ކުއީންސް އިން ގައުމީ ބާސްކެޓްބޯޅަ ލީގު ކާމިޔާބުކޮށްފި

Advertisement

ކުއީންސް އިން ގައުމީ ބާސްކެޓްބޯޅަ ލީގު ކާމިޔާބުކޮށްފި

ޢަލީ ޝަހީމް
ޗެމްޕިއަންކަން ހޯދި ކުއީންސް ޓީމުގެ ކުޅުންތެރިއަކަށް އެލީޓް ޓީމުން މަރުހަބާ ކިޔަނީ. - ފޮޓޯ: ބާސްކެޓްބޯޅަ އެސޯސިއޭޝަން / އަބްދުﷲ އަބީދު

ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 14 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސް ބާސްކެޓްބޯލް ކްލަބުން ކާމިޔާބުކޮށްފި އެވެ. އެޓީމުން ޗެމްޕިއަންކަން ކަށަވަރުކުރީ ރޭ ކުޅުނު މެޗުގައި އެލީޓް ސްޕޯޓްސް ކްލަބް 45-82 އިން ބަލިކޮށްގެންނެވެ.

ފަސް ޓީމުން ވާދަކުރި ލީގުގެ ޗެމްޕިއަންކަން 16 ޕޮއިންޓާއެކު ކުއީންސް އިން ހޯދިއިރު ދެ ވަނަ ލިބުނު އެލީޓަށް ލިބުނީ 14 ޕޮއިންޓެވެ. ތިން ވަނަ ޓީމަކަށް 12 ޕޮއިންޓާއެކު ބެންޗް ސްޕޯޓްސް ކްލަބް ހޮވުނުއިރު ހަތަރު ވަނަ ލިބުނީ 10 ޕޮއިންޓާއެކު ޓީރެކްސް އެކެޑަމީ އަށެވެ. ކުއީންސް އިން ޗެމްޕިއަންކަން ކަށަވަކުރީ މުބާރާތުގައި ކުޅުނު އަށް މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. އެޓީމާ އެންމެ ގާތުން ވާދަކުރި އެލީޓް ވަނީ ކުއީންސް ވާދަކުރި ދެ މެޗުން ވެސް ބަލިވެފަ އެވެ.

ޗެމްޕިއަންކަން ހޯދި ކުއީސް ޓީމު ތައްޓާއެކު. – ފޮޓޯ: ބާސްކެޓްބޯޅަ އެސޯސިއޭޝަން / އަބްދުﷲ އަބީދު

ރޭގެ މެޗުގައި ކުއީންސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ގައުމީ ޓީމުގެ ކުޅުންތެރިޔާ ފާތިމަތު ރިޝްމާ (ރިޝްޓޯ) އެވެ. ރިޝްޓޯ 22 ޕޮއިންޓް ކުއީންސް އަށް އެއްކޮށްދިންއިރު އެލީޓަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ނުވަ ޕޮއިންޓް އެއްކޮށްދިން އައިޝަތު އިނާޝާ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ކުއީންސްގެ ތިން ކުޅުންތެރިން ވަނީ ހިމެނިފަ އެވެ. އެއީ އެޓީމުގެ ފާތިމަތު ޝައިލާން އަފްޒަލާއި އައިޝަތު ރީމާގެ އިތުރުން އިސްރާއު އަބްދުލް ޝުކޫރު އެވެ. ގަދަ ފަހެއްގައި ދެން ހިމެނުނީ އެލީޓްގެ އައިމިނަތު ޝިއުރާ އަބްދުލް ބާރީ އަދި ބެންޗް ޓީމުގެ ހުސްނާ މުހައްމަދު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޮޅު ކުޅުމެއް ދެއްކި ކުއީންސް ރިޝްޓޯ އެވެ.

މުބާރާތުގައި ދެން ކުރިއަށް ދާނީ ފިރިހެން ޑިވިޝަނުގެ ލީގު މެޗުތަކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *