ބައްޕަ އާއި ކާފަ އަށް ފަހު މިލާނުން ރޭ ފެނުނީ ދަރިފުޅު!

Advertisement

ބައްޕަ އާއި ކާފަ އަށް ފަހު މިލާނުން ރޭ ފެނުނީ ދަރިފުޅު!

ޢަބްދުﷲ އަޝްރަފް
ޑެނިއެލް މަލްޑީނީ (ކ) އަދި އޭނާގެ ބައްޕަ އާއި ކާފަ.

އިޓަލީގެ މަޝްހޫރު ޑިފެންޑަރު ޕައޮލޯ މަލްޑީނީގެ ދަރިފުޅު ޑެނިއެލް މަލްޑީނީ އުމުރުން 18 އަހަރުގައި އޭނާގެ ބައްޕަ ކުޅުނު ކްލަބް ކަމަށްވާ އޭސީ މިލާނަށް ފުރަތަމަ ފަހަރަށް އިޓާލިއަން ލީގުގެ މެޗެއް ކުޅެފި އެވެ. އޭސީ މިލާންގެ ޖާޒީގައި ސީނިއާ ޓީމަށް ޑެނިއެލް ކުޅުނު ފުރަތަމަ ލީގު މެޗްގައި ހެލަސް ވެރޯނާއާ ވާދަކޮށް އެޓީމް ވީ 1-1 އިން އެއްވަރެވެ.

ޑެނިއެލް އަކީ ޕައޮލޯ މަލްޑީނީގެ ދަރިއަކަށްވުމުގެ އިތުރުން އޭނާ އަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރުގެ ގޮތުގައި ބެލެވޭ ސެޒާ މަލްޑީނީގެ ކާފަ ދަރިއެކެވެ. އެކަމަކު ޕައޮލޯ މަލްޑީނީ އާއި ސެޒާ މަލްޑީނީ އަކީ މޮޅު ދެ ޑިފެންޑަރުންނަށް ވީ ނަމަވެސް ޑެނިއެލް ކުޅެމުން އަންނަނީ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގަ އެވެ.


ޑެނިއެލް މަލްޑީނީގެ ކާފަ ސެޒާ މަލްޑީނީ އޭސީ މިލާނާއެކު ހަތަރު ލީގު ޓައިޓްލް ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ ދެ ފަހަރެއްގެ މަތިން މިލާންގެ ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފަ އެވެ.

ސެޒާ އަށްވުރެ އޭނާގެ ދަރިފުޅު ޕައޮލޯ މަލްޑީނީގެ ރެކޯޑްތައް މާ ފުރިހަމަ އެވެ. އިޓާލިއަން ލީގުގައި 647 މެޗް ކުޅެގެން އެންމެ ގިނަ މެޗް ލީގުގައި ކުޅުނު ކުޅުންތެރިޔާގެ ޝަރަފް ޕައޮލޯ މަލްޑީނީގެ އަތުގައި އޮތް އިރު އޭނާ ވަނީ އޭސީ މިލާންގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ހަތް ފަހަރު އިޓާލިއަން ލީގު ކާމިޔާބުކުރުމުގެ އިތުރުން ފަސް ފަހަރު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު