ޔުވެންޓަސް އެއް ވަނަ އަށް އަރައިފި

Advertisement

ޔުވެންޓަސް އެއް ވަނަ އަށް އަރައިފި

ޢަލީ ޝަހީމް

އިޓަލީ ލީގުގައި ރޭ ރަށުން ބޭރުގައި 2-1 އިން ރޯމާ ބަލިކޮށް ލީގުގެ އެއް ވަނަ މަގާމަށް ޔުވެންޓަސް އަރައިފި އެވެ. މޮޅާއެކު ޔުވެންޓަސް އަށް އެއް ވަނަ ލިބުނީ ކުރިން އެއް ވަނައިގައި އޮތް އިންޓަ މިލާން ހޮނިހިރު ދުވަހުގެ ރޭ އެޓްލާންޓާއާ ވާދަކުރި މެޗު 1-1 އިން އެއްވަރުވުމުންނެވެ.

އެއް ވަނައިގައި ޔުވެންޓަސް އޮތީ 19 މެޗުން ލިބުނު 48 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް ލިބިފައިވަނީ 46 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 18 މެޗުން 42 ޕޮއިންޓް ހޯދާފައިވާ ލާޒިއޯ އެވެ. ލީގުގައި ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅާއެކު އެއް މެޗު މަދުން ކުޅެފައިވާ ލާޒިއޯ ވަނީ ޔުވެންޓަސްއާ ހަ ޕޮއިންޓަށް ކައިރިކޮށްފަ އެވެ. ހަތަރު ވަނައިގައި އޮތް އެޓްލާންޓާއަށް 19 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.

Advertisement

މިއީ ލީގުގައި ޔުވެންޓަސް ޖެހިޖެހިގެން މޮޅުވި ހަތަރު ވަނަ މެޗެވެ. އެޓީމު ލީގުގައި ހަމައެކަނި ބަލިވީ ޑިސެމްބަރު މަހު ލާޒިއޯ އަތުންނެވެ.

ރޭގެ މެޗުގައި ޔުވެންޓަސް ވަނީ ފުރަތަމަ 10 މިނެޓުގައި ދެ ގޯލު ޖަހައިފަ އެވެ. ޕައޮލޯ ޑިބާލާ ނަގައިދިން ޖެހުމަކުން މެޗުގެ ތިން ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ މެރިހް ޑެމިރާލް އެވެ. ޑިބާލާއަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެއްގައި އެޓީމުގެ ދެ ވަނަ ގޯލު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެޗުގައި ރޯމާގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑިއޭގޯ ޕެރޮއްޓީ އެވެ.

ރޭގެ ގޯލާއެކު ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ނުވަ ގޯލު ޖަހައިފަ އެވެ. އަދި، މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކުޅުނު 28 މެޗުގައި ރޮނާލްޑޯ ވަނީ 26 ގޯލު ޖަހައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *