ފޯކައިދޫ ދޫކޮށް ނިސްތާރު ގްރީން ސްޓްރީޓްސް އަށް

Advertisement

ފޯކައިދޫ ދޫކޮށް ނިސްތާރު ގްރީން ސްޓްރީޓްސް އަށް

ޢަލީ ޝަހީމް
ގްރީން ސްޓްރީޓްސްގެ ކޯޗަކަށް މިރޭ ހަމަޖެއްސި ނިސްތާރު. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ށ. ފޯކައިދޫ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ދޫކޮށް އަލީ ނިސްތާރު މުހައްމަދު ކްލަބް ގްރީން ސްޓްރީޓްސްގެ ހެޑް ކޯޗުކަމާ މިރޭ ހަވާލުވެއްޖެ އެވެ. ގްރީން ސްޓްރީޓްސް އިން ވަނީ މީގެ އިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި އެޓީމުގެ ހެޑް ކޯޗަކަށް ނިސްތާރު ހަމަޖެއްސިކަން އިއުލާންކޮށްފަ އެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމް ހުސްވީ ދިރާގު ދިވެހި ޕްރިމިއާ ލީގަށް ފަހު އަލީ ސުޒޭނާ އެކު ހަދާފައިވާ އެއްބަސްވުން ދެފަރާތުން މަޝްވަރާ ކުރުމަށް ފަހު އުވާލުމުންނެވެ. ގްރީން ސްޓްރީޓްސް އިން ވަކިވުމަށް ފަހު ސުޒޭން މިހާރު ވަނީ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވެފަ އެވެ.

Advertisement

ނިސްތާރު ފޯކައިދޫ ފުޓްބޯޅަ ޓީމާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި 10 ޓީމުގެ ތެރެއިން ފޯކައިދޫ ނިންމާލީ ހަތް ވަނައިގަ އެވެ. މި ސީޒަނުގެ ލީގުގައި ނިސްތާރު ވަނީ ގޮންޖެހުންތަކާ އެކު ފޯކައިދޫ ޓީމަށް ލީގުގެ ހަ ވަނަ ހޯދައިދީފަ އެވެ. ނިސްތާރު ފޯކައިދޫގެ ކޯޗުކަން ދޫކޮށްލުމުން އެޓީމުން ވަނީ އޭނާގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރަމުން އައި އިސްމާއީލް އާސިފް (އާސިއްޕެ) އާއި ފޯކައިދޫގެ ހެޑް ކޯޗުކަން ހަވާލުކޮށްފަ އެވެ. އާސިއްޕެ ކޯޗުކަމުގައި ފޯކައިދޫ ސީޒަނުގައި ވާދަކުރާނީ އެފްއޭ ކަޕްގަ އެވެ. އެފްއޭ ކަޕްގައި އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ފޯކައިދޫ ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
https://www.facebook.com/ClubGreenStreets/photos/a.619267088109277/2683740844995214/?type=3&__xts__%5B0%5D=68.ARBbHN4riLDN4G5OKXiGCjDAtOyxp-mcL62xE7v500y-2pX2BwN3FGnPJOaplxlj6y9t_fH_4YjSUJ4LNlsg7MQwn3uFh4tToDSOL_aet4c6WRHVEbssKfOxI3zt3Pm6uiNqqqY5CPKFzsdqoeLa7g_IcFvt4HgRE7Z-2mVHoVdgjGJBLhU87XAjiluSr8NudwVdXRrmdoI7nERU8IUJrVbSRYL_FbVeZDVk1640GdYM7msimOItM1SUDf34LwoV90Jk7YBE3iqIkHtFWQpJZs2K_x1Ew7X9fFGA5uRo2cosNNIX1be6J2eEeC7YGX2nTbnO08AMgKTJZXROtazbuKkTeQ&__tn__=-R
ގްރީން ސްޓްރީޓްސްއާ އެކު ނިސްތާރަށް މި ސީޒަނުގައި ބާކީ އޮންނާނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕެވެ. ގްރީން ސްޓްރީޓްސްއާ އެކު ނިސްތާރުގެ ފުރަތަމަ ޗެލެންޖަކަށް ވާނީ އެފްއޭ ކަޕްގައި އަންނަ މަހުގެ ހަ ވަނަ ދުވަހު މާޒިޔާއާ ދެކޮޅަށް ނުކުންނަ މެޗެވެ. ނިސްތާރު ވަނީ މި ސީޒަނުގެ ލީގުގެ ފުރަތަމަ ބުރުގައި ފޯކައިދޫ ކޮޅަށް ގަދަފަދަ މާޒިޔާއިން ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓައިފަ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ ލީގުގެ ތިން ވަނަ ލިބުނު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

އާލީ ޓަޗް ފުޓްބޯޅަ އެކެޑަމީން ކޯޗިން ކެރިއަރު ފެށި ނިސްތާރު އޭގެ ފަހުން ވަނީ އީގަލްސްގެ 21 އަހަރުން ދަށުގެ ޓީމާއި ސީނިއާ ޓީމުގެ ކޯޗިން ޓީމުގައި މަސައްކަތްކޮށްފަ އެވެ. އީގަލްސްގައި މަސައްކަތް ކުރުމަށް ފަހު އިހުސާން އަބްދުލްގަނީ (ސާންތީ) ގެ ކޯޗުކަމުގައި ކުޅެމުންދިޔަ 14 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ނިސްތާރު ފެނުނެވެ. އަދި، މިހާރު ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އާއެކު ބީޖީ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބުގައި 2017 ވަނަ އަހަރު ނިސްތާރު ވަނީ މަސައްކަތްކޮށްފަ އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފޯރި އަތޮޅުތަކުގައި ހިފުމާއެކު ނިސްތާރަށް ވަނީ ރާއްޖޭގެ ރަށްތަކުން ކޯޗުކަން ކުރުމުގެ ފުރުސަތު ލިބިފަ އެވެ. މިގޮތުން ގއ. ކޮނޑޭ ޓީމަށް ނިސްތާރު ވަނީ 2017 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި އިރުޝާދުދީފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ލީގުގައި ނިސްތާރު އެންމެ ފުރަތަމަ ކޯޗުކޮށްދިނީ 2017 ވަނަ އަހަރު އއ. މާޅޮސް ފުޓްބޯޅަ ޓީމަށެވެ. އެ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މާޅޮސް ޓީމާއެކު ނިސްތާރު ވެގެންދިޔައީ ފުރަތަމަ ޑިވިޝަނުގެ ޓީމެއް އަތުން އެންމެ ފުރަތަމަ މޮޅު ހޯދި ކޯޗަށެވެ. މާޅޮހުން ވަނީ އެފަހަރު ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ.

މާޅޮސް ޓީމަށް 2018 ވަނަ އަހަރުގެ ޒޯން ފައިނަލް ބުރުގައި އިރުޝާދުދިން ނަމަވެސް އެޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުން ނިސްތާރު ފޯކައިދޫ އަށް ބަދަލުވީ އެ ސީޒަނުގަ އެވެ.

ފޯކައިދޫގައި ހޭދަކުރި މުއްދަތުގައި މާލީ ބޮޑެތި މައްސަލަތައް ކުރިމަތިވި ނަމަވެސް ނިސްތާރު ވަނީ އެޓީމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ނިސްތާރު ގްރީން ސްޓްރީޓްސްއާ ހަވާލުވިއިރު އެޓީމަށް ވެސް ވަނީ މި ސީޒަނުގައި މާލީ މައްސަލަތައް ދިމާވެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *