާ މެންޗެސްޓާ ޔުނައިޓެޑަށް މިދިޔަ އަހަރުގެ ފަހު ހަމަސް ދުވަހު ލިބުނު ޖުމްލަ އާމްދަނީގެ މިންވަރު ދަށްވި އިރު ބްރޯޑްކާސްޓްކޮށްގެން ލިބުނު އާމްދަނީވެސް ވަނީ 33 އިންސައްތަ ދަށަށް ގޮސްފަ އެވެ. އެކަމަކު ކްލަބުން ކުރަމުން އަންނަ ވިޔަފާރިއާ ގުޅޭ އެކި މުއާމަލާތު ތަކުން ލިބުނު އާމްދަނީ 6.5 އިންސައްތަ އިތުރުވިއިރު މެޗްތައް ބަލަން ދަނޑަށް ވަންނަ ސަޕޯޓަރުންގެ ފަރާތުން ލިބުނު އާމްދަނީ ވަނީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން އުއްމީދުކުރާ ގޮތުގައި މިއަހަރު އެ ކްލަބަށް އާމްދަނީގެ ގޮތުގައި 560 މިލިއަން ޕައުންޑާއި 580 މިލިއަން ޕައުންޑާ ދެމެދުގެ އަދަދެއް ލިބޭނެ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އެގްޒެކެޓިވް ވައިސް ޗެއާޕާސަން އެޑް ވުޑްވާޑް ބުނެފައިވަނީ ކްލަބްގެ ސްކޮޑް އަލުން ބިނާކޮށް ވަރުގަދަކުރަމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި ކުރިއެރުން ތަކެއް ކްލަބަށް ހޯދިއްޖެ ކަމަށެވެ. ވުޑްވާޑް އިތުރަށް ބުނެފައިވާ ގޮތުގައި ކްލަބުން ދިގު މުއްދަތުގައި ހާސިލްކުރަން މިހާރު އަމާޒު ހިފާފައިވާ ކާމިޔާބީތައް ހާސިލް ކުރުމުގައި ކްލަބަށް އަލަށް ގެނެސްފައިވާ ކުޅުންތެރިންނާއި ކްލަބުގެ އެކެޑަމީން ޓީމާ ގުޅުނު ކުޅުންތެރިން ވަނީ ރަގަޅު ބިންގަލެއް އަޅައިދީފައި ކަމަށެވެ.

މިދިޔަ އަހަރުގެ ފަހު ހަ މަސް ދުވަހުގެ އާމްދަނީ ދަށްވި ކަމުގައި ވިޔަސް އަންނަ ސީޒަންގައި އެކަން ހައްލުކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ވުޑްވާޑް ބުނެފައިވެ އެވެ.

“އަހަރެމެން މިހާރު މި މަސައްކަތް ކުރަނީ މިފަހަރުގެ ސީޒަންގައި ރަގަޅު މަގާމެއްގައި އޮވެ ޕްރިމިއާ ލީގުގެ އިތުރުން ޔޫރޮޕާ ލީގާއި އެފްއޭކަޕް ވެސް ނިންމާލެވޭތޯ.” ކްލަބްގެ ޓްރާންސްފާގެ ކަންތައްތައް ބެލެހެއްޓުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރައްވާ ޑް ވުޑްވާޑް ބުނެފައިވެ އެވެ.

އާމްދަނީ ދަށްވި ނަމަވެސް އޭގެ ކުރިން ނިމިގެންދިޔަ އަހަރަކީ ޔުނައިޓެޑަށް ރެކޯޑް އަދަދަކަށް އާމްދަނީ ލިބުނު އަހަރެކެވެ. އެ ގޮތުން އެ އަހަރުގެ ތެރޭގައި ކްލަބަށް ލިބުނު އާމްދަނީ 627 މިލިއަން ޕައުންޑަށް އަރައި އެންމެ ގިނައިން އާމްދަނީ ލިބުނު ތިން ކްލަބްގެ ތެރޭގައި އެ ކްލަބް ހިމެނުނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *