އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލެއްވީ ބައްސާމް އެކަނި

Advertisement

އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލެއްވީ ބައްސާމް އެކަނި

ޢަލީ ޝަހީމް
އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް

އަންނަ މަހު 20 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލެއްވީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް އެފްއޭއެމުން ބުނެފި އެވެ. އިއްޔެގެ ނިޔަލަށް އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރުމުގެ ފުރުސަތު ބަންދުވިއިރު ކުރިމަތިލެއްވީ ބައްސާމް އެކަނިކަން ހާމަކުރީ މިއަދު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެފްއޭއެމްގެ އެކްސްކޯގެ ނިންމެވުމާއެކު އާ އިންތިހާބު 45 ދުވަސްތެރޭގައި ބާއްވާނެކަން އިއުލާންކުރީ ފެބްރުއަރީ ހަތަރު ވަނަ ދުވަހު ބައްސާމް ކުރެއްވި ޓްވީޓެއްގަ އެވެ. އަދި، ހަމަ އެ ދުވަހު އެފްއޭއެމުން ވަނީ ރައީސް ކަމަށް ކުރިމަތިލައްވަން ޝައުގުވެރިވަޑައިގަންނަވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލިކަން ހާމަކޮށް ގެޒެޓުގައި އެކަން އިއުލާންކޮށްފަ އެވެ. ވާދަކުރުމަށް ލިޔެކިއުން ހުށަހަޅަންޖެހޭ ސުން ގަޑިއަކީ އިއްޔެގެ މެންދުރު 2 ޖަހާއިރު އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ އަސާސީ ގަވާއިދުގައިވާ ޝަރުތު ހަމަވާގޮތަށް ރައީސް ކަމުގެ މަގާމަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅާފައިވާނީ ހަމައެކަނި ބައްސާމް ކަމަށެވެ.

ޖަވާ ވިދާޅުވީ ހުށަހެޅުއްވި ލިޔެކިއުންތަކުގައި ބައްސާމް ރައީސް ކަމަށް އައްޔަންކުރުމަށް ފުރަތަމަ ޑިވިޝަނުގެ ހަ ކްލަބަކާއި ދެ ވަނަ ޑިވިޝަނުގެ ތިން ކްލަބަކުން ތާއިދުކޮށްފައިވާކަމަށެވެ. ބައްސާމަށް ތާއީދުކުރި ފުރަތަމަ ޑިވިޝަނުގެ ހަ ކްލަބަކީ، މާޒިޔާ، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ އަދި ކްލަބް ގްރީން ސްޓްރީޓްސް އެވެ. ދެ ވަނަ ޑިވިޝަނުން ބައްސާމަށް ތާއިދުކުރި ތިން ކްލަބަކީ ޖޭޖޭ ސްޕޯޓްސް ކްލަބާއި ކްލަބް ޕީކޭ އަދި މިހާރު ފުރަތަމަ ޑިވިޝަނަށް އަލުން ކޮލިފައިވެފައިވާ ކްލަބް ވެލެންސިއާ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޖަވާ ވަނީ ބައްސާމްގެ ޓީމުގެ މެމްބަރުންގެ ނަންތައް ވެސް އިއުލާންކުރައްވައިފަ އެވެ. ބައްސާމްގެ ދަށުން ސީނިއާ ވައިސް ޕްރެޒިޑެންޓަކަށް އަލީ އުމަރުގެ ނަން ހުށަހަޅާފައިވާއިރު ވައިސް ޕްރެޒިޑެންޓަކަށް ހަމަޖައްސަން ނިންމާފައިވަނީ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ. އެކްސްކޯގައި ތިއްބަވާ ހަ މެމްބަރުންނަކީ، އަހުމަދު ޝަކީބް، މުހައްމަދު ޝިފާއު، އައިމިނަތު ޝާނީޒް، ކްލަބް އީގަލްސްގެ މުފާވިޒް ހާޝިމް، އަހުމަދު ރަޝީދު އަދި މުއާވިޔަތު ހަލީމް އެވެ.

ރައީސް ކަމަށް ވާދަކުރުމުގެ ސުން ގަޑި މީޑިއާތަކަށް ނޭނގޭކަމަށް ބުނެ ނޫސްވެރިއަކު ސުވާލުކުރުމުން ޖަވާ ވިދާޅުވީ އެ އިދާރާއިން އިންތިހާބުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަނީ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތަށް ކަމަށާއި، އެކަން ކުރީ ވަރަށް ދެފުށް ފެންނަ ގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

“އޭއެފްސީގެ ބޭފުޅުންގެ ބެއްލެވުމުގެ ދަށުން މި ހުރިހާ ކަމެއް ކުރަމުންދިޔައީ. އަސާސީ ޤަވާއިދުގައި ޓައިމްލައިންތަކެއް އެބަހުރި. އިންތިހާބު ބާއްވާނެ ޓައިމްލައިންތަކެއް. ކެންޑިޑެސީއަށް ހުށަހަޅާ ޓައިމްލައިންތަކެއް ވެސް އެބަހުރި. އިއުލާން ކުރުމުގައި ވެސް ޓައިމްލައިންތަކެއް އެބަހުރި. އެހެންވީމާ. އަޅުގަނޑުމެން ދެކޭގޮތުގައި މި ފޮލޯ ކުރަމުން ދަނީ އަސާސީ ގަވާއިދަށް” ނޫސްވެރިއެއް ކުރިމަތިކުރުވި ސުވާލަށް ޖަވާބުދެއްވަމުން ޖަވާ ވިދާޅުވި އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *