މާޒިޔާ އަށް ބިދޭސީ އިތުރު ޑިފެންޑަރެއް

މިއަހަރުގެ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށް އަމާޒުހިފާފައިވާ މާޒިޔާ އިން އިތުރު ޑިފެންޑަރެއް ގެނެސްފި އެވެ. އެޓީމާ މިއަދު ގުޅުނީ ސާބިއާގެ 30 އަހަރުގެ ޑިފެންޑަރު ޕީޓަރ ޕްލަނިޗް އެވެ.
ޕީޓަރއާ އެކު މާޒިޔާގައި މިހާރު ބިދޭސީ ހަތަރު ކުޅުންތެރިން އެބަތިއްބެވެ. އެއީ މި ސީޒަން ފެށުނުއިރު އެޓީމަށް ގެނައި އަފްގާނިސްތާނުގެ ގޯލްކީޕަރު އޮވޭސް އަޒީޒީ އާއި މިދިޔަ އަހަރު ވެސް އެޓީމުގައި މޮޅު ކުޅުމެއް ދެއްކި ކޮނޭލިއަސް ސްޓެވާޓްގެ އިތުރުން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެޓީމާ ގުޅުނު އަފްގާނިސްތާނުގެ ޑިފެންޑަރު މުހައްމަދު ޝާރިފް އެވެ. ލީގުގައި މިއަދު ހަވީރު ށ. ފޯކައިދޫ އަތުން 7-0 އިން މޮޅުވި މެޗުގައި މި ތިން ކުޅުންތެރިން ވަނީ ކުޅެފަ އެވެ.
https://www.facebook.com/maziyasports/posts/3101137543249377?__xts__%5B0%5D=68.ARBButJaCI61orfGBizOEWTLJvd_uHp2z3kWUbfs-8Y48Qx6ESH_jewG4FqlO1xAXgkUtOkr_LeEb6VqVM1FaodyBLs_3Qck_RSHxAACbPmAuJciLFOmQ0YTO8Pvt_AwH07EumCJx73E7begV0fllp86rZm1God5NrgzcdYaQNUzBl7bJ1k9FvqRKkmIZYLPfTasHzIFv38wghxYiT1J5r0CfmYJdTx_4Bj6aZzXaU9RQR93yILXWWQP85A1Tb-spoHeQn7ixGgzIOQMteCwZVL5wMonDwVn7t59GdhCNkL2pfXGg20pViIFN_CLE_tnnP6Mvlln8UMBQcH9KDaWMDMjLw&__tn__=-R
އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާ ލިބިފައިވާ ޕީޓަރ އަކީ ސެންޓްރަލް ޑިފެންޑަރެއްގެ އިތުރުން ކަނާތް ފަޅިން ވެސް ފަހަތަށް ކުޅޭ ކުޅުންތެރިއެކެވެ. 2005 ވަނަ އަހަރު ސީނިއާ ފުޓްބޯޅަ ކެރިއަރު ސާބިއާގެ މެޓަލަޗް ކްލަބުން ފެށުމަށް ފަހު 2016 ވަނަ އަހަރާ ހަމައަށް ޕީޓަ ވަނީ އެ ގައުމުގެ ހަތަރު ކްލަބަކަށް ކުޅެފަ އެވެ. އޭގެފަހުން 2016 ވަނަ އަހަރު ލެބަނާންގެ ނެޖްމޭ ސްޕޯޓްސް ކްލަބާ ގުޅުމަށް ފަހު 2017 ވަނަ އަހަރު ޕީޓަރ ވަނީ އެ ކްލަބާއެކު އޭއެފްސީ ކަޕްގައި ކުޅެފަ އެވެ. އަދި، ކުޑަ ދުވަސްކޮޅަކު މޯލްޑޯވާގެ ކްލަބެއްގައި ކުޅުމަށް ފަހު ޕީޓަރ ވަނީ މިދިޔަ ދެ އަހަރު އިންޑޮނީޝިއާ ސުޕަރ ލީގުގައި ކުޅެފަ އެވެ. ފުޓްބޯޅަ ކެރިއަރުގައި 207 މެޗު ކުޅެފައިވާއިރު ޕީޓަރ ވަނީ ހަ ގޯލު ޖަހައިފަ އެވެ.
ރާއްޖޭގެ ޓްރާންސްފާ ބާޒާރު މާދަމާ ނިމޭއިރު މާޒިޔާއިން ވަނީ މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހީމް އައިސަމް ވެސް ގެނެސްފަ އެވެ. ބިދޭސީ ކުޅުންތެރިންނާ އެކު މާޒިޔާގެ ޓީމު ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. އެޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަކީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.
އޭއޭފްސީ ކަޕް ކޮލިފައިންގައި އަންނަ މަހު ކުޅޭ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި މާޒިޔާ ނުކުންނާނީ ބަންގްލަދޭޝްގެ ލީގުގައި ކުޅޭ އަބަހާނީ ލިމިޓެޑް ޑާކާއާ ދެކޮޅަށެވެ. އަބަހާނީ އަކީ ބަންގްލަދޭޝް ލީގުގެ ދެ ވަނަ ހޯދި ޓީމެވެ. އަބްހާނީއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު އަންނަ މަހުގެ ފަސް ވަނަ ދުވަހު ޑާކާގައި ކުޅޭއިރު ދެ ވަނަ ލެގްގެ މެޗު ގަލޮޅު ދަނޑުގައި އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. އަބަހާނީ އަތުން ދެ ލެގުގެ އެގްރިގޭޓުން މޮޅުވެއްޖެ ނަމަ ޕްލޭ އޮފް މެޗުގައި މާޒިޔާ ވާދަކުރަންޖެހޭނެ ކަމަށް ބެލެވެނީ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީއާ އެވެ. ބެންގަލޫރުން ވަނީ 2018 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ޓީސީ ބަލިކޮށްފަ އެވެ.
Advertisement


Leave a Reply