އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް ފަށައިފ
ނައިފަރު އީކޯ ޔޫތު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ. މުބާރާތް ފެށުމުގެ ގޮތުން ނައިފަރު ޓާފް ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ގްރޫޕް އެކެއްގައި ހިމެނޭ ޗެލްސީ އެފްސީ އާއި ޖީޖީ ޓީމް އެވެ. މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މިއަދުގެ މެޗުގައި ޗެލްސީ ޓީމުގެ ދެ ގޯލު ވެސް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ނަދީމް އެވެ. މެޗުގައި ޖީޖީ ޓީމުގެ ގޯލުތައް ޖަހައިދިނީ ގައުމީ ޓީމުގެ ކެޕްޓަން އަދި ޓީސީ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު އަކްރަމް އަބްދުލްގަނީ (އަކޫ) އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް އެކެއްގައި ހިމެނޭ ޑޮޓްކޮމް އާއި އެފްސީ އެކްސިސް އެވެ. މި މުބާރާތުގައި ހަތް ޓީމަކުން ވާދަކުރާއިރު މެޗުތައް ކުރިއަށްގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ސޮކަރ ސްޓަރ، ބަޒޫކާ އަދި އެޕެކްސް އެވެ.
ގްރޫޕް ސްޓޭޖުގައި ނުވަ މެޗު ކުޅެން ހަމަޖެހިފައިވާއިރު ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗާއެކު ޖުމްލަ 12 މެޗު މި މުބާރާތުގައި ކުޅޭނެ އެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓްލް އަދި މެއިން ސްޕޮންސަރ އަކީ ނައިފަރު އެސްޕެކްޓް އެވެ. މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ޑަބްލިއު ސްޓަރ 1 ބުކްސްޓޯރ، ޑަބްލިއު ސްޓަރ 2 ހާޑްވެއަރ، ނައިފަރު ކައުންސިލް އަދި ޗިލީޕޮޓް ރެސްޓޯރެންޓް އެވެ. މުބާރާތުގެ ގޯލްޑް ޕާޓްނަރުންނަކީ ސެވެން އަދި ރިވެތި އެވެ. ފުޑް ޕާޓްނަރެއްގެ ގޮތުގައި ޗާނީ ރެސްޓޯރެންޓް ހަމަޖައްސާފައިވާއިރު ސިލްވަރ ޕާޓްނަރުންގެ ގޮތުގައި ހަތް ތަނެއް ވަނީ ހަމަޖައްސައިފަ އެވެ. އެއީ ޒައިން ކެފޭ، ހައި ބޭކަރީ، އަލްފާ މިނީ މޯލް، ސްޕްރައޮޓް، ޚާބް އެންޑް މެހެނަތު، ހޯމް ގެލެރީ އަދި އޮންސްޕޮޓް ޑިޒައިން ސްޓޫޑިއޯ އެވެ. މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކަށް ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް ހަމަޖެއްސިއިރު އިންޓަނެޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބަޑީސް-ނެޓް ޕްރައިވެޓް ލިމިޓެޑް އެވެ. ފޯޓޮގްރަފީ ޕާޓްނަރަކީ މޯމެންޓް ޕޯޓްރެއިޓް އެންޑް ޑިޒައިން ސްޓޫޑިއޯ އެވެ. މިއަހަރުގެ މުބާރާތުގެ ގޯލްޑް ޕާޓްނަރަކީ ސެގޫރޯ އިންސުރެންސް ސާވިސަސް ޕްރައިވެޓް ލިމިޓެޑް އެވެ. ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ނައިފަރު ޕޮލިސް އަދި އެޕެކްސް ސްޕޯޓްސް އެކެޑަމީ އެވެ. ނައިފަރު ޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.
އީކޯ ޔޫތުން ބުނީ މި މުބާރާތް ނައިފަރުގައި ކުރިއަށްގެންދިއުމުގެ މަގްސަދަކީ ޒުވާނުންނަށް ވާދަވެރި މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ދީ ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އީކޯ ޔޫތު ޖަމިއްޔާ އަކީ އިޖުތިމާއި ކަންކަމުގައި ވެސް ހަރަކާތްތެރިވާ އެރަށުގެ އެންމެ ހިންގުންތެރި އެއް ޖަމިއްޔާ އެވެ.
Advertisement
Leave a Reply