ވެލެންސިއާ އިން ބާސެލޯނާ ބަލިކޮށްފި

-
- ސްޕެނިޝް ލީގުގައި މިރޭ ވެލެންސިއާ އާއި ބާސެލޯނާ ބައްދަލުކުރި މެޗުން ބާސެލޯނާ ބަލިވެއްޖެ އެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗްގައި ވެލެންސިއާ އަތުން ބާސެލޯނާ ބަލިވީ 0-2 އިންނެވެ. މިއީ ބާސެލޯނާގެ ކޯޗްކަމާއި ރެއާލް ބެޓިސްގެ ކުރީގެ ކޯޗް ކީކޭ ސެޓިއެން ހަވާލުވިފަހުން އެޓީމް ބަލިވި ފުރަތަމަ މެޗެވެ.މިރޭގެ މެޗްގައި ބާސެލޯނާގެ ކޮޅަށް ވެލެންސިއާ އިން ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ މެޗްގެ ފަހު ހާފްގަ އެވެ. ފުރަތަމަ ލަނޑަކީ މެޗްގެ ފަހު ހާފް ފަށައިގެން ތިން ވަނަ މިނެޓްގެ ތެރޭގައި ވެލެންސިއާގެ މެކްސީ ގޯމޭޒް ބާސެލޯނާގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބާރު ބޯޅަ ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާ ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަތް ލަނޑެކެވެ. ވެލެންސިއާ އަށް މެޗްގެ ލީޑް ފުޅާކޮށްދިން ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގޯމޭޒް އެވެ. މި މެޗްގެ ފުރަތަމަ ހާފްގައިވެސް ވެލެންސިއާ އަށް ކުރި ހޯދައިދޭން ގޯމޭޒް އަށް ރަގަޅު ފުރުސަތެއް ލިބުނެވެ. މެޗްގެ ފުރަތަމަ ހާފްގައި ވެލެންސިއާ އަށް ލިބުނު ޕެނަލްޓީ ގޯމޭޒް ފޮނުވާލުމުން ބާސެލޯނާގެ ގޯލްކީޕަރު މާކް އަންޑްރެ ޓާ ސްޓެގަން ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.މިއީ 2007 ވަނަ އަހަރުގެ ފަހުން ވެލެންސިއާގެ އަމިއްލަ ދަނޑުގައި ބާސެލޯނާގެ މައްޗަށް އެޓީމުން ކާމިޔާބު ހޯދި ފުރަތަމަ ފަހަރެވެ. މިރޭގެ މެޗް ފެށުމުގެ ކުރިން ވެލެންސިއާގެ ރަސްމީ ސްޓޭޑިއަމްގެ ބޭރުގައި ދެޓީމްގެ ސަޕޯޓަރުންގެ މެދުގައި ކޮންމެވެސްަ ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.މި މެޗަކީ އާ ކޯޗް ސެޓިއެންގެ އިރުޝާދުގެ ދަށުން ބާސެލޯނާ ކުޅުނު ތިންވަނަ މެޗެވެ. ސެޓިއެން މަގާމާއި ހަވާލުވި ފަހުން ކުޅުނު ލީގު މެޗްގައި ގްރަނާޑާގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދައިފައިވާއިރު ދެ ވަނަ އަށް ކުޅުނު ކޮޕަ ޑެލްރޭ މެޗްގައި ތިންވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޔޫޑީ އިބިޒާ އާ ވާދަކޮށް ބާސެލޯނާ ވަނީ މޮޅުވެފަ އެވެ.
މިރޭގެ މެޗްގައި ބާސެލޯނާ އަށްވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ފަހު ހާފްގައި ލިބުނެވެ. ބާސެލޯނާގެ ޒުވާން ފޯވާޑް އަންސޫ ފާޓީ އަށް ފަހު ހާފްގައި ލިބުނު ބޯޅައެއް ވެލެންސިއާގެ ގޯލާ އަމާޒުކޮށް ފޮނުވާލުމުން އެޓީމްގެ ގޯލްކީޕަރު ދިފާއުކުރިއިރު އޭގެ ފަހުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ލިބުނު ދެ ފުރުސަތެއްގައި ބޯޅަ ގޯލަށް ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. މި މެޗް ނިމެން ގާތްވެފައި ވަނިކޮށް ވެލަންސިއާ އިން މެޗްގެ ނަތީޖާ 0-3 އަށް ބަދަލުކުރުމާ ގާތަށް ދިޔަ އެވެ. އެކަމަކު އެޓީމަށް ކުޅެމުން އަންނަ އާސެނަލްގެ ކުރީގެ ޑިފެންޑަރު ގަބްރިއެލް ޕައުލިސްޓާ ބާސެލޯނާގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް އޭގެ ކުރިން ވެލެންސިއާގެ ކުޅުންތެރިއަކު ފައުލްކުރި ކަމަށް ބަލައި އެއީ ގޯލެއް ނޫންކަމަށް ރެފްރީ ނިންމި އެވެ.
- މެޗުން ބަލިވުމުން އެއް ވަނައިގައި ލީޑު ފުޅާކުރުމުގެ ފުރުސަތު ބާސެލޯނާ އަށް ވަނީ ގެއްލިފަ އެވެ. 21 މެޗުން ބާސެލޯނާ އަށް 43 ޕޮއިންޓް ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެފައިވާ ރެއާލް މެޑްރިޑް ލީގުގައި މާދަމާ ރޭ ރެއާލް ވަލަޑޮލިޑް ބަލިކޮށްގެން އެއް ވަނަ މަގާމަށް އެރޭނެ އެވެ.
- ސްޕެނިޝް ލީގުގައި މިރޭ ވެލެންސިއާ އާއި ބާސެލޯނާ ބައްދަލުކުރި މެޗުން ބާސެލޯނާ ބަލިވެއްޖެ އެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗްގައި ވެލެންސިއާ އަތުން ބާސެލޯނާ ބަލިވީ 0-2 އިންނެވެ. މިއީ ބާސެލޯނާގެ ކޯޗްކަމާއި ރެއާލް ބެޓިސްގެ ކުރީގެ ކޯޗް ކީކޭ ސެޓިއެން ހަވާލުވިފަހުން އެޓީމް ބަލިވި ފުރަތަމަ މެޗެވެ.މިރޭގެ މެޗްގައި ބާސެލޯނާގެ ކޮޅަށް ވެލެންސިއާ އިން ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ މެޗްގެ ފަހު ހާފްގަ އެވެ. ފުރަތަމަ ލަނޑަކީ މެޗްގެ ފަހު ހާފް ފަށައިގެން ތިން ވަނަ މިނެޓްގެ ތެރޭގައި ވެލެންސިއާގެ މެކްސީ ގޯމޭޒް ބާސެލޯނާގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބާރު ބޯޅަ ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާ ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަތް ލަނޑެކެވެ. ވެލެންސިއާ އަށް މެޗްގެ ލީޑް ފުޅާކޮށްދިން ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގޯމޭޒް އެވެ. މި މެޗްގެ ފުރަތަމަ ހާފްގައިވެސް ވެލެންސިއާ އަށް ކުރި ހޯދައިދޭން ގޯމޭޒް އަށް ރަގަޅު ފުރުސަތެއް ލިބުނެވެ. މެޗްގެ ފުރަތަމަ ހާފްގައި ވެލެންސިއާ އަށް ލިބުނު ޕެނަލްޓީ ގޯމޭޒް ފޮނުވާލުމުން ބާސެލޯނާގެ ގޯލްކީޕަރު މާކް އަންޑްރެ ޓާ ސްޓެގަން ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.މިއީ 2007 ވަނަ އަހަރުގެ ފަހުން ވެލެންސިއާގެ އަމިއްލަ ދަނޑުގައި ބާސެލޯނާގެ މައްޗަށް އެޓީމުން ކާމިޔާބު ހޯދި ފުރަތަމަ ފަހަރެވެ. މިރޭގެ މެޗް ފެށުމުގެ ކުރިން ވެލެންސިއާގެ ރަސްމީ ސްޓޭޑިއަމްގެ ބޭރުގައި ދެޓީމްގެ ސަޕޯޓަރުންގެ މެދުގައި ކޮންމެވެސްަ ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.މި މެޗަކީ އާ ކޯޗް ސެޓިއެންގެ އިރުޝާދުގެ ދަށުން ބާސެލޯނާ ކުޅުނު ތިންވަނަ މެޗެވެ. ސެޓިއެން މަގާމާއި ހަވާލުވި ފަހުން ކުޅުނު ލީގު މެޗްގައި ގްރަނާޑާގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދައިފައިވާއިރު ދެ ވަނަ އަށް ކުޅުނު ކޮޕަ ޑެލްރޭ މެޗްގައި ތިންވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޔޫޑީ އިބިޒާ އާ ވާދަކޮށް ބާސެލޯނާ ވަނީ މޮޅުވެފަ އެވެ.
Advertisement

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply