އީގަލްސް ފުޓްބޯޅަ އެކެޑަމީގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި

Advertisement

އީގަލްސް ފުޓްބޯޅަ އެކެޑަމީގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި

ޢަލީ ޝަހީމް
އީގަލްސް އެކެޑަމީގެ ސެޝަނެއްގެ ތެރެއިން. - ފޮޓޯ: އީގަލްސް ފުޓްބޯޅަ އެކެޑަމީ

ޒުވާން ގިނަ ކުޅުންތެރިންތަކެއް އުފައްދާފައިވާ ކްލަބް އީގަލްސްގެ ފުޓްބޯޅަ އެކެޑަމީގައި ރަޖިސްޓަރ ވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އީގަލްސް އެކެޑަމީގައި މި އަހަރަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު އެކެޑަމީގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެކެޑަމީގައި ރަޖިސްޓްރީވާ ކޮންމެ ކުއްޖަކު މަހަކު 300 ރުފިޔާ ދައްކަން ޖެހޭއިރު ރަޖިސްޓްރޭޝަނަށް ވެސް ވަކި އަދަދެއް ނަގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ ހުރިހާ މައުލޫމާތެއް ރެޖިސްޓްރޭޝަން ފޯމުގައި ހިމަނާފައިވާނެކަމަށް އެ އެކެޑަމީން  ބުނެ އެވެ.

Advertisement

ރަޖިސްޓްރީ ވާން ބޭނުންވާ ކުދިން އެ އެކެޑަމީގެ ފޭސްބުކް ނުވަތަ އިންސްޓަގްރާމް ޕޭޖަށް މެސެޖު ކޮށްގެން އިތުރު މައުލޫމާތު ލިބޭނެ އެވެ. އަދި، 7749315، 7989828 އަށް ގުޅައިގެން ވެސް އިތުރު މައުލޫމާތު ލިބޭނެ ކަމަށް އެ އެކެޑަމީގެ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.

https://www.facebook.com/eagles.ydp/posts/1515850131899729

އެކެޑަމީގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހޮނިހިރު އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. މިއިން ކޮންމެ ދުވަހަކު ވެސް ހެނދުނާއި ހަވީރު ސެޝަންތައް ކުރިއަށް ގެންދާނެ އެވެ. ދެ ދަންފަޅިއަށް ސެޝަންތައް ބަހާލުމުގެ ބޭނުމަކީ އެކި ގަޑިތަކުގައި ސްކޫލަށް ދާ ކުދިންނަށް ފަސޭހަކޮށްދިނުމެވެ. މި އެކެޑަމީގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ އުމުރުން 5 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށެވެ. ކުދިން ތަމްރީނު ކުރުމުގައި އެކެޑަމީގައި އަށް ކޯޗުން ހަރަކާތްތެރިންވާނެ އެވެ.

ކޯޗު ޝާކިއްޓޭ އެކެޑަމީގެ ކުުޅުންތެރިއަކަށް އިރުޝާދު ދެނީ. – ފޮޓޯ: އީގަލްސް ފުޓްބޯޅަ އެކެޑަމީ

އީގަލްސް ފުޓްބޯޅަ އެކެޑަމީން ޕްރޮމޯޓްވެގެން އަންނަ ކުދިން ވަނީ އެ ކްލަބުގެ ސީނިއާ ޓީމުގައި ވެސް ހިމެނިފަ އެވެ. އެކެޑަމީގައި ކުދިން ކުރާ މަސައްކަތަށް ބަލައި ކްލަބުގެ ޔޫޓު ޓީމުތަކުން ވެސް އަންނަނީ ފުރުސަތު ދެމުންނެވެ. އީގަލްސް އަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމަށް ގިނަ ކުޅުންތެރިންތަކެއް ނެރެދީފައިވާ ކްލަބެކެވެ.

އީގަލްސް އެކެޑަމީން ވަނީ މިދިޔަ އަހަރު އެފްއޭއެމުން ބޭއްވި 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ޔޫތު ލީގުގައި ވާދަކޮށްފަ އެވެ. 10 އެކެޑަމީ ވާދަކުރި 12 އަހަރުން ދަށުގެ އުމުރުފުރައިން އީގަލްސް އެކެޑަމީ އަށް ލިބުނީ ފަސް ވަނަ އެވެ. 14 އަހަރުން ދަށުގައި ވާދަކުރި އަށް ޓީމުގެ ތެރެއިން އީގަލްސްއަށް ލިބުނީ 6 ވަނަ އެވެ.

އެ ކްލަބުގެ 16 އަހަރުން ދަށުގެ ޔޫތު ޓީމު އިއްޔެ ވަނީ ކ. ހުރާގައި އެކުވެރިކަމުގެ މެޗެއް ވެސް ކުޅެފަ އެވެ. ހުރާގެ 17 އަހަރުން ދަށުގެ ޓީމާ ވާދަކޮށް 5-3 އިން މި މެޗު ކާމިޔާބުކުރީ އީގަލްސްގެ ޔޫތު ޓީމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *