އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް: ޗެމްޕިއަން ސޮކަރ ސްޓާސް އަށް އުނދަގޫ ފެށުމެއް

Advertisement

އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް: ޗެމްޕިއަން ސޮކަރ ސްޓާސް އަށް އުނދަގޫ ފެށުމެއް

ޢަލީ ޝަހީމް
ސޮކަރ ސްޓާސް އާއި ބަޒޫކާ ވާދަކުރި މެޗުގެ ތެރެއިން. - ފޮޓޯ: އީކޯ ޔޫތު / ނައިފަރު

ޅ. ނައިފަރު އީކޯ ޔޫތު ޖަމިއްޔާއިން ކުރިއަށްގެންދާ އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ސޮކަރ ސްޓާސް ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ. ނައިފަރު ޓާފް ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ބަޒޫކާ ސްޕޯޓްސް ކްލަބާ ވާދަކޮށް ސޮކަރ ސްޓާސް އެއްވަރުވީ 1-1 އިންނެވެ.

މި ދެޓީމަކީ މިދިޔަ އަހަރު މި މުބާރާތުގެ ފައިނަލުގައި ވާދަކުރި ދެޓީމެވެ. ގްރޫޕް ދޭއްގައި މި ދެޓީމުގެ އިތުރުން ހިމެނެނީ އެޕެކްސް އެވެ. މިއަދުގެ މެޗުގެ ފުރަތަމަ ގޯލު 55 ވަނަ މިނެޓުގައި ކެހީ ބަޒޫކާ އިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފް މުނީރު އެވެ. ސޮކަރ ސްޓާސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 83 ވަނަ މިނެޓުގައި އިބްރާހީމް ޒިޔާން ޖަހައިދިން ގޯލުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސޮކަރ ސްޓާސް ޓީމުގެ އަހުމަދު އަޝްފާން އެވެ..

މިއަދު ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އީކޯ ޔޫތު / ނައިފަރު

މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް އެކެއްގައި ހިމެނޭ ޗެލްސީ އެފްސީ އާއި ޑޮޓްކޮމް އެވެ. ޗެލްސީ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޖީޖީ ޓީމާ ވާދަކޮށް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ޑޮޓްކޮމް ވަނީ އިއްޔެ ކުޅުނު މެޗުގައި އެފްސީ އެކްސިސް 3-2 އިން ބަލިކޮށްފަ އެވެ. މާދަމާ ޗެލްސީ ބަލިކޮށްގެން ޑޮޓްކޮމް އަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވާނެ އެވެ. އަނެއްކޮޅުން ސެމީގެ ޖާގައެއް ހޯދުމަށް ޗެލްސީއަށް މާދަމާ މެޗުން މޮޅުވުން މުހިއްމެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރާ ހަތް ޓީމު ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. ސެމީގައި ވާދަކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމެވެ. ސެމީ ފައިނަލް ދެ މެޗު ޑިސެމްބަރު 24 އަދި 25 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަޝްފާން ޓްރޮފީއާ ހަވާލުވަނީ. – ފޮޓޯ: އީކޯ ޔޫތު / ނައިފަރު

މިއަހަރުގެ މުބާރާތުގެ ޓައިޓްލް އަދި މެއިން ސްޕޮންސަރ އަކީ ނައިފަރު އެސްޕެކްޓް އެވެ. މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ޑަބްލިއު ސްޓަރ 1 ބުކްސްޓޯރ، ޑަބްލިއު ސްޓަރ 2 ހާޑްވެއަރ، ނައިފަރު ކައުންސިލް އަދި ޗިލީޕޮޓް ރެސްޓޯރެންޓް އެވެ. މުބާރާތުގެ ގޯލްޑް ޕާޓްނަރުންނަކީ ސެވެން އަދި ރިވެތި އެވެ. ފުޑް ޕާޓްނަރެއްގެ ގޮތުގައި ޗާނީ ރެސްޓޯރެންޓް ހަމަޖައްސާފައިވާއިރު ސިލްވަރ ޕާޓްނަރުންގެ ގޮތުގައި ހަތް ތަނެއް ވަނީ ހަމަޖައްސައިފަ އެވެ. އެއީ ޒައިން ކެފޭ، ހައި ބޭކަރީ، އަލްފާ މިނީ މޯލް، ސްޕްރައޮޓް، ޚާބް އެންޑް މެހެނަތު، ހޯމް ގެލެރީ އަދި އޮންސްޕޮޓް ޑިޒައިން ސްޓޫޑިއޯ އެވެ. މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކަށް ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް ހަމަޖެއްސިއިރު އިންޓަނެޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބަޑީސް-ނެޓް ޕްރައިވެޓް ލިމިޓެޑް އެވެ. ފޯޓޮގްރަފީ ޕާޓްނަރަކީ މޯމެންޓް ޕޯޓްރެއިޓް އެންޑް ޑިޒައިން ސްޓޫޑިއޯ އެވެ. މިއަހަރުގެ މުބާރާތުގެ ގޯލްޑް ޕާޓްނަރަކީ ސެގޫރޯ އިންސުރެންސް ސާވިސަސް ޕްރައިވެޓް ލިމިޓެޑް އެވެ. ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ނައިފަރު ޕޮލިސް އަދި އެޕެކްސް ސްޕޯޓްސް އެކެޑަމީ އެވެ. ނައިފަރު ޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *