އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް: ދަގަނޑޭގެ ހަތަރު ގޯލާއެކު ޗެމްޕިއަން ބަލިކޮށް ޖީޖީ ފައިނަލަށް

Advertisement

އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް: ދަގަނޑޭގެ ހަތަރު ގޯލާއެކު ޗެމްޕިއަން ބަލިކޮށް ޖީޖީ ފައިނަލަށް

ޢަލީ ޝަހީމް
ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ޖީޖީ ޓީމް. - ފޮޓޯ: އީކޯ ޔޫތު / ނައިފަރު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ހަތަރު ގޯލާއެކު އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ޖީޖީ ޓީމް ހޯދައިފި އެވެ. މިއަދު ހަވީރު ނައިފަރު ޓާފް ފުޓްބޯޅަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ސޮކަރ ސްޓާސްއާ ދެކޮޅަށް ކުޅުނު މެޗުން ޖީޖީ ޓީމް މޮޅުވީ 5-0 އިންނެވެ.

މިއަދުގެ މެޗުގައި ޖީޖީ ޓީމްގެ އަކްރަމް ބޯޅަ ހިފައިގެން. – ފޮޓޯ: އީކޯ ޔޫތު / ނައިފަރު

Advertisement

މިއަދު ޖެހި ހަތަރު ގޯލާއެކު ދަގަނޑޭ މިހާތަނަށް ވަނީ މުބާރާތުގައި 11 ގޯލު ޖަހައިފަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުން އެޓީމުން ބޮޑު މޮޅެއް ހޯދިއިރު ދަގަނޑޭ ވަނީ ދެ ހެޓްރިކް ހަދައިފަ އެވެ. މިއަދުގެ މެޗުން ހޯދި ބޮޑު މޮޅާއެކު ފައިނަލުގައި ޖީޖީ ޓީމް ވާދަކުރާނީ މާދަމާ ހަވީރު ބަޒޫކާ ސްޕޯޓްސް ކްލަބާއި ނައިފަރު ޗެލްސީ އެފްސީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

ހަތަރު ގޯލު ޖެހި ދަގަނޑޭ މިއަދުގެ މެޗުގައި ހިލޭ ޖެހުމެއް ފޮނުވާލަނީ. – ފޮޓޯ: އީކޯ ޔޫތު / ނައިފަރު

ދަގަނޑޭގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އާއި މުހައްމަދު އުމެއިރު ވެސް ކުޅެމުން އަންނަނީ ޖީޖީ ޓީމަށެވެ. މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދަގަނޑޭގެ ދެ ގޯލުން ޖީޖީ ޓީމް އޮތީ ކުރީގަ އެވެ. މި ގޯލުތައް ދަގަނޑޭ ކާމިޔާބުކޮށްދިނީ 27 އަދި 33 ވަނަ މިނެޓުގަ އެވެ. މެޗުގައި ދަގަނޑޭ ހެޓްރިކް ހެދީ ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގަ އެވެ. މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ރައްޒާން ޖައުފަރުގެ ގޯލުން ލީޑު ފުޅާކުރިއިރު ދަގަނޑޭ ހަތަރު ވަނަ ގޯލު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ދަގަނޑޭ އެވެ.

ދަގަނޑޭ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު. – ފޮޓޯ: އީކޯ ޔޫތު / ނައިފަރު

ހަތް ޓީމަކުން ބައިވެރިވި މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *