ގްރީން ސްޓްރީޓްސް ހޯދި މޮޅާ އެކު ހުރިހާ މަގާމެއް ކަށަވަރުވެއްޖެ

Advertisement

ގްރީން ސްޓްރީޓްސް ހޯދި މޮޅާ އެކު ހުރިހާ މަގާމެއް ކަށަވަރުވެއްޖެ

ޢަލީ ޝަހީމް
ފޯކައިދޫގެ ކެޕްޓަން ފަޒީލް އަތުން ބޯޅަ ހޯދަން ދެ ގޯލު ޖެހި އުމެއިރު މަސައްކަތް ކުރަނީ. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ށ. ފޯކައިދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅެ 2-0 އިން ކްލަބް ގްރީން ސްޓްރީޓްސް މޮޅުވުމުން އެޓީމަށް ލީގުގެ ހަތަރު ވަނަ ޔަގީންވެއްޖެ އެވެ. އަދި، ލީގުގައި ކޮންމެ ޓީމަކަށް ބާކީ މެޗެއް އޮއްވައި ގަދަ 6 ޓީމު ރޭ ވަނީ ތަރުތީބުވެފަ އެވެ.
https://www.facebook.com/fahuminet/photos/a.1753563491332424/2838493872839375/?type=3&__xts__%5B0%5D=68.ARDZCjOBz72XYhvmlfC1KP14lw0yn__UlPOkQpCgSveHzRT4RL2PsA0xAeJohs9hTJWa8g4yrT8R078n8NJMLabFU3_FsheYk3aIqnPaevZmvPO5Piw9XDA18bZ0FvmbvYDrd3g7QyDu04sQk-ljvSSLNZNc5LdS0W0654rmBGrxkvFhJXviF-TSg4WBbTojF4Y3eLpM_BiC6VmRYoomJ0OnE-aJqfIrv4YYrCHDyro2CfoC_EIs4hS3_ry6n18O-FWC-4h12-xOjMTEJxL7xhaA-8NO-JbVCRmlPPzQ4NjN3GeBW0znD4hwsjvIip9Q8cQnhnrANBcdDZ4-BX9F3qemLMvN&__tn__=-R

ކޮންމެ ޓީމަކުން 20 މެޗު ކުޅެފައިވާއިރު ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 51 ޕޮއިންޓާއެކު އެވެ. ދެ ވަނަ ލިބުނު ކްލަބް އީގަލްސް 42 ޕޮއިންޓް ހޯދިއިރު ތިން ވަނަ ހޯދި ޓީސީ އޮތީ 38 ޕޮއިންޓުގަ އެވެ. ލީގުގެ ހަތަރު ވަނަ ގްރީން ސްޓްރީޓްސް އިން ޔަގީންކުރީ 29 ޕޮއިންޓް ހޯދައިގެންނެވެ. ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް 24 ޕޮއިންޓާއެކު ފަސް ވަނަ ލިބުނުއިރު ހަ ވަނަ ލިބުނީ 20 ޕޮއިންޓް ހޯދި ފޯކައިދޫއަށެވެ. ލީގުގައި ބާކީ އޮތް ތިން މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ތާވަލަށް ބަދަލެއް ނާންނާނެ އެވެ.

Advertisement

ލީގުގެ ފުރަތަމަ ދެ ބުރުގައި ނުވަ ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. އެކަމަކު އެފްއޭއެމުން ވަނީ މާލީ އަދި އެހެނިހެން މައްސަލަތަކުގައި ވިކްޓްރީ ސްޕޯޓްސް ކްލަބް ވަނީ ލީގުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުން ސަސްޕެންޑްކޮށްފަ އެވެ. ލީގުގެ ތިން ވަނަ ބުރުގައި ވާދަކުރީ ދެ ވަނަ ބުރުން އެންމެ ކުރި ހޯދި ހަ ޓީމެވެ. ވިކްޓްރީގެ އިތުރުން ތިން ވަނަ ބުރުން ފުރުސަތު ނުލިބުނީ 16 މެޗުން 16 ޕޮއިންޓް ލިބުނު ޔުނައިޓެޑް ވިކްޓްރީ އަށާއި 16 މެޗުން 14 ޕޮއިންޓް ލިބުނު ފ. ނިލަންދޫ ސްޕޯޓްސް ކްލަބަށެވެ. ވިކްޓްރީ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.
ރޭގެ މެޗުގައި ގްރީން ސްޓްރީޓްސްގެ ދެ ގޯލު ވެސް ޖެހީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މުހައްމަދު އުމެއިރު އެވެ. 25 ވަނަ މިނެޓުގައި އޭރިޔާ ބޭރުން އުމެއިރު ވާތުފައިން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ. 58 ވަނަ މިނެޓުގައި އުމެއިރު ދެ ވަނަ ގޯލު ޖެހީ އަބްދުﷲ ޔާމީން (ޔާން) ތަނަވަސްކޮށްދިން ފުރުސަތެއްގައި ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އުމެއިރު ގޯލު ޖެހުމަށް ފަހު. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މެޗުގައި ފޯކައިދޫ އަށް ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ލިބިފަ އެވެ. ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސްގެ ޒުވާން ގޯލްކީޕަރު ހަސަން އަލީފް އިބްރާހީމް ފޮނުވާލި ބޯޅައެއް ފޯކައިދޫގެ ކުޅުންތެރިއަކަށް ހުސްކޮށް ލިބުނު ނަމަވެސް އެ ބޯޅަ ފޮނުވާލުމުން ގްރީން ސްޓްރީޓްސްގެ ބިދޭސީ ޑިފެންޑަރު އަލްސައީދު މަހުމޫދު ވަނީ ބްލޮކްކޮށްފަ އެވެ. ގްރީން ސްޓްރީޓްސްގެ ކީޕަރު އަލީފް އަކީ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކީޕަރެވެ. ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ކްލަބް އީގަލްސް އިން ލޯނު އުސޫލުން ގްރީން ސްޓްރީޓްސް އަށް ބަދަލުވުމަށް ފަހު ރޭގެ މެޗަކީ ފުރަތަމަ ޑިވިޝަނުގައި އަލީފް ހޯދި ފުރަތަމަ ކްލީންޝީޓެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސީނިއާ ގައުމީ ޓީމުގައި ހިމެނޭ ގްރީން ސްޓްރީޓްސްގެ ޔާން އެވެ.

ލީގުގެ ފަހު މެޗުތައް އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހާއި މާޗް މަހުގެ ދެ ވަނަ ދުވަހު އެވެ. ފެބްރުއަރީ ދެ ވަނަ ދުވަހު ހަވީރު ކުޅޭ މެޗުގައި ޓީސީއާ ގްރީން ސްޓްރީޓްސް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ އާއި ފޯކައިދޫ އެވެ. މާޗް ދެ ވަނަ ދުވަހު ކުޅޭ ލީގުގެ ފަހު މެޗުގައި ކުޅޭނީ މާޒިޔާ އާއި އީގަލްސް އެވެ. މި މެޗު ފަސްކުރީ އަންނަ މަހު އޮންނަ އޭއެފްސީ ކަޕް ޕްރިލިމިނަރީ ކޮލިފައިން ބުރުގައި މާޒިޔާ ވާދަކުރާތީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *