ޗެމްޕިއަން މާޒިޔާ އިން ދަ ގްރާންޑޭ ބަލިކޮށްފި

Advertisement

ޗެމްޕިއަން މާޒިޔާ އިން ދަ ގްރާންޑޭ ބަލިކޮށްފި

ޢަލީ ޝަހީމް
މާޒިިޔާގެ ފުރަތަމަ ގޯލު ބިދޭސީ ޑިފެންޑަރު ޝާރިފް ޖެހުމުން އުފާފާޅުކުރަނީ. - ފޮޓޯ: މާޒިޔާ

މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ އިން މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށްފި އެވެ.

ބާކީ ތިން މެޗު އޮއްވައި މާޒިޔާއިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ އެންމެ ފަހުން ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްގެންނެވެ. މިއަދުގެ މޮޅާއެކު މާޒިޔާ އަށް ވަނީ 19 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. އެޓީމާ އެންމެ ގާތުން ވާދަކުރާ ކްލަބް އީގަލްސް އަށް 18 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ. ތާވަލުގެ ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 34 ޕޮއިންޓެވެ. 26 ޕޮއިންޓާއެކު ގްރީން ސްޓްރީޓްސް ހަތަރު ވަނައިގައި އޮތްއިރު ފަސް ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. ހަ ވަނައިގައި އޮތީ 20 ޕޮއިންޓް ލިބިފައިވާ ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ.

Advertisement

https://www.facebook.com/fahuminet/photos/a.1753563491332424/2827166510638778/?type=3&__xts__%5B0%5D=68.ARDLEocSR29uoNpqHaCqZvZfcTnRDOnSzRBlJIzfhwh5NqfONo33w3QbcsRhPlH0p9vHJvBPTFqtm-369CmV9xGbtYYI4CJKPcWVe31zFimpT1jvDXLC3EtxECOV24ocfrZQw-sDGRIA7weDJLWClsdfXxeXPbk__Q2DjSw7kGJOqgqHafi0CBe3zKuZLXVQ8VvrSG29p4O8cpsbreNKXEmKLmx2AQ_LZC1vXJIev73VubmQ2610A8wCGXwtbwFUQQfwP_e3aUIVqdAuei4bWZP9nc9-R5a639Bb1zGBHyRR8HJFsNmOVeXtPsUA3xJ3Bq829VoDJms0hlQfTeokl590IEMR&__tn__=-R

ޗެމްޕިއަންކަން ކަށަވަރުވެފައި އޮތުމުން މާޒިޔާއިން މިއަދު ނެރުނު ފުރަތަމަ އެގާރައިން ގިނަ ބަދަލުތަކެއް ވަނީ ފެނިފަ އެވެ. އާއްމުކޮށް ފުރަތަމަ އެގާރައިން ފެންނަ އަހުމަދު އިރުފާން (އިރޭ) އާއި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)، ހަމްޒާ މުހައްމަދު (ހަމްޕު) އަދި ކޮނޭލިއަސް ސްޓެވާޓް މިއަދު އިނީ ބެންޗުގަ އެވެ. ޓީމުގެ ކެޕްޓަންކަން ކުރީ މިޑްފީލްޑަރު ހަސަން ޝިފާޒް އެވެ. މެދުތެރެއިން ހުސައިން ނިހާން (ނިހާޓް) އަށް ފުރުސަތުދިންއިރު ނާއިޒް ހަސަން (ދާދު)، މުހައްމަދު ސާމިރު އަދި އަބްދުﷲ ޖުނައިދު މިއަދުގެ ފުރަތަމަ އެގާރައިގައި ވަނީ ކުޅެފަ އެވެ. ކޯޗު މަރްޔާން ސެކުލޯސްކީ ވަނީ އަލަށް ގެނައި ބިދޭސީ ދެ ޑިފެންޑަރުން ކަމަށްވާ، ސާބިއާގެ ޕީޓަރ ޕްލަނިޗާއި މުހައްމަދު އަފްގާނިސްތާނުގެ މުހައްމަދު ޝާރިފަށް ފުރުސަތުދީފަ އެވެ.

ގަދަ ހަތަރަށް އެރުމަށް މިއަދުގެ މެޗު ކާމިޔާބުކުރުން ދަ ގްރާންޑޭ އަށް އޮތީ މުހިއްމުވެފަ އެވެ. ގްރީން ސްޓްރީޓްސް އަށް ވުރެ ދެ ޕޮއިންޓް ފަހަތުގައި އޮވެ ދަ ގްރާންޑޭ އަށް ވަނީ މިދިޔަ ހަފްތާ ވެސް ގަދަ ހަތަރަށް އެރުމުގެ ފުރުސަތު ލިބި ގެއްލިފަ އެވެ. އެއީ ގްރީން ސްޓްރީޓްސް މާޒިޔާ އަތުން ބަލިވެފައިވަނިކޮށް ޓީސީއާ ވާދަކުރި މެޗުން ދަ ގްރާންޑޭ ބަލިވުމުންނެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިއްބެ ވަހީދު. މިއީ އަނިޔާއަށް ފަހު ކުޅުމުގެ ތެރެއަށް އައިފަހުން މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމް އިއްބެ އަށް ލިބުނު ފުރަތަމަ ފަހަރު. – ފޮޓޯ: މާޒިޔާ

މެޗުގެ 15 ވަނަ މިނެޓުގައި ލީޑު ނެގީ މާޒިޔާއިންނެވެ. ސާމިރު ނަގައިދިން ކޯނަރު އޭރިޔާ ތެރޭގައި ހުރެފައި އަލީ ސަމޫހް (ސަމުއްޓޭ) ބޮލުން ޖެހި ބޯޅަ ޑިފެންޑަރު ޝާރިފަށް ލިބުމުން ވަނީ އެއްފަހަރުން ޖަހައި ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. މާޒިޔާއިން ލީޑު ނެގިތާ ތިން މިނެޓު ފަހުން ދަ ގްރާންޑޭއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޔަސްފާދު ހަބީބު (މުލަކޭ) އެވެ. އޮބައިދާ ކަދޫމް އަހުމަދު ޖައްސާލި ބޯޅަ ހިފައިގެން ގޮސް ވާތު ފައިން މުލަކޭ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

މާޒިޔާ މެޗުން މޮޅުވި ގޯލު 74 ވަނަ މިނެޓުގައި ޖެހީ ބެންޗުން ކުޅެން އެރި ސްޓެވާޓެވެ. އިބްރާހީމް ވަހީދު ހުސައިން (އިއްބެ ވަހީދު) ނަގައިދިން ހުރަސް ދަ ގްރާންޑޭގެ ޑިފެންޑަރެއްގައި ފައިގައި ޖެހިފައި ލިބުނު ބޯޅަ ސްޓޭވާޓް ވަނީ އެއް ފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. އޭގެ ފަހުން ސްޓެވާޓް ފޮނުވާލި އިތުރު ބޯޅައެއް ދަ ގްރާންޑޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ ހިފަހައްޓައިފަ އެވެ.

ދެ ވަނަ ހާފުގައި ދަ ގްރާންޑޭ އިން ވަނީ ކުރިއަށް ޖެހި ނަތީޖާ ނެރުމަށް މަސައްކަތްކޮށްފަ އެވެ. މި ހާފުގައި އެޓީމުގެ އިރާގު ފޯވާޑް އޮބައިދާ ފޮނުވާލި ހަމަލާއެއް ގޯލު ހުރަސްވެގެން ދިޔައިރު އޭގެ ފަހުން މާޒިޔާގެ ޑިފެންޑަރަކު އޮބައިދާ އޭރިޔާ ތެރެއަށް ވައްޓާލިކަމަށް ބުނެ ދަ ގްރާންޑޭ އިން ޕެނަލްޓީއަކަށް އެޕީލްކުރި އެވެ. އެކަމަކު ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. މެޗުގެ ފަހު ވަގުތު ލިބުނު ކޯނަރެއްގައި ދަ ގްރާންޑޭގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު އުވޭސް އަޒީޒީ އަތަށެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާގެ އިއްބެ ވަހީދު އެވެ.

ލީގުގައި މިރޭ ނުވައެއް ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ފޯކައިދޫ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *