ޓީސީ ބަލިކޮށް މާޒިޔާ އިން އެއް ވަނައިގައި ލީޑު ފުޅާކޮށްފި

Advertisement

ޓީސީ ބަލިކޮށް މާޒިޔާ އިން އެއް ވަނައިގައި ލީޑު ފުޅާކޮށްފި

ޢަލީ ޝަހީމް
މާޒިޔާ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. - ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް 4-1 އިން ބަލިކޮށް މާޒިޔާއިން އެއް ވަނައިގައި 14 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މާޒިޔާ އެއް ވަނައިގައި އޮތީ 15 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް 13 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވަނީ 14 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. މިރޭގެ މެޗުން ބަލިވި ޓީސީ ސްޕޯޓްސް ކްލަބަށް 12 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.

މެޗަށް ނުކުތްއިރު ޓީސީ އޮތީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ރަނގަޅު ފޯމެއްގަ އެވެ. މުހައްމަދު ޝާޒްލީގެ ކޯޗުކަމުގައި ފ. ނިލަންދޫ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން މޮޅުވިއިރު އެޓީމު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި މެޗަށް ނުކުތްއިރު ދަ ގްރާންޑޭއާ ދެކޮޅަށް ދެއްކި ރަތް ކާޑާއި ގުޅިގެން ފޯވާޑް އިބްރާހީމް ޝަފްރާޒް (ޝަފްލޭ) ހުރީ ސަސްޕެންޝަނުގަ އެވެ.

މެޗުގައި ހުރިހާ ގޯލެއް ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މާޒިޔާއިން ލީޑު ނެގީ 52 ވަނަ މިނެޓުގައި ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ޖެހި ގޯލުންނެވެ. އޭގެ އިރުކޮޅެއް ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިން ގޯލު ޖެހީ އަސަދުﷲ އަބްދުﷲ އެވެ. އެޓީމުން ދެ ގޯލުގެ ލީޑެއްގައި އޮއްވައި މެޗުގެ 75 ވަނަ މިނެޓުގައި އިސްމާއީލް އީސާ (މެސީ) ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު މެޗުގެ ފަހުކޮޅު އަސަދުﷲ އާއި އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ގެ ގޯލުތަކުން މާޒިޔާއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *